Roadha Mihaaru
ނަޑާލް އެއް ވަނައިގައި، ފެޑެރާ ބޭނުންވީ އަރާމްކުރަން

ނަޑާލް އެއް ވަނައިގައި، ފެޑެރާ ބޭނުންވީ އަރާމްކުރަން

31 އޮކްޓޯބަރ 2017

ބަސެލް، ސްވިޒަލެންޑް (އޮކްޓޯބަރު 31) - މިހާރު ކުރިޔަށްދާ ޕެރިސް މާސްޓާސްގައި ވާދަކޮށް ދުނިޔޭގެ ޓެނިހުގެ ފިރިހެން ބައިގެ ރޭންކިން އެއް ވަނަ އަށް އަރަން ރޮޖާ ފެޑެރާ އަށް ލިބުނު ފުރުސަތު ދޫކޮށްލުމުން އޭނާއާ އެންމެ ވާދަވެރި ކުޅުންތެރިއާ ރަފައެލް ނަޑާލަށް އެއް ވަނައިގައި ސީޒަން ނިންމާލުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.

ފެޑެރާ ވަނީ މިދިޔަ އާދިއްތަ ދުވަހު ހުއާން މާޓީން ޑެލްޕޮޓްރޯ ބަލިކޮށް ސްވިސް އިންޑޯސް މުބާރާތް އަށް ވަނަ ފަހަރަށް ކާމިޔާބު ކޮށްފަ އެވެ. މިއީ 2017 ވަނަ އަހަރު އުމުރުން 36 އަހަރުގެ ފެޑެރާ ކާމިޔާބުކުރި ހަތް ވަނަ މުބާރާތެވެ.

މިހާރު ކުރިޔަށްދާ ޕެރިސް މާސްޓާސް ކާމިޔާބުކޮށް ރޭންކިން އެއް ވަނަ އަށް އަރަން ލިބިފައި އޮތް ފުރުސަތު ދޫކޮށްލީ މި ވަގުތު އަރާމްކުރަން ބޭނުންވާތީ ކަމަށް ފެޑެރާ ވަނީ ބުނެފަ އެވެ.

"އަހަރެންގެ ހަށިގަނޑު އެބަ ބޭނުންވޭ ރެސްޓެއް. އަހަރެންގެ ފޯމު ކިތަންމެ ރަނގަޅަށް އޮތް ނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އަހަރެންގެ އުމުރުން 36 އަހަރު. މި ވަގުތު ޒުވާން ކުޅުންތެރިންގެ ވިސްނުމުގައި އަހަންނަށް ކުރިއަށް ދެވެން ނެތް. ރޭންކިން އެއް ވަނަ އަށް ވުރެން ކެރިއަރުގައި އިތުރަށް ކުރިއަށް ދިއުން މުހިއްމު،" 19 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ ފެޑެރާ ބުންޏެވެ.

ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ނަޑާލަށް ސްވިސް އިންޑޯސް މުބާރާތް ގެއްލުނު ނަމަވެސް ޕެރިސް މާސްޓާްސް އަށް އޭނާ ވަނީ ފިޓްވެފަ އެވެ. މި އަހަރު ރޭންކިން އެއް ވަނައިގައި އޮވެ ނިންމާލަން ނަޑާލް ބޭނުންވަނީ ޕެރިސް މާސްޓާސް މުބާރާތުން އެންމެ މޮޅެކެވެ.

އަނިޔާގެ ސަބަބުން މިދިޔަ އަހަރުތަކުގައި ފޯމު ދަށްވެ ނަޑާލް ވަނީ މިދިޔަ އަހަރު ދުނިޔޭގެ ރޭންކިންގެ ގަދަ ފަހަކަން ވެސް ވެއްޓިފަ އެވެ. އެހެން ނަމަވެސް މި ސީޒަނުގައި އޭނާ އަންނަނީ ކުރީގެ މޮޅު ކުޅުން ތަކުރާރު ކުރަމުންނެވެ.