Roadha Mihaaru
ޓެކްސްގެ ނުދައްކާ ހަތް ފަރާތެއްގެ މައްސަލަ ކޯޓަށް

ޓެކްސްގެ ނުދައްކާ ހަތް ފަރާތެއްގެ މައްސަލަ މީރާއިން ކޯޓަށް ހުށަހަޅައިފި

06 ޑިސެމްބަރ 2017

ދައުލަތަށް ޓެކްސް ނުދައްކާ ހަތް ފަރާތެއްގެ މައްސަލަ މޯލްޑިވްސް އިންލެންޑް ރެވެެނިއު އޮތޯރިޓީ (މީރާ) އިން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދައުލަތަށް ޓެކްސް ނުދައްކާ ހަތް ފަރާތެއްގެ މައްސަލަ މޯލްޑިވްސް އިންލެންޑް ރެވެެނިއު އޮތޯރިޓީ (މީރާ) އިން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

ވަކިވަކިން ހަތް ފަރާތެއްގެ މައްސަލަ ހުށަހެޅި ދައުވާތަކުގައި، ދައުލަތަށް ހޯދަން އެދޭ ފައިސާގެ އަދަދު 2.7 މިލިއަނަށް ވުރެ މައްޗަށް އަރަ އެވެ. އެއީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް، ޖީއެސްޓީ އާއި ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް، ބީޕީޓީގެ ގޮތުގައި ލިބެންޖެހޭ ފައިސާ އެވެ.

އެ މައްސަލަ ސިވިލް ކޯޓުން މިހާރު ވަނީ ބަލައިގަނެ، ރަޖިސްޓަރީ ކޮށްފަ އެވެ.

ޓެކްސް ނުދައްކާ 12 ފަރާތެއްގެ މައްޗަށް މީރާ އިން މިދިޔަ މަހު ވެސް ވަނީ ދައުވާކޮށްފަ އެވެ. އެ މައްސަލަތައް ވެސް މިހާރު ދަނީ ކުރިއަށެވެ. އޭގެ ކުރިން ވެސް ގިނަ ފަރާތްތަކެއްގެ މައްޗަށް ވެސް މީރާއިން ވަނީ ދައުވާކޮށްފަ އެވެ.

ޓެކްސް އާއި ޖޫރިމަނާ އާއި އެހެނިހެން ފީގެ ގޮތުގައި ހޯދަން މީރާއިން ކޯޓުގައި ދައުވާކުރާ އަދަދު މިހާރު ވަނީ ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް އަރައިފަ އެވެ. ޓެކްސް ނުދައްކާ ފަރާތްތަކުގެ މައްސަލަތައް ޝަރީއަތަށް ހުށަހެޅުމުގެ އިތުރުން އެ ފަރާތަކަށް ދައުލަތުގެ އިދާރާތަކުން ދޭ ޚިދުމަތްތައް ހުއްޓާލުމާއި އެކައުންޓް ފްރީޒް ކޮށްގެން ފައިސާ އަތުލުން ފަދަ ފިޔަވަޅުތައް މީރާއިން އަޅަ އެވެ.