28 ޑިސެމްބަރ 2017
މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް މިއަހަރުގެ ތެރޭގައި ކުރި ޚަރަދާއި ލިބުނު އާމްދަނީ އަށް ބަލާއިރު ދައުލަތުގެ ހަރަދަށްވުރެ އާމްދަނީ ކުޑަ ތަންކޮޅެއް އިތުރުވެއްޖެ އެވެ.
މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް މިއަހަރުގެ ތެރޭގައި ކުރި ޚަރަދާއި ލިބުނު އާމްދަނީ އަށް ބަލާއިރު ދައުލަތުގެ ހަރަދަށްވުރެ އާމްދަނީ ކުޑަ ތަންކޮޅެއް އިތުރުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު އާއްމުކުރި، މިދިޔަ މަހު ދައުލަތުގެ ހަރަދާއި އާމްދަނީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ހަރަދު ވެފައިވަނީ 18.01 ބިލިއަން ރުފިޔާ އެވެ. އަދި މިދިޔަ މަހުގެ ނިޔަލަށް 277.6 މިލިއަން ރުފިޔާ އިން ބަޖެޓް އަރަނިވެރިވެފައިވާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ބަޖެޓް ވަނީ 6.7 ބިލިއަން ރުފިޔާ އިން ދަރަނިވެ އެވެ.
ފިނޭންސް މިނިސްޓްރީން ހުށަހެޅި މި އަހަރުގެ ބަޖެޓްގައިވާ ގޮތުން އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 21.9 ބިލިއަން ރުފިޔާ އެވެ. އަދި ހަރަދުވާނެ ކަމަށް ލަފާކޮށްފައި ވަނީ 22.2 ބިލިއަން ރުފިޔާ އެވެ.
ފިނޭންސް މިނިސްޓްރީން ބަޖެޓާ ބެހޭ ގޮތުން މަހަކު އެއް ފަހަރު އާއްމުކުރާ ތަފާސްހިސާބުތައް ދައްކާ ގޮތުން އާމްދަނީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް ލިބުނީ 17.9 ބިލިއަން ރުފިޔާ އެވެ. އަދި ހަރަދުގެ ގޮތުގައި އެންމެ ބޮޑު ހޭދައެއްކޮށްފައި ވަނީ ރިކަރަންޓް ހަރަދަށެވެ. ރިކަރަންޓް ހަރަދަށް 13.03 ބިލިއަން ރުފިޔާ ހޭދަ ކުރި އިރު ކެޕިޓަލް ހަރަދުގެ ގޮތުގައި 4.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
އެ މިނިސްޓްރީން މިއަހަރަށް ހުށަހެޅި ބަޖެޓްގައިވާ ގޮތުން ބަޖެޓް ދަރަނިވެރިވާނީ ގާތްގަނޑަކަށް 300 މިލިއަން ރުފިޔާ އިންނެވެ. ނަމަވެސް ރިވައިސްކުރި ބަޖެޓްގައިވާ ގޮތުން އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާއިން މިއަހަރުގެ ބަޖެޓް ދަރަނިވެރިވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އޭގެ މައިގަނޑު ސަބަބެއް ކަމަށް ފިނޭންސް އިން ބުނީ ނުދައްކާ ހުރި ބިލްތަކަށް ފައިސާ ދައްކަން ޖެހުމެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ނޮވެމްބަރު މަހު ދައުލަތަށް ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 1.15 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނީ 1.22 ބިލިއަން ރުފިޔާ އެވެ. އަދި 1.50 ބިލިއަން ރުފިޔާ ހަރަދުކުރި އިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ހަރަދު ކޮށްފައިވަނީ 3.3 ބިލިއަން ރުފިޔާ އެވެ.
ހަ މަސް ނިމުނުއިރު އާމްދަނީގެ ގޮތުގައި 10 ބިލިއަން
އަންނަ އަހަރުގެ ބަޖެޓާ މެދު ފައްޔާޒުގެ ކަންބޮޑުވުން
އަންނަ އަހަރު ހަރަދުން 6.6 ބިލިއަން ސަލާމަތް ކުރަނީ
އަންނަ އަހަރުގެ ބަޖެޓު ހުށަހެޅުން ބުރާސްފަތި ދުވަހު
2.7 ބިލިއަން ކުޑަކުރަން އުނދަގޫވާނެ: އޮޑިޓް
އަންނަ އަހަރުގެ ބަޖެޓް 50 ބިލިއަނަށް އަރާފާނެ
ބަޖެޓުގެ 45 ޕަސެންޓް ހަ މަސް ތެރޭގައި ހޭދަކޮށްފި
ޖުލައިގެ ނިޔަލަށް 12 ބިލިއަން ރުފިޔާ ދައުލަތަށް!
މެއިގެ ނިޔަލަށް އާމްދަނީގެ ގޮތުގައި 8.7 ބިލިއަން
"އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ"