08 ޖެނުއަރީ 2018
އަންހެނެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ލ. މުންޑޫ ކައުންސިލްގެ ނައިބު ރައީސް އަދި ޖުމްހޫރީ ޕާޓީގެ މެމްބަރު އާދަމް ނާސިފު ރޭ ހައްޔަރުކޮށްފި އެވެ.
އަންހެނެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ލ. މުންޑޫ ކައުންސިލްގެ ނައިބު ރައީސް އަދި ޖުމްހޫރީ ޕާޓީގެ މެމްބަރު އާދަމް ނާސިފު ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާރާމާރީއެއްގެ މައްސަލާގައި މުންޑޫން އުމުރުން 30 އަހަރުގެ މީހަކާއި 19 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކަކީ އެ ރަށު ކައުންސިލްގެ ނައިބު ރައީސެވެ.
މުންޑޫ ކައުންސިލްގެ މެމްބަރަކު ވިދާޅުވީ، މާރާމާރީގައި އަނިޔާވި ކަމަށް ބުނާ އަންހެން މީހާ ކައުންސިލް އިދާރާގެ ތެރެއަށް އިއްޔެ ވަޅިއެއް ހިފައިގެން ވަން ކަމަށެވެ. އަދި އޭނާއާ ނާސިފާ ދެމެދު ޒުވާބުތަކެއް ހިނގި ކަމަށް ކައުންސިލް މެމްބަރު ވިދާޅުވި އެވެ.
"ކޯޓަށް ފޮނުވި ސިޓީއެއްގެ ޖަވާބު ލިބުނު ގޮތުން އޭނާ ހިތްހަމަނުޖެހުނީ ކަމަށް ބެލެވެނީ. އިއްޔެ ކައުންސިލް އިދާރާ ތެރެއަށް ވެސް އެ އަންހެން މީހާ ވަޅި ހިފައިގެން ވަން. އޭރު ނާސިފާ އަންހެން މީހައާ ދެމެދު ހިތްހަމަނުޖެހުންތަކެއް އުފެދުނު. ފަހުން ރޭ ބަނދަރު ކައިރީގައި ހުއްޓާ އެ އަންހެން މީހާ އައިސް އަނެއްކާ ޒުވާބުކުރަން ފެށީ. އޭގެ ފަހުން ހިނގި ކަމެއް ކަމަށް ބެލެވެނީ،" ކައުންސިލް މެމްބަރު ވިދާޅުވި އެވެ.
ބަނދަރު ސަރަހައްދުގައި ހިނގި ޒުވާބުގެ ތެރޭގައި އަންހެން މީހާ ބިންމައްޗަށް ވެއްޓުނު ކަމަށާއި ބޮލަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އެ މެމްބަރު ވިދާޅުވި އެވެ.
"ހަޅޭއްލެވުމުގެ ސަބަބުން އަންހެން މީހާ ބޮލަށް އެނބުރުން އަރައިގެން ވެއްޓުނު ކަމަށްވަނީ. ދެން ސިއްހީ މަރުކަޒަށް ގެންދިޔައީމަ ޑޮކްޓަރުން ވަނީ ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދަން ލަފާދީފައި،" ކައުންސިލް މެެމްބަރު ވިދާޅުވި އެވެ.
ޖަޒީލަށް ބޭނުންވަނީ ފަރުވާ: މަންދީ
ފުލުހުން އަނިޔާކޮށް މަރުގެ އިންޒާރު ދިން: އަނިޔާވިމީހާ
ފުވައްމުލަކު މާރާމާރީއާ ގުޅިގެން ދެމީހަކު ހައްޔަރުކޮށްފި
މާލޭގެ ދެ ސަރަހައްދެއްގައި މާރާމާރީ ހިންގައިފި
ގަމުގެ މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި
މާރާމާރީގެ މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި
އަންހެން ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ
ގޭޓްވޭގެ އިސް ވެރިޔަކަށް ބެލެނިވެރިއަކު ހަމަލާ ދީފި
ހައްޔަރުކުރި އެއް ކުއްޖެއްގެ ބަންދަށް 10 ދުވަސް
މުންޑޫ ކައުންސިލް ނައިބު ރައީސްގެ ބަންދަށް 7 ދުވަސް