Roadha Mihaaru
ދިރާގު ޓީވީ އާއި ފައިބާ ބްރޯޑްބޭންޑް ޅ. އަތޮޅަށް

ދިރާގު ޓީވީ އާއި ފައިބާ ބްރޯޑްބޭންޑް ނައިފަރާއި ހިންނަވަރަށް

08 ޖެނުއަރީ 2018

ދިރާގު ޓީވީ އާއި ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ޅ. ހިންނަވަރާއި އެ އަތޮޅު ނައިފަރުގައި ރަސްމީކޮށް އިފްތިތާހު ކޮށްފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

ދިރާގު ޓީވީ އާއި ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ޅ. ހިންނަވަރާއި އެ އަތޮޅު ނައިފަރުގައި ރަސްމީކޮށް އިފްތިތާހު ކޮށްފި އެވެ.

ދިރާގުން ބުނީ އެ ކުންފުނީގެ ޓީވީ ހިދުމަތް، މީގެ ކުރިން ވެސް، މޯބައިލް ބްރޯޑްބޭންޑް މެދުވެރިކޮށް މި ދެ ރަށަށް ލިބޭ ކަމަށެވެ. ނަމަވެސް، ރަސްމީކޮށް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް އެ ހިދުމަތް ފޯރުކޮށްދޭން ފެށީ މިއަދު އެވެ.

އެ ހިދުމަތް ތައާރަފް ކުރުމުގެ ގޮތުން އެ ދެ ރަށުގައި ވެސް ދިރާގުން ވަނީ ވަރަށް ކުލަގަދަ ހަރަކާތްތަކެއް ހިނގައިފަ އެވެ.

ދިރާގު ޓީވީ ޅ. އަތޮޅަށް ތައާރަފް ކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

ދިރާގު ޓީވީ ޅ. އަތޮޅަށް ތައާރަފް ކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

"ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. އަދި ނައިފަރާއި ހިންނަވަރުގައި މި ގާއިމް ކުރި ފައިބާގެ ހިދުމަތް މެދުވެރިކޮށް ދިރާގު ޓީވީ ފަސޭހަކަމާއެކު ބަލާލެވޭނެ އެވެ.،" ދިރާގުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

ގިނަ އަދަދެއްގެ އެޗްޑީ ޗެނަލްތަކެއް ހިމެނޭ ދިރާގު ޓީވީގައި މިހާރު 80 އަށް ވުރެ ގިނަ ޗެނަލް ހިމެނެ އެވެ. ދިރާގު ޓީވީގެ މަހު ފީގެ ގޮތުގައި ނަގަނީ 300ރ. އެވެ.

ދިރާގު ޓީވީ އަދި ފައިބާ ބްރޯޑްބޭންޑްގެ ހާއްސަ ޕްރޮމޯޝަނެއް މިހާރު ވެސް ކުރިއަށް އެބަ ގެންދެ އެވެ. މި ޕްރޮމޯޝަނުގައި ދިރާގު ފައިބާ ބްރޯޑްބޭންޑް ހިލޭ ގުޅައިދިނުމުގެ އިތުރުން ތިން މަސް ދުވަސް ވަންދެން، ޕްރޮމޯޝަނުގެ ތެރޭން ނަގާ ކޮންމެ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހުފީގެ ގޮތުގައި ދައްކާ އަދަދުން 25 ޕަސެންޓް ޑިސްކައުންޓެއް ލިބޭނެ އެވެ.