ވިލާ ގުރޫޕްގެ ގާނޫނީ ޓީމުގައި ހިމެނޭ ވަކީލް އަހުމަދު ޝަފީގު ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޗިޓު ފޮނުވައިފި އެވެ.
26 ޖެނުއަރީ 2018
ވިލާ ގުރޫޕްގެ ގާނޫނީ ޓީމުގައި ހިމެނޭ ވަކީލް އަހުމަދު ޝަފީގު ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޗިޓު ފޮނުވައިފި އެވެ.
ޝަފީގު ފުލުސް އޮފީހަށް ހާޒިރުވާން ޖެހެނީ އަންނަ އާދިއްތަ ދުވަހު ހަވީރު އެވެ.
ފުލުހުން ޝަފީގަށް ފޮނުވި ޗިޓުގައި ވަނީ މިދިޔަ ހޮނިހިރު ދުވަހު، ކްރިމިނަލް ކޯޓުގެ އަމުރަކާ އެކު ވިލާގެ ފަން އައިލެންޑް ރިސޯޓް ބަލައި ފާސްކުރުމަށް ދިޔަ ކަސްޓަމްސްގެ އޮފިސަރުންނާއި ކަސްޓަމްސް އޮފިސަރުންނަށް އެހީތެރިވާން ދިޔަ ފުލުހުންގެ ނަންތައް ވިލާ ޝިޕިންގެ ގާނޫނީ ވަކީލުން މިދިޔަ އަންގާރަ ދުވަހު ނެރުނު ބަޔާނުގައި އާންމުކޮށްފައިވާ މައްސަލާގައި ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށެވެ.
ވިލާގެ ރިސޯޓުތަކަށް އެރި ފުލުހުންގެ ނަންތައް އާއްމުކުރި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ކަސްޓަމުން ވެސް ވަނީ އެ މައްސަލަ ބަލައި ދިނުމަށް އެދި ފުލުހުންނަށް ހުށަހަޅައިފަ އެވެ.
ކަސްޓަމުން ދެކެނީ އެ ބަޔާނުގައި ބުނެފައި އޮތީ ވިލާ ޝިޕިންގެ މުދާ ގެންދިޔައީ ގަވައިދާ ހިލާފަށް ކަމަށް ތުހުމަތުކޮށް ކަމަށާއި އެއީ އެ ކުންފުންޏާ ދެކޮޅަށް ހިންގި ޖަރީމާއެއްގައި ބައިވެރިވުން ކަމަށެވެ. އަދި ކަސްޓަމްސްގެ އޮފިސަރުންގެ ނަންތައް ހާމަކޮށްފައިވާތީ އެކަން އެތަނުން ކުށްވެރި ވެސް ކުރި އެވެ.
ވިލާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ ރިސޯޓުތަކަށް އަރައި އެ ކުންފުނީގެ މުދާ ގެންދިއުމުގެ ޖަރީމާގައި ބައިވެރިވި ދައުލަތުގެ މުވައްޒަފުން ގާނޫނީ ގޮތުން ޒިންމާދާރުކުރުވައި ހައްގު އަދަބު ދިނުމަކީ ގައުމުގެ ހައްގުގައި އަދާކުރަން ޖެހޭ ވާޖިބެކެވެ.
އެހެންވެ އެކަމުގައި އަމަލީ ގޮތުން ބައިވެރިވި ކަސްޓަމްސްގެ 37 މުވައްޒަފަކާއި ހަތް ފުލުހެއްގެ މައްސަލަ އިންޓެގްރިޓީ ކޮމިޝަނަށް ވަނީ ހުށަހަޅާފަ އެވެ.
ރޯޔަލް އައިލެންޑް ރިސޯޓްގެ ނަމުގައި އެތެރެކުރި ރާ ގަވާއިދާ ހިލާފަށް ވިލާގެ އެހެން ރިސޯޓްތަކަށް ގެންދާ ކަމަށް ބުނެ ކަސްޓަމްސް އިން ވަނީ އޮޕަރޭޝަނެއް ހިންގައިފަ އެވެ.
ޑަބްލިއުއެލްޓީގެ ފައިސާއިން ވިލާގެ ބިލްތަކަށް ނުކެނޑޭނެ
ގާސިމްގެ މުދާ ވިއްކައި، ފައިސާތައް ހޯދަން ގޮވާލައިފި
ވިލާ ފަހަތަކުން ނުދަން، ވަކި މީހަކާ ޖައްސައެއް ނުލަން
އާޒިމާގެ ރައްދު: އަބުރުވެރިކަމާއެކު ފައިސާ ދައްކަވާ
މުއައްސަސާތައް މިނިވަންކުރަން ގޮވާލާ މުޒާހަރާކޮށްފި
އުޅެނީ އަޅުގަނޑު ބަނގުރޫޓު ކޮށްލަން: ގާސިމް
ހުއްދަ ދިނަސް ގާސިމްގެ ރިސޯޓުތަކަށް ރާ އެތެރެ ނުކުރެވޭ
ފުލުހުންގެ ނަންތައް އާއްމުކުރި މައްސަލަ ތަހުގީގުކުރަނީ
ވިލާގެ މުދާ ގެންދިޔަ މައްސަލަ ކޯޓަށް ހުށަހަޅައިފި
އާޒިމާ އެ ހައްދަވަނީ ކަނޑައެޅިގެން ދޮގެއް: ގާސިމް