Roadha Mihaaru
ރަކީން ސްޓޭޓުން ކަށްވަޅުތަކެއް ފެނުނު ވާހަކައަކީ ދޮގެއް: މިއަންމާ

ރަކީން ސްޓޭޓުން ކަށްވަޅުތަކެއް ފެނުނު ކަމަށް ބުނާ ވާހަކަ މިއަންމާއިން ދޮގުކޮށްފި

04 ފެބުރުއަރީ 2018

ޔަންގޫން (ފެބްރުއަރީ 4) - ރޮހިންޖާ މުސްލިމުން ދިރިއުޅޭ ރަކީން ސްޓޭޓުގައި ގިނަ ބަޔަކު މަރާ ވަޅުލާފައިވާ ކަށްވަޅުތަކެއް ފެނުނު ކަމަށް ބުނާ ވާހަކަތައް މިއަންމާ ސަރުކާރުން ދޮގުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޔަންގޫން (ފެބްރުއަރީ 4) - ރޮހިންޖާ މުސްލިމުން ދިރިއުޅޭ ރަކީން ސްޓޭޓުގައި ގިނަ ބަޔަކު މަރާ ވަޅުލާފައިވާ ކަށްވަޅުތަކެއް ފެނުނު ކަމަށް ބުނާ ވާހަކަތައް މިއަންމާ ސަރުކާރުން ދޮގުކޮށްފި އެވެ.

ރަކީން ސްޓޭޓުން ފަސް ކަށްވަޅު ފެނިފައިވާ ކަމަށް ރިޕޯޓްކޮށްފައި ވަނީ އެސޯސިއޭޓް ޕްރެސް އިންނެވެ. މިއަންމާ ސަރުކާރުގެ އިންފޮމޭޝަން ކޮމިޓީން ބުނީ އޭޕީގެ ރިޕޯޓާ ގުޅިގެން ތަހުގީގު ޓީމެއް ރަކީން އަށް ފޮނުވައިގެން ބެލިއިރު އެއީ ދޮގެއް ކަމަށެވެ.

ރޮހިންޖާ މުސްލިމުން ދިރިއުޅޭ ރަކީންގައި މުސްލިމުންނަށް ހަމަލާ ދެނީ މިއަންމާ ސިފައިންގެ އިތުރުން ބުޑިސްޓުންނެވެ. ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި ރަކީންގެ އެއް އަވަށް ވަނީ ބިމާ ހަމަކޮށްލައިފަ އެވެ. ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅޭ ރެފިއުޖީން ބުނި ގޮތުގައި ރަކީންގައި ވަނީ 400 އަށް ވުރެ ގިނަ މީހުން މަރައިފަ އެވެ. ޑޮކްޓާސް ވިތައުޓް ބޯޑާސް އިން ލަފާކުރާ ގޮތުގައި ރޮހިންޖާ މުސްލިމުންގެ ތެރޭން ވަނީ 6،700 މީހުން މަރުވެފަ އެވެ. އެކަމަކު މިއަންމާގެ އިންފޮމޭޝަން ކޮމިޓީން ބުނީ އޮގަސްޓް 28 ވަނަ ދުވަހު ރަކީންގައި ހިންގި ހަމަނުޖެހުންތަކުގައި ރޮހިންޖާ "ޓެރަރިސްޓުން" ގެ ތެރޭން މަރުވެފައި ވަނީ 19 މީހުން ކަމަށެވެ. ރޮހިންޖާ މުސްލިމުންނަށް މިއަންމާ ސަރުކާރުން މުޚާތަބް ކުރަނީ "ބެންގާލީން" ނުވަތަ "ޓެރަރިސްޓުން"ގެ ނަމުންނެވެ.

ރަކީން ސްޓޭޓުގެ ހަމަނުޖެހުންތަކާ ގުޅިގެން ބަންގްލަދޭޝް އަށް އެތެރެވި ރެފިއުޖީންގެ އަދަދު ވަނީ ހަ ލައްކަ އަށް އަރައިފަ އެވެ.