Roadha Mihaaru
އީޔޫ ވަފުދު ފުރީ ބައްދަލުކުރަން ހަމަޖެއްސި ފަހުން

އީޔޫގެ ވަފުދު ފުރީ ވަޒީރުން ބައްދަލުކުރެއްވުމަށް ހަމަޖައްސާފައި ވަނިކޮށް: ސަރުކާރު

08 ފެބުރުއަރީ 2018

ރާއްޖޭގެ ސިޔާސީ މަސްރަހު ނުތަނަވަސް ވެފައިވާއިރު، ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުވުމަށް އައި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކުގެ ސަފީރުންގެ ވަފުދު ފުރައިގެން ދިޔައީ، ދިވެހި ސަރުކާރުގެ ވަޒީރުން އެ ބޭފުޅުންނާ ބައްދަލުކުރައްވަން ވަގުތު ދެއްވާފައި ވަނިކޮށް ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރާއްޖޭގެ ސިޔާސީ މަސްރަހު ނުތަނަވަސް ވެފައިވާއިރު، ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުވުމަށް އައި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކުގެ ސަފީރުންގެ ވަފުދު ފުރައިގެން ދިޔައީ، ދިވެހި ސަރުކާރުގެ ވަޒީރުން އެ ބޭފުޅުންނާ ބައްދަލުކުރައްވަން ވަގުތު ދެއްވާފައި ވަނިކޮށް ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ނަމަވެސް، ސްރީލަންކާގައި ހުންނަ ޖަރުމަނު އެމްބަސީން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ދިވެހި ސަރުކާރުން އީޔޫގެ ވަފުދާއެކު މަޝްވަރާ ކުރަން ދެކޮޅު ހަދާފައިވާ ކަމަށެވެ.

EU ge vafudhaa bahdhalu kuran sarukaarun beynumeh nuvi

EU ge vafudhaa bahdhalu kuran sarukaarun beynumeh nuvi

The most trusted news source in the Maldives

Mihaaru

އީޔޫ ވަފުދާ ސަރުކާރުން ބައްދަލުކުރަން ދެކޮޅު ހެދި ކަމަށް ބުނުން--

އެކަމަކު، ރައީސް އޮފީހުގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން އިބްރާހިމް ހުސައިން ޝިހާބް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އީޔޫގެ ވަފުގެ ބޭފުޅުން ފޮރިން ސެކްރެޓަރީ އަހުމަދު ޝަރީރުއާ އެކު ކާމިޔާބު ބައްދަލުވުމެއް ބޭއްވި ކަމަށެވެ.

ރައީސް އޮފީހުގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން އިބްރާހިމް ހުސެއިން ޝިހާބުގެ ޓުވީޓު

އީޔޫގެ ވަފުދު އެނބުރި ދިޔައީ، ދިވެހި ސަރުކާރުގެ ވަޒީރުންގެ ބޭފުުންތަކެއް އެ ވަފުދާ މިއަދު މެންދުރު ފަހު 3:00 ގައި ބައްދަލު ކުރައްވަން ނިންމަވާފައި ވަނިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

ފޮރިން މިނިސްޓްރީގެ ޓުވީޓު

ރޭ ރާއްޖެ އައި އެ ވަފުދުގައި ހިމެނެނީ، އީޔޫގެ ސަފީރުގެ އިތުރުން ޖަރުމަނާއި އިނގިރޭސި ވިލާތުގެ ސަފީރުންނެވެ. އެބޭފުޅުން ވަނީ އެމްޑީޕީގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވައިފަ އެވެ.

ޖަލު ހުކުމްގައި ތިބި ސިޔާސީ ނުވަ ބޭފުޅަކު މިނިވަން ކުރުމަށާއި، މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުން އެ މަގާމުން ވަކިނުވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމް ތަންފީޒު ކުރުމަށް އީޔޫ އިން ވަނީ ރާއްޖެ އަށް ގޮވާލައިފަ އެވެ. އޭގެ ފަހުން ސަރުކާރުން ކުއްލި ހާލަތު އިއުލާންކޮށް ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމުން އީޔޫ އިން ވަނީ އެކަން ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.