13 ފެބުރުއަރީ 2018
މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ މަސައްކަތް ކުރިއަށް ދާއިރު، މާލެ ކައިރިން ޑެކް އެޅުމުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ މަސައްކަތް ކުރިއަށް ދާއިރު، މާލެ ކައިރިން ޑެކް އެޅުމުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލެ އާއި ހުޅުލެއާ މެދު އަޅާ ބްރިޖުގެ އައިބީމްތައް ނުވަތަ ކޮންކްރީޓުން ހަދާފައިވާ ބޮޑެތި ބެރިތަކުގެ 480 މީޓަރު ކޮންސްޓްރަކްޝަން މަސައްކަތް މާލެ ކައިރިން ނިމިފައިވާ ކަމަށެވެ. އަދި މާލޭ ކޮޅުން ބުރިޖަށް އަރާ މަގު ނުވަތަ ބުރިޖު ޑެކް ސްޕޭންގެ 180 މީޓަރުގެ ކޮންކްރީޓް މަސައްކަތް ނިމިފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މާލޭ ކޮޅުން ބްރިޖު ފެށޭ ހިސާބުން ބެރި އަޅަން ފެށީ ޑެކު އެޅުމަށްޓަކަ އެވެ. ބެރިތައް ނިމުމުން، ޑެކު އަޅައި، ޗައިނާގައި މިހާރު ތައްޔާރުކުރަމުން އަންނަ ސުޕަ ސްޓްރަކްޗާ ގެނެސް އަތުރާލާނީ އެވެ.
ބްރިޖު އެޅުމުގެ މަސައްކަތް ޗައިނާގެ ކުންފުނިން ކުރިއަށް ގެންދަނީ.
މުއިއްޒު ވަނީ މާލެ ކައިރިން ބްރިޖުގެ މަސައްކަތް ހިނގަމުންދާ ގޮތުގެ ބައެއް ފޮޓޯތައް އާންމު ކުރައްވައިފަ އެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި މާލެ ކޮޅުން ފެށިގެން ބްރިޖުގެ މެދާ ހިސާބަށް ކޮންކްރީޓްގެ ބޮޑު ބައި ވަނީ ނިމިފަ އެވެ. އަދި އެ ފޮޓޯތަކުން ޗައިނާގެ ސީސީސީސީ ކުންފުނީގެ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ މަންޒަރު ވެސް ފެނެ އެވެ.
China-Maldives Friendship Bridge work progressing at speed and on schedule; 480m of concrete I-beam installation and 180m of concrete bridge deck span completed from Male side. pic.twitter.com/QngDJwLxVz
— Dr.Mohamed Muizzu (@MMuizzu) February 13, 2018
މުއިއްޒު މިއަދު ކުރެއްވި ޓުވީޓު.
މުއިއްޒު ވިދާޅުވީ ބްރިޖުގެ މަސައްކަތް ކުރިއަށް ދަނީ ހަލުވިކަމާއެކު ޝެޑިއުލްއާ އެއްގޮތަށް ކަމަށެވެ.
ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.
ދެ ގައުމުގެ ސަރުކާރުން އެއްބަސްވެފައިވާ ގޮތަށް ބްރިޖު ނިންމަމުން އަންނައިރު، ޝެޑިއުލަށް ވުރެން މާ އަވަހަށް ސީސީސީސީން މަސައްކަތް ނިންމަމުން އަންނަ ކަަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. މިނިސްޓްރީން ލަފާ ކުރާ ގޮތުގައި މި އަހަރުގެ ސެޕްޓެމްބަރު މަހަށް މަސައްކަތް ނިންމަން އެއްބަސްވެފައިވާ ބްރިޖު ޖުލައި 26ގައި ހުޅުވޭނެ އެވެ.
ބްރިޖްގެ ކުރެހުން ހަގީގީ މަންޒަރަކަށް!
ބްރިޖުގެ އައިބީމްތައް އަޅަން ފަށައިފި
ބްރިޖުގެ ޑެކުގެ މަސައްކަތް ފަށަނީ
ބްރިޖަށް ހާއްސަކޮށްގެން ޑަބަލް ޑެކާ ބަސް ޑިޒައިންކުރަނީ
ބްރިޖުގެ ދެބައި ކުޅަ އެއްބައި ހޮޅި ޖަހައި ނިންމައިފި
ބްރިޖާ ގުޅޭ ވާހަކަތަކާއި ފެނުނު މަންޒަރުތައް!
ބްރިޖުގެ ފީ ނެގުން އާ ސަރުކާރަށް ދޫކޮށްލައިފި
ބްރިޖު އުފަންވުމުގައި އެހެން ރައީސެއްގެ ދައުރެއް ނެތް
ބްރިޖު ހުޅުވުމުން އުފަލާއެކު ރާޅާ އެޅޭނެ: މުއިއްޒު
ބްރިޖުގެ ހިތްގައިމު މަންޒަރުތަކާއި ޝުއޫރުތައް