03 މާޗް 2018
ރާއްޖޭގައި ހައްޔަރުކުރާ މީހުން ގިނަވެ އެ މީހުންގެ އަދަދު އޮޅޭ ހިސާބަށް ގޮސްފައިވާ ކަމަށް ރާއްޖެ އާއި ސްރީ ލަންކާ އަށް އެމެރިކާ އިން ކަނޑައަޅާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ހައްޔަރުކުރާ މީހުން ގިނަވެ އެ މީހުންގެ އަދަދު އޮޅޭ ހިސާބަށް ގޮސްފައިވާ ކަމަށް ރާއްޖެ އާއި ސްރީ ލަންކާ އަށް އެމެރިކާ އިން ކަނޑައަޅާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް މިއަދު ވިދާޅުވެއްޖެ އެވެ.
ކެޝަޕް ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މީހުން ހައްޔަރުކުރާ މިންވަރު ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ. އަދި މީހުން ހައްޔަރުކުރުން އާންމުވެފައިވާ މިންވަރުން އެ މީހުންގެ މައުލޫމާތު ދެނެގަންނަން ދަތިވާ ހިސާބަށް ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.
ކެޝަޕްގެ ޓުވީޓުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސަރުކާރުގެ އޮފީސްތަކުގައި އުޅޭ ކިތައް މުވައްޒަފުން ހައްޔަރުކޮށްފައިވޭތޯ ސުވާލު ކުރައްވައިފަ އެވެ.
"ރައްޔިތުން އިންތިހާބުކޮށްފައި ތިބި މަޖިލީހުގެ ކިތައް މެމްބަރުންނާއި ސަރުކާރުގެ އޮފީސްތަކުގައި އުޅޭ ކިތައް މުވައްޒަފުން މިހާރު ޖަލުގައި އެބަތިބިތޯ،" ކެޝަޕް ވިދާޅުވި އެވެ.
Arrests are happening so fast during the #Maldives #StateOfEmergency that it is hard to keep track. How many duly elected Members of Parliament and constitutionally designated officers of the government are now in jail?
— Atul Keshap?? (@USAmbKeshap) March 3, 2018
އެމެރިކާ ސަފީރު ކެޝަޕް ކުރެއްވި ޓުވީޓު.
އިދިކޮޅު ފަރާތްތަކުން އިއްޔެ މާލޭގެ މަޖީދީ މަގުގައި ކުރި މުޒާހަރާގައި މަޖިލީހުގެ ތިން މެމްބަރަކާއި ގިނަ އަދަދެއްގެ އާންމުން ހައްޔަރު ކުރި އެވެ. ހައްޔަރު ކުރި މެމްބަރުންނަކީ ކުރީގެ ޕޮލިސް ކޮމިޝަނަރު، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި މަޖިލީހުގެ ކުރީގެ ރައީސް، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދެވެ.
މީގެއިތުރުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވެސް ހުންނެވީ ޖަލުގަ އެވެ. އަދި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވެސް ހުންނެވީ އެކިއެކި ތުހުމަތުތަކާ ގުޅިގެން ފުލުހުންގެ ބަންދުގަ އެވެ.
މާލޭގައި އިއްޔެ ބޭއްވި މުޒާހަރާއާ ގުޅިގެން ހައްޔަރު ކުރީ ކިތައް މީހުން ކަމެއް ފުލުހުން ނުބުނެ އެވެ. އަދި މިހާތަނަށް އެއިން އެއްވެސް މީހަކު ދޫކޮށެއް ނުލަ އެވެ.
އެއްވުންތަކާ ގުޅިގެން ހައްޔަރުކޮށްފައި ތިބީ 9 މީހަކު
މަޖިލީހުގެ ކުރީގެ މެމްބަރު އީސަ ދޫކޮށްލައިފި
ރައްޔިތުންގެ އަޑު ރައީސަށް މިރޭ އިއްވާނެ: އިދިކޮޅު
ރޭގެ މުޒާހަރާއާ ގުޅިގެން 23 މީހަކު ހައްޔަރުކުރި
މުޒާހަރާއާ ގުޅިގެން 15 މީހަކު ހައްޔަރު ކުރި
ރިޔާޒް ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން
"ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރުމުން ކަންބޮޑުވޭ"
މީޑިއާގެ އަމަލު ހުރީ އެއްވި މީހުންނާ އެއް ހަމައެއްގައި
މުޒާހަރާ އިން ހައްޔަރު ކުރި އަމީތު ދޫކޮށްލައިފި
އަމީތު ފަސްވަނަ ފަހަރަށް ޕޮލިހަށް ހާޒިރުވާން އަންގައިފި