Roadha Mihaaru
އިރުމަތީ ޣޫތާގެ ހަނގުރާމަ ކުރިއަށް ގެންދާނަން: އަސަދު

އިރުމަތީ ޣޫތާގެ ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށް އަސަދު ވިދާޅުވެއްޖެ

05 މާޗް 2018

ދިމިޝްގު (މާޗް 5) - އިރުމަތީ ޣޫތާ އަށް ސަރުކާރު ސިފައިންދޭ ވައިގެ ހަމަލާތައް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށް ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދިމިޝްގު (މާޗް 5) - އިރުމަތީ ޣޫތާ އަށް ސަރުކާރު ސިފައިންދޭ ވައިގެ ހަމަލާތައް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށް ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ވިދާޅުވެއްޖެ އެވެ.

ހަމަލާތައް ހުއްޓާނުލާނެ ކަމުގެ އިންޒާރު އަސަދު ދިން އިރު އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ފްރާންސުން ވަނީ އިރުމަތީ ޣޫތާގެ ހަނގުރާމަ ހުއްޓާލަން ގޮވާލައިފަ އެވެ.

އިރުމަތީ ޣޫތާ އަށް ވަރުގަދަ ބޮމުގެ ހަމަލާތައް ދޭން ފެށިތާ ދެ ހަފުތާވީ އިރު ސީރިއާ ސިފައިން ވަނީ އެ ސިޓީގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބައި ސަރަހައްދު ހިފައިފަ އެވެ.

"އިރުމަތީ ޣޫތާގެ ގިނަ މީހުން ބޭނުން ވަނީ ޓެރަރިޒަމުން ސަލާމަތްވުމަށް. އެހެންވެ އެ ސިޓީގެ އޮޕަރޭޝަން ކުރިއަށް ގެންދަން ޖެހޭ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަސަދު ވިދާޅުވި އެވެ.

އިރުމަތީ ޣޫތާ އަށް ދޭ ވައިގެ ހަމަލާތައް ކޮންމެ ދުވަހަކު ހެނދުނުން ފެށިގެން ފަސް ގަޑިއިރަށް ހުއްޓާލާނެ ކަމަށް ސީރިއާ އާއި ރަޝިޔާ އިން ބުނި ނަމަވެސް އެއްގަމު މަގުން ދޭ ހަމަލާތައް ވަނީ ވަރުގަދަކޮށްފަ އެވެ. ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ ވައިގެ ހަމަލާތަކުގައި އިއްޔެ އެކަނިވެސް 34 މީހުން މަރުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި 11 ކުޑަ ކުދިން ހިމެނޭ ކަމަށް ވެސް ބުނެފައިވެ އެވެ.

އަސަދު ވިދާޅުވީ އިރުމަތީ ޣޫތާގެ އާއްމުން އެ ސިޓީން ނުކުތުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އިރުމަތީ ޣޫތާގައި ހަނގުރާމަ ކުރާ ޖައިޝުލް އިސްލާމް އާއި ފައިލަގުލް ރަހުމާން އަދި އަހްރާމުއްޝާމް އިން ވަނީ ސީރިއާ ސިފައިންނާ ދެކޮޅަށް ވަރުގަދަ ހަމަލާތައް ދޭ ކަމަށް ބުނެފަ އެވެ.