Roadha Mihaaru

ނަމާދުގައި ފާތިހާ ސޫރަތް ކިޔަވާއިރު ރަނގަޅަކީ ބިސްމި ބާރަށް ކިޔުން: ފަތުވާ

އަޑުހަރުކޮށް ގުރުއާން ކިޔަވާ ނަމާދުތަކުގައި ސޫރަތުލް ފާތިހާ ކިޔަވަން ފަށާއިރު އެންމެ ރަނގަޅަކީ އަޑު ހަރުކޮށް ބިސްމި ކިޔުން ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބުނެފި އެވެ.

އެންމެ ރަނގަޅަކީ ބާރަށް ބިސްމި ކިޔުން: ފަތުވާ
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

09 މާޗް 2018

އަޑުހަރުކޮށް ގުރުއާން ކިޔަވާ ނަމާދުތަކުގައި ސޫރަތުލް ފާތިހާ ކިޔަވަން ފަށާއިރު އެންމެ ރަނގަޅަކީ އަޑު ހަރުކޮށް ބިސްމި ކިޔުން ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބުނެފި އެވެ.

އެ މަޖިލީހުގެ ފަސް މެމްބަރުން ސޮއި ކުރައްވައި، މިދިޔަ އަންގާރަ ދުވަހު ނެރުއްވި ފަތުވާގައިވަނީ ބިސްމި އަކީ އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި ކީރިތި ރަސޫލާ ސޫރަތުލް ފާތިހާ ކިޔަވާ ވިދާޅުވާއިރު ބިސްމި ބާރަށް ވިދާޅުވިކަން އަދި ބައެއް ފަހަރު ސިއްރުން ވިދާޅުވި ކަން ވެސް އެކަލޭގެފާނުގެ ސުންނަތުން ސާބިތުވާ ކަަމަށެވެ.

ރާއްޖޭގައި ފަރްއީ ހުކުމްތަކުގައި އަމަލު ކުރަމުން އަންނަނީ ޝާފިއީ މަޒްހަބްގައިވާ ގޮތަށް ކަމަށްވާތީ، ރައްޔިތުންގެ ދީނާ ވަހްދަތު އާލާކޮށް، އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި، އަޑު ހަރުކޮށް ކިޔަވާ ނަމާދުތަކުގައި އިމާމުން އަމަލު ކުރުން އެންމެ ރަނގަޅު ގޮތަކީ ފާތިހާ ސޫރަތް ކިޔަވާއިރު ބިސްމި ބާރަށް ކިޔުން ކަމަށް އެ ފަތުވާގައިވެ އެވެ.