ހޮންކޮންގުގެ ކުންފުންޏަކުން އދ. ރަންވެލި ރިސޯޓު ގަނެ، ރީ ބްރޭންޑްކޮށްގެން ހުޅުވަން ނިންމައިފި އެވެ.
14 މާޗް 2018
ހޮންކޮންގުގެ ކުންފުންޏަކުން އދ. ރަންވެލި ރިސޯޓު ގަނެ، ރީ ބްރޭންޑްކޮށްގެން ހުޅުވަން ނިންމައިފި އެވެ.
ސީޕްލޭންގައި މާލެއިން 25 މިނެޓުން ދެވޭ ހިސާބުގައި އޮންނަ ރިސޯޓު ހޮންކޮންގުގެ އޭޝިއާ ޕްރެސްޓީޖް މެނޭޖްމަންޓް (އޭޕީއެމް) ކިޔާ ކުންފުނިން ގަނެ، ހުޅުވަން ނިންމާފައިވަނީ "ޒާޒް އައިލެންޑް ރިސޯޓު"ގެ ނަމުގަ އެވެ. އެ ކުންފުނިން އެ ރަށް ގަނެފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ނަމަވެސް އެ ރިސޯޓު ގަތް އަގެއް އެ ކުންފުނިން ހާމައެއްނުކުރެ އެވެ.
ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައި ބުނެފައި ވަނީ އޭޕީއެމް އިން 100 އެނދުގެ އެ ރިސޯޓު ގަތީ އޭޝިއާގެ މުހިންމު މާކެޓްތަކަށް އެ ކުންފުނީގެ ބްރޭންޑް ފުޅާކުރުމުގެ ގޮތުން ކަމަށެވެ. އަދި އެ ކުންފުނިން އެ ރިސޯޓު ހިންގަން ނިންމާފައި ވަނީ ހޮންކޮންގުގެ ޔުނިކޯން ހޮޓެލްސް އެންޑް ރިސޯޓު ކިޔާ ކުންފުންޏަކާ ގުޅިގެންނެވެ.
އޭޕީއެމްއާ ހަވާލާދީ އެ ވެބްސައިޓްގައި ބުނެފައި ވަނީ ރަންވެލި އަލުން ހުޅުވަން ނިންމާފައި ވަނީ އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ކަމަށެވެ.
މާމިގިލި ކައިރީގައި އޮންނަ އެ ރިސޯޓަކީ ޑައިވިން އަށް މަޝްހޫރު ސަރަހައްދެއްގައި އޮންނަ ރިސޯޓެކެވެ. އަދި އެ ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ފެހުރިހި ވެސް އުޅޭ ސަރަހައްދެކެވެ.
ރިސޯޓެއްގައި ފަސް ދިވެހިން، ދެން ހުސް ބިދޭސީން!
އއ. އެތެރެ މަޑިވަރު ދުބާއީގެ ކުންފުންޏަކުން ހިންގަނީ
ކައުންސިލްތަކުގެ ރަށްތައް ޓޫރިޒަމަށް ދޭ ގޮތަށް ބަދަލެއް
އޮސްކާގެ އިނާމުތަކުގައި ރާއްޖޭގެ ޗުއްޓީ ދަތުރެއް
ރިސޯޓުތަކުން ޑޮލަރު މާރުކުރުމުގެ ހެޔޮ އަސަރު ރިޒާވަށް
ބީއެމްއެލްއިން ގްރީން ރިސޯޓް ފައިނޭންސިން ތައާރަފްކޮށްފި
ޓޫރިޒަމްގެ މާލީ ހައްލުތަކަށް ބީއެމްއެލް ތައްޔާރު:ޝަރީފް
ރިސޯޓުތަކުން މިހާތަނަށް 25 މިލިއަން ޑޮލަރު މާރުކޮށްފި
ހއ. އަތޮޅުގައި 600 މިލިއަން ޑޮލަރުގެ ރިސޯޓެއް
އިމިގްރޭޝަނަށް ފިލަން 60 ބިދޭސީން މަޑުއްވަރީއަށް