Roadha Mihaaru
ދިރާގުން އެސް9، އެސް9 ޕްލަސް މާދަމާރޭ ތައާރަފްކުރަނީ

ދިރާގުން އެންމެ ފަހުގެ ގެލެކްސީ އެސް9 އަދި އެސް9 ޕްލަސް މާދަމާ ރޭ ތައާރަފްކުރަނީ

22 މާޗް 2018

އެންމެ ފަހުގެ ސެމްސަންގް ގެލެކްސީ އެސް9 އަދި އެސް9 ޕްލަސް ދިރާގުން މާދަމާ ރޭ ތައާރަފްކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

އެންމެ ފަހުގެ ސެމްސަންގް ގެލެކްސީ އެސް9 އަދި އެސް9 ޕްލަސް ދިރާގުން މާދަމާ ރޭ ތައާރަފްކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން ބުނީ އެ ފޯނު ގަންނަން ޕްރީ އޯޑާއަށް ހުޅުވާލުމުން ކަސްޓަމަރުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އަދި ޕްރީ އޯޑާ ކަސްޓަމަރުންނަށް މާދަމާ ރޭ 8:00ން ފެށިގެން ދިރާގު ހެޑް އޮފީހުން ފޯނު ދޫކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ދިރާގުން ވަނީ ސެމްސަންގް ގެލެކްސީ އެސް9 އަދި އެސް9 ޕްލަސް ވިއްކަން ފެށުން ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަފުލާއެއް ވެސް ބާއްވަން ނިންމައިފަ އެވެ.

އެ ކުންފުނިން ވަނީ ކަސްޓަމަރުންނަށް އިންސްޓޯލްމަންޓަށް ވެސް އެ ފޯނު ގަންނަން ލިބޭނެ ގޮތް ހަމަޖައްސައިފަ އެވެ. އެ ގޮތުން އެ ކުންފުނިން ފޯނު ގަންނަ ކަސްޓަމަރުންނަށް ހަ މަސް ވަންދެން ފަސް ޖީބީ ޑާޓާ އެލަވަންސެއް ލިބޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

ސެމްސަންގުން އަލަށް ނެރުނު ގެލެކްސީ އެސް9 އަދި އެސް9 ޕްލަސްގައި ހިމެނެނީ 62 ޖީބީ އާއި 128 ޖީބީ އެވެ. މިފަހަރު ނެރުނު ފޯނުގައި ހިމެނެނީ ތިން ކުލައެކެވެ. އެއީ މިޑްނައިޓް ބްލެކާއި ކޮރަލް ބްލޫ އަދި ނިއު ލިލަކް ޕާޕަލް އެވެ.