Roadha Mihaaru
ސީރިއާގައި ކެމިކަލް ހަމަލާއެއް ދިންކަމުގެ ހެއްކެއް ނެތް: ރަޝިޔާ

ސީރިއާގައި ކެމިކަލް ހަތިޔާރު ބޭނުންކުރިކަމުގެ ހެއްކެއް ނެތް: ރަޝިޔާ

09 އެޕްރީލް 2018

މޮސްކޯ (އެޕްރީލް 9) - ސީރިއާގެ އިރުމަތީ ޣޫތާގައި ކެމިކަލް ހަތިޔާރު ބޭނުންކުރި ކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސާގީ ލަވްރޯފް ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

މޮސްކޯ (އެޕްރީލް 9) - ސީރިއާގެ އިރުމަތީ ޣޫތާގައި ކެމިކަލް ހަތިޔާރު ބޭނުންކުރި ކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސާގީ ލަވްރޯފް ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ ކެމިކަލް ހަތިޔާރުން ހަމަލާ ދިން ކަމަށް ބުނާ ސަރަހައްދަށް ރަޝިޔާގެ ޚާއްސަ ޓީމެއް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އަދި ރަޝިޔާ އާއި ސީރިއާގެ ބޮލުގައި މިފަދަ ތުހުމަތެއް އަޅުވާނެކަން ކުރިން ވެސް އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަޝިޔާގެ ސިފައިންގެ ޚާއްސަ ޓީމަކާއި ސީރިއާގެ ރެޑް ކްރެސެންޓުގެ ޓީމެއް ވަނީ އިރުމަތީ ޣޫތާ އަށް ޒިޔާރަތްކޮށްފައި. އެކަމަކު ކްލޮރީން ނުވަތަ އެނޫން ވެސް ކެމިކަލްއެއް ބޭނުންކޮށްފައިވާ ކަމުގެ ނިޝާނެއް ފެންނާކަށް ނެތް،" އޭނާ ވިދާޅުވި އެވެ.

ސީރިއާގެ ދޫމާގައި ކެމިކަލް ހަތިޔާރު ބޭނުން ކުރުމުން 70 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށްވެ އެވެ. ކެމިކަލް ހަތިޔާރު ބޭނުންކުރިތާ އެއް ދުވަސް ފަހުން ސީރިއާގެ ވައިގެ މަރުކަޒަކަށް ވަނީ މިސައިލް ހަމަލާ ދީފަ އެވެ. އެ ހަމަލާގެ ތުހުމަތު ސީރިއާ އިން އަޅުވާފައި ވަނީ އިޒްރޭލުގެ ބޮލުގަ އެވެ.

ކެމިކަލް ހަމަލާ އަށް ފަހު އެމެރިކާ އާއި ފްރާންސުން ވަނީ ސީރިއާ އަށް ރައްދު ދޭނެ ގޮތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ.