15 އެޕްރީލް 2018
ރަޝިޔާގައި ބާއްވާ މި އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ރާއްޖޭގެ އޮފިޝަލް ބްރޯޑްކާސްޓަރު، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ވޯލްޑްކަޕް ކަވަރޭޖްގެ ޕްރެޒެންޓިން ޕާޓްނަަރަކަށް އުރީދޫ ހަމަޖައްސައިފި އެވެ.
ރަޝިޔާގައި ބާއްވާ މި އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ރާއްޖޭގެ އޮފިޝަލް ބްރޯޑްކާސްޓަރު، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ވޯލްޑްކަޕް ކަވަރޭޖްގެ ޕްރެޒެންޓިން ޕާޓްނަަރަކަށް އުރީދޫ ހަމަޖައްސައިފި އެވެ.
ޕީއެސްއެމް ވޯލްޑްކަޕް ކަވަރޭޖްގެ ޕްރެޒެންޓިން ޕާޓްނަރު ކަމަށް އުރީދޫ ހަމަޖައްސައި، އެއްބަސްވުމުގައި ސޮއިކުރެއްވީ މިއަދު ޓީވީއެމްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އުރީދޫގެ ސީއީއޯ ނަޖީބް ޚާން އާއި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޚަލީލް އެވެ.
ސޮއި ކުރެއްވުމަށް ފަހު ނަޖީބް ވިދާޅުވީ، ފުޓުބޯޅަަ އަކީ ކޮންމެ ދިވެއްސަކާ ވެސް ވަރަށް ގާތުން ގުޅިފައިވާ އެއްޗެއް ކަމަށެވެ. އެހެން ކަމުން ދިވެހިންނާ އެހާ ބޮޑަށް ގުޅިފައިވާ އެއްޗެއް ޓީވީން ދެއްކުމުގައި ބައިވެރިވުމަކީ އުރީދޫ ފަޚުރުވެރިވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
"ރާއްޖޭގެ ކޮންމެ ރަށަކުން ވެސް އަދި ކޮންމެ ސަރަހައްދަކުން ވެސް ފެންނަނީ ފުޓުބޯޅަ އަށް އޮތް ލޯބި. އެންމެން އެކަތިގަނޑަކަށް ހަދާލައި، އުފާވެރިކަން ގެނުވާ ކަމެއްގައި ބައިވެރިވާން ފުރުސަތު ލިބުނީތީ އަޅުގަނޑުމެން ވަރަށް ފަޚުރުވެރިވަން،" ނަޖީބް ވިދާޅުވި އެވެ.
އުރީދޫގެ ސީއީއޯ ނަޖީބް ޚާން (ވ) އަދި ޕީއެސްއެމްގެ މެނޭޖިން ޑައިރެކްޓާ އިބްރާހިމް ހަލީލު އެއްބަސްވުމުގައި ސޮއި ކުރައްވަނީ.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު
ޚަލީލް ވިދާޅުވީ، "2018 ފީފާ ވޯލްޑް ކަޕް ރަޝިޔާ"ގެ ނަމުގައި ހަރަކާތްތައް ނުހިންގަން ޕީއެސްއެމުން އެއްވެސް ފަރާތަކަށް އަންގާފައި ނުވާ ކަމަށެވެ. އެ ކުންފުނިން އަންގާފައި ވާނީ ހުއްދަ ނަގައިގެން އެ ފަދަ ހަރަކާތްތައް ހިންގުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެއް އިރަކު ވެސް ނުބުނަން މިވެނި ބަޔަކު [ވޯލްޑް ކަޕް] ނުދައްކާށޭ އަދި ނުދެއްކޭނެއޭ ވެސް. އަޅުގަނޑުމެންގެ ވާހަކަ އަކީ ދިވެހި ރާއްޖޭގެ ޓެރިޓަރީގައި ވޯލްޑް ކަޕް ދެއްކުމަށްޓަކައި ލައިސަންސް ކޮށްފައިވާ ހަމައެކަނި ބްރޯޑްކާސްޓަރަކީ ޕަބްލިކް ސާވިސް މީޑިއާއޭ،" ޚަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފީފާ އިން މި ސަރަހައްދުގެ އެކްސްކުލޫސިވް ރައިޓްސް ދީފައި ވަނީ ސޮނީ ޕިކްޗާސް އަށެވެ. އަދި ސޮނީ ޕިކްޗާސް އިން ރާއްޖޭގައި ވޯލްޑް ކަޕް ދެއްކުމުގެ ހުއްދަ ޕީއެސްއެމްގެ އިތުރުން އެހެން ބަޔަކަށް ދީފައި ވާކަން އަންގާފައި ނެތް ކަމަށް ވެސް ޚަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުރިހާ ފަރާތްތަކަކަށް ވެސް ޕީއެސްއެމްއާ ގުޅިގެން ވޯލްޑްކަޕް ދެއްކުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ހުއްދަ ނެތި "2018 ފީފާ ވޯލްޑް ކަޕް ރަޝިޔާ" ގެ ކަވަރޭޖް ކުރިއަށް ގެންދާ ފަރާތްތަކާ މެދު، ޕީއެސްއެމުން ސޮނީ ޕިކްޗާސްއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
"ދެ ފަރާތުން [ޕީއެސްއެމް އާއި ސޮނީ ޕިކްޗާސް] ކުރެވިފައިވާ އެގްރިމެންޓަށް ބަލާއިރު ކުރަންޖެހޭ އެހެން ކަންތައްތަކެއް ވެސް އެބަހުރި. ލައިސަންސް ބްރޯޑްކާސްޓަރަކަށް ވީމަ ދިވެހި ރާއްޖޭގައި މި ރައިޓްސްއާ ޚިލާފަށް މަސައްކަތް ކުރާ ނުވަތަ އުޅޭ ފަރާތްތައް ބެލުން ވެސް މި އެގްރީމަންޓްގައި ހިމަނާފައި އެބައޮތް. އެހެންވީމާ އަޅުގަނޑުމެން އެބަޖެހޭ އެގްރީމަންޓުގައި އޮތް ގޮތަށް، ރައިޓްސްއާ ޚިލާފަށް ކަންތައްތަކެއް ބަޔަކު ކުރާ ކަމަށް ވާ ނަމަ އެކަން ރިޕޯޓް ކުރަން ވެސް،" ޚަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީއެސްއެމުން ގެންނަ ވޯލްޑް ކަޕް ކަވަރޭޖް، އުރީދޫގެ ނެޓްވޯކްގެ ތެރެއިން ވީހާ ވެސް ގިނަ ބަޔަކަށް އަދި ހައި ކޮލިޓީގައި ގެނެސްދޭނެ ކަމަށެވެ.
ވޯލްޑް ކަޕްގެ ނަމުގައި ހަރަކާތްތައް ނުހިންގަން އެދިއްޖެ
ތުއްޓޭގެ ކެމެރާގެ ފަހަތުގައި ފަސް ތަރީގެ ވާހަކަތައް
ޕީއެސްއެމްގެ އެމްޑީއަކަށް ސައީދު
ޕީއެސްއެމްގެ އެމްޑީ ޒީނާ މަގާމުން އިސްތިއުފާ ދެއްވައިފި
ފަލަސްތީނު ޓެލެތޯނަށް 14 މިލިއަން ރުފިޔާ
9.8 މިލިއަން ރުފިޔާ ހޯދައި ޓެލެތޯން ނިންމާލައިފި
ސިފައިންގެ ފަރާތުން ފަލަސްތީނަށް 2.1 މިލިއަން
ސްޓެލްކޯ އިން ފަލަސްތީނަށް ފަސް ލައްކަ ރުފިޔާ ދީފި
ހަ ގަޑިއިރުން ޓެލެތޯންއަށް 1.8 މިލިއަން ރުފިޔާ
ޕީއެންސީ މެމްބަރުންގެ ފަރާތުން ފަލަސްތީނަށް ދެ ލައްކަ