ކުއާލަ ލަމްޕޫރު (އެޕްރީލް 23) - މެލޭޝިއާގައި ބަޑި ޖަހާ މަރާލި ފަލަސްތީނުގެ އިލްމުވެރިޔާ އަދި އިމާމް ފާދީ މުހައްމަދު އަލް ބަތަޝްގެ މަރުގެ ތުހުމަތު ކުރެވޭ ދެ މީހުން ހުންނާނެ ގޮތަށް ބެލެވޭ ފޮޓޯއެއް މެލޭޝިއާ ފުލުހުން އާއްމުކޮށްފި އެވެ.
23 އެޕްރީލް 2018
ކުއާލަ ލަމްޕޫރު (އެޕްރީލް 23) - މެލޭޝިއާގައި ބަޑި ޖަހާ މަރާލި ފަލަސްތީނުގެ އިލްމުވެރިޔާ އަދި އިމާމް ފާދީ މުހައްމަދު އަލް ބަތަޝްގެ މަރުގެ ތުހުމަތު ކުރެވޭ ދެ މީހުން ހުންނާނެ ގޮތަށް ބެލެވޭ ފޮޓޯއެއް މެލޭޝިއާ ފުލުހުން އާއްމުކޮށްފި އެވެ.
ފަލަސްތީނުގެ ހަމާސް ޖަމާއަތަށް ނިސްބަތްވާ އަލް ބަތަޝް މަރާލާފައި ވަނީ ގޮމްބަކުގައި ހުންނަ އޭނާ ދިރިއުޅޭ އިމާރާތުން ފައިބައިގެން ފަތިސް ނަމާދަށް ދަނިކޮށް، ސައިކަލެއްގައި ދިޔަ ދެ މީހަކު ބަޑިން ހަމަލާ ދީގެންނެވެ. ކުށުގެ ވެށިން ލިބުނު މައުލޫމާތަށް ބަލާ ބަތަޝް އަށް އަމާޒުކޮށް 14 ވަޒަން ޖަހާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި ބައެއް ވަޒަން ފާރަށް އަރާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. ބަތަޝްގެ އާއިލާ އާއި ފަލަސްތީނުން ތުހުމަތު ކުރަނީ ބަތަޝް މަރާލީ އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާދުން ކަމަށެވެ.
ފުލުހުން ބުނީ ބަތަޝްގެ މަރުގެ ތުހުމަތު ކުރެވޭ ދެ މީހުންގެ ފޮޓޯ މިހާރު ވަނީ މެލޭޝިއާ އިން ބޭރުވެވޭ ހުރިހާ ޕޮއިންޓްތަކަކަށް ފޮނުވާ އެތަންތަން ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ.
މެލޭޝިއާގެ ފުލުހުންގެ ވެރިޔާ މުހައްމަދު ފޫޒީ ބިން ހާރޫން ވިދާޅުވީ ތުހުމަތު ކުރެވޭ ދެ މީހުންގެ ފޮޓޯ ކޮމްޕިއުޓަރު މެދުވެރިކޮށް ތައްޔާރުކޮށްފައި ވަނީ މަންޒަރު ފެނުނު މީހުންގެ ފަރާތުން ލިބުނު މައުލޫމާތުގެ އަލީގައި ކަމަށެވެ.
މެލޭޝިއާ އިން ބުނެފައި ވަނީ ބަތަޝް މަރާލި ކަމަށް ބޮޑަށް ތުހުމަތު ކުރެވެނީ ޔޫރަޕް ނުވަތަ މެދުއިރުމަތީގެ ބަޔަކަށް ކަމަށެވެ. އެ މީހުން ދުއްވާފައި ވަނީ ކަޅު ކުލައިގެ ބީއެމްޑަބްލިއު ނުވަތަ ކަވަސާކީ ސަައިކަލެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި ދެ މީހުން ވެސް ތިބީ ބެކްޕެކް އަޅުވައިގެން ކަޅު ކުލައިގެ ޖެކެޓްލައިގެން ހެލްމެޓް އަޅައިގެން ކަމަށް ވެސް ބުނެފައިވެ އެވެ.
މެލޭޝިއާ ފުލުހުންގެ ވެރިޔާ ވިދާޅުވީ ބައެއް ވަޒަންތައް މިހާރު ވަނީ އިތުރު ތަހުލީލަށް ފުލުހުންގެ ފޮރެންސިކަށް ނަގާފައިވާ ކަމަށެވެ. އެއީ ބޭނުންކުރީ ކޮން ބާވަތެއްގެ ހަތިޔާރެއްތޯ ބެލުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ބަތަޝްގެ އޮޓޮޕްސީ އިއްޔެ ވަނީ ހަދައިފަ އެވެ. ރިޕޯޓް ދައްކާފައި ވަނީ އޭނާ މަރުވެފައި ވަނީ ބޮލަށާއި ހަށިގަނޑުގެ އެހެން ތަންތަނަށް ލިބުނު ޒަޚަމްތަކުގެ ސަބަބުން ކަމަށެވެ.
މެލޭޝިއާގެ ބޮޑު ވަޒީރުގެ ނައިބް އަހުމަދު ޒާހިދު ހާމިދީ ވިދާޅުވީ ބަތަޝް މަރާލުމުގައި ބޭރުގެ ޖާސޫސީ އިދާރާއަކާ ގުޅުން އޮންނަ ޔޫރަޕުގެ ބަޔަކަށް ތުހުމަތު ކުރެވޭ ކަމަށެވެ.
ބޮއިކޮޓްކުރަން ގޮވާލުމުން މެކްޑޮނަލްޑްސްއިން ދައުވާކޮށްފި
ފަލަސްތީނުގެ އިމާމް މަރާލުމުގައި ބޭރުގެ އަތެއްވޭ: މެލޭޝިއާ
ފަލަސްތީނުގެ އިމާމުގެ މަރާ ގުޅުމެއް ނެތް: އިޒްރޭލް
ފަލަސްތީނުގެ އިމާމަކު މެލޭޝިއާގައި މަރާލައިފި
މިތިބީ ރޮހިންޖާ އާއި ފަލަސްތީނާ އެކުގައި: ނަޖީބު
އިޒްރޭލާ ދެކޮޅު މުޒާހަރާގެ ލީޑަރު އެމެރިކާއިން ހައްޔަރު
ޣައްޒާއިން ކަރަންޓު ކަނޑާލުމުގެ ނަތީޖާ ގޯސްވާނެ: އދ
ހަމާސްގެ ބައްދަލުވުން ވަރަށް ކާމިޔާބު: އެމެރިކާ
ޣައްޒާއިން ކަރަންޓު ކަނޑާލަން އަންގައިފި
ޣައްޒާ އާރާސްތުކުރުމުގެ ޕްލޭން އޯއައިސީން ބަލައިގެންފި