ލޯފަން މީހުންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) އަށް ދިރާގުން ދޭ ހާއްސަ ޑިޖިޓަލް މުވާސަލާތުގެ ހިދުމަތްތަކެއް ކުރިޔަށް އޮތް އަހަރަށް ވެސް ދޭން ނިންމައިފި އެވެ.
ލޯފަން މީހުންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) އަށް ދިރާގުން ދޭ ހާއްސަ ޑިޖިޓަލް މުވާސަލާތުގެ ހިދުމަތްތަކެއް ކުރިޔަށް އޮތް އަހަރަށް ވެސް ދޭން ނިންމައިފި އެވެ.
ދިރާގުން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން އެ ޖަމިއްޔާ އަށް ހިލޭ ހިދުމަތް ދެމުންނެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދޭ ކުންފުނިން ބުނީ އެ ހިދުމަތަކީ ދިރާގުން އެ ޖަމިއްޔާ އަށް ހާއްސަކޮށްގެން ޑިޒައިން ކޮށްފައިވާ ހިދުމަތްތަކެއް ކަމަށެވެ. އަދި އެ ހިދުމަތް މެދުވެރިކޮށް ބީވީއައިއެސްއެމްގެ މެންބަރުންނަށް ހިލޭ ފޯން މީޓިންގެ ހިދުމަތް ދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ޖަމިއްޔާއާ ހަވާލާދީ ދިރާގުން ބުނީ އެހެން އިޖްތިމާއީ ޖަމިއްޔާތައް ހިންގުމުގައި މެދުވެރިނުވާ ގިނަ ގޮންޖެހުންތައް ބީވީއައިއެސްއެމް އަށް ދިމާވާ ކަމަށެވެ.
"ޖަލްސާ ބާއްވާލަން ނުވަތަ އެންމެން އެއް ތަނަކަށް އެއްކޮށްގެން މަޝްވަރާ ކުރުމަކީ އެހާ ފަސޭހަކަމެއް ނޫން. ދިރާގުން މި ފޯރުކޮށްދޭ ހިދުމަތަކީ އެ ގޮތަށް ޖަލްސާތަކާއި ބައްދަލުވުންތައް ފަސޭހަ އިން ބާއްވާލެވޭ ގޮތަށް ގާއިމުކުރެވޭ ހާއްސަ ޑިޖިޓަލް ސްޕޭސްއެކެވެ،" ދިރާގުން ބުންޏެވެ.
ދިރާގުން ދަނީ ލޯފަން ކުދިންގެ ޖަމިއްޔާއަށް 2016 ވަނަ އަހަރުން ފެށިގެން އެހީތެރިވަމުން.
އެ ކުންފުނިން ބުނީ އެ ހިދުމަތް މެދުވެރިކޮށް ޖަމިއްޔާގެ މެންބަރުން ޖަމިއްޔާގެ ޖަލްސާތައް ބޭއްވުމަށް ފަސޭހަވެ، މެންބަރުންގެ މެދުގައި އެކުވެރިކަމާއި ރަހްމަތްތެރިކަން ބަދަހިކުރަން ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށެވެ. އަދި އެ ޖަމިއްޔާގެ 200 އަށް ވުރެ ގިނަ މެމްބަރުންނަށް ބައްދަލުވުންތަކާއި ޖަލްސާތައް އެއް މާލަމެއްގައި ބައްދަލުވުމުގެ ދަތިކަން ދިމާވާއިރު ހުރިހާ މެމްބަރުން އެއް ތަނެއްގައި ނެތް ނަމަވެސް މަޝްވަރާ ކުރުމަށް އިތުރު ފަސޭހަތަކެއް އެ ހިދުމަތުގެ ސަބަބުން ލިބޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.
"މީގެ އިތުރުން ގުރުއާން ކިޔަވައިދިނުމާއި ދީނީ ނަސޭހަތް ދިނުން ފަދަ ޖަމިއްޔާގެ މެންބަރުންގެ މެދުގައި ހިންގޭ ތަފާތު ތަމްރީނު ޕްރޮގްރާމްތައް ވެސް ކުރިއަށް ގެންދަނީ މި ހިދުމަތް މެދުވެރިކޮށެވެ. ވޭތުވެދިޔަ އަހަރު ބީވީއައިއެސްއެމް އިން ވަނީ މި ހިދުމަތުގެ ބޭނުންކޮށްގެން ހިސާބު، ލެޓިން އަދި ގުރުއާން ފަދަ ކްލާސްތައް ކުރިއަށް ގެންގޮސްފަ އެވެ." އެ ކުންފުނިން ބުންޏެވެ.
ދިރާގުން ބުނީ އެހެންވެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ލޯފަން ކުދިންނަށް އެފަދަ ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު އެ ހިދުމަތުގެ ސަބަބުން މަގުފަހިވެފައިވާ ކަމަށެވެ. އަދި ދިރާގުން ހިލޭ އެ ހިދުމަތް ދިނުމުން ރާއްޖޭގައި ލޯފަން މީހުންގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތައް ބާރުވެރިކުރުވައި، އެފަދަ ފަރާތްތަކަށް ހިތްވަރުދީ މުޖުތަމައަށް ނެރުމަށް ކުރެވޭ މަސައްކަތްތަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
"ދިރާގުގެ އަމާޒަކީ މުސްތަޤްބަލުގައި ވެސް މިފަދަ އިޖްތިމާއީ ކަންކަމުގައި ބައިވެރިވެ ވީހާ ބޮޑަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ." ދިރާގުން ބުންޏެވެ.
ދިރާގު "ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް" ހޯމަ ދުވަހު
މިއަދު ހަވީރު މާލޭގައި ދިރާގު ގުޑި ފެސްޓް ބާއްވަނީ
ރާއްޖޭގެ އެންމެ ހަލުވި 5ޖީ ނެޓްވޯކުގެ އެވޯޑު ދިރާގަށް
ދިރާގާއެކު ކަރާ ފަޅައިގެން ސްވިޓްޒަލޭންޑް ދަތުރެއް
މިޝާގެ ރޯދަ ޗެލެންޖާއެކު ދިރާގުން ރޯދަ އޮފާތަކެއް
އާ ފީޗާތަކާއެކު "ދިރާގު ޕޭ" ޕްލެޓްފޯމް ތައާރަފްކޮށްފި
ދިރާގުން ޓިއާ-4 ޑޭޓާ ސެންޓަރު ހުޅުވައިފި
ދިރާގު ހިއްސާގެ ފައިދާއަށް 661 މިލިއަން ބަހަނީ
ދިރާގުން ސެމްސަންގް ގެލެކްސީ އެސް25 ސީރީޒް ނެރެފި
ޓްރީ ޓޮޕްގެ އެސްތެޓިކް ހިދުމަތްތަކުން ޑިސްކައުންޓު ދެނީ