05 މެއި 2018
ފެޝަން ކަލެކްޝަންގެ ނަމުގައި ދިވެހި ފެޝަން ޑިޒައިނަރުންނާއި ފެހުންތެރިންގެ އުފެއްދުންތައް ވިއްކަން ޚާއްސަ ފިހާރައެއް ހުޅުވައިފި އެވެ.
ފެޝަން ކަލެކްޝަންގެ ނަމުގައި ދިވެހި ފެޝަން ޑިޒައިނަރުންނާއި ފެހުންތެރިންގެ އުފެއްދުންތައް ވިއްކަން ޚާއްސަ ފިހާރައެއް ހުޅުވައިފި އެވެ.
ދަރުބާރުގެ ކުރިމަތިން އޮންނަ ޖަނަވަރީ ހިނގުމުގައި ހުޅުވި ފިހާރަ އިން ބުނީ އެ ތަނުން ވިއްކާނީ އަންހެނުންގެ ހެދުމާއި، ޒީނަތްތެރިވުމަށް ބޭނުންކުރާ ސާމާނު ކަމަށެވެ. އަދި އެ ފިހާރަ ޚާއްސަވާނީ ދިވެހިން ތައްޔާރުކުރާ އުފެއްދުންތައް ވިއްކުމަށް ކަމަށް ބުންޏެވެ.
އެތަނުގައި އަންހެނުންނަށް ޚާއްސަ ގިނަ އަދަދެއްގެ ސާމާނުތައް އެބަހުއްޓެވެ.
ފެޝަން ކަލެކްޝަން ހުޅުވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.
އިއްޔެ ރޭ ބޭއްވި ކުލަގަދަ ހަފުލާއެއްގައި ހުޅުވި ފެޝަން ކަލެކްޝަން އިން ފުރަތަމަ ވިއްކާ ކަލެކްޝަންގައި ހުންނާނީ މަޝްހޫރު ފެޝަން ޑިޒައިނާ އަދި ފެހުންތެރިޔާ ސުއިޒާ (ސުއި)ގެ އުފެއްދުންތައް ކަމަށް އެ ފިހާރަ އިން ބުންޏެވެ.
އެ ފިހާރަ އިން ބުނީ ސުއިގެ ކަލެކްޝަނަކީ އޭނާގެ ކަސްޓަމަރުން ވަރަށް އިންތިޒާރުކުރި ފަދަ ހެދުންތަކެއް ކަމަށެވެ.
އިލާލާ އަށް "ޓީބީވައި"ގެ އާ ސްޓޮކެއް
އަނެއްކާ ވެސް "ކައުރީ" ބްރޭންޑުގެ އާ ޑިޒައިންތަކެއް
އިލާލާއަށް އެކި ބްރޭންޑުތަކުން އާ ސްޓޮކް
ކްލެސިކަށް ޖީ2000 ގެ އާ ކަލެކްޝަންތަކެއް
"ކްލެސިކް އޮނާސް" ލޯޔަލްޓީ ކާޑު ތައާރަފުކޮށްފި
ބޮޑު ޑިސްކައުންޓަކާ އެކު އިލާލާގެ ޕްރޮމޯޝަން މާދަމާ
ޖިއަޑާނޯގެ ރީ-ސްޓޮކާ އެކު ކްލެސިކުގައި ސޭލެއް
"ޑިޒައިނާ ރަޒީ" އިން މިހާރު ލަގްޒަރީ ފޮތި ލިބޭނެ
ލޯގޯ މައްސަލާގައި ޝެނަލްއަށް ވާވޭ ބައްޔެއް ނުކުރެވުނު
މަޝްހޫރު "މެންގޯ" ބްރޭންޑު ރާއްޖެ އަށް