Roadha Mihaaru
އިންޑިވިޖުއަލް ކުޅިވަރުގެ އެވޯޑް ސާއިދާއި ނަބާހާ އަށް

އިންޑިވިޖުއަލް ކުޅިވަރުގެ އެވޯޑް ސާއިދާއި ނަބާހާ އަށް

06 މެއި 2018

މިހާރު އެވޯޑްސްގައި ހޮވި މިދިޔަ އަހަރު ރާއްޖޭގެ އެންމެ މޮޅު ފިރިހެން އިންޑިވިޖުއަލް ކުޅިވަރު ކުޅުންތެރިޔާގެ އެވޯޑް މަޝްހޫރު ދުވުންތެރިޔާ ހަސަން ސާއިދު އަދި އެންމެ މޮޅު އަންހެން އިންޑިވިޖުއަލް ކުޅިވަރު ކުޅުންތެރިޔާގެ އެވޯޑް ބެޑްމިންޓަން ތަރި ފާތިމަތު ނަބާހާ ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މިހާރު އެވޯޑްސްގައި ހޮވި މިދިޔަ އަހަރު ރާއްޖޭގެ އެންމެ މޮޅު ފިރިހެން އިންޑިވިޖުއަލް ކުޅިވަރު ކުޅުންތެރިޔާގެ އެވޯޑް މަޝްހޫރު ދުވުންތެރިޔާ ހަސަން ސާއިދު އަދި އެންމެ މޮޅު އަންހެން އިންޑިވިޖުއަލް ކުޅިވަރު ކުޅުންތެރިޔާގެ އެވޯޑް ބެޑްމިންޓަން ތަރި ފާތިމަތު ނަބާހާ ހޯދައިފި އެވެ.

އެންމެ މޮޅު އިންޑިވިޖުއަލް ކުޅިވަރު ކުޅުންތެރިން ހޮވަނީ ބެޑްމިންޓަން، ޓީޓީ، އެތުލެޓިކްސް އަދި ސްވިމިން އެއްކޮށްލައިގެންނެވެ. މިއީ ރާއްޖޭގައި އިންޑިވިޖުއަލް ކެޓަގަރީ ހަށް އެވޯޑް ދިން ފުރަތަމަ ފަހަރެވެ.

ޕެރެޑައިސް އައިލެންޑް ރިޒޯޓުގައި ރޭ ބޭއްވި އެވޯޑް ހަފުލާގައި ސާއިދުގެ ފަހަތުން އެންމެ މޮޅު ފިރިހެން ދެ ވަނަ އިންޑިވިޖުއަލް ކުޅުންތެރިޔާގެ މަގާމް ހާސިލްކުރީ ބެޑްމިންޓަގައި ވިދަމުން އަންނަ ހުސެއިން ޒަޔާން ޝަހީދު ޒަކީ އެވެ. ތިން ވަނަ އަކީ މެދު ރާސްތާ ދުވުމުގައި ފާހަގަކުރެވޭ ޒައިދު ޝަރީފެވެ.

އެންމެ މޮޅު ދެ ވަނަ އިންޑިވިޖުއަލް ފިރިހެން ކުޅިވަރު ކުޅުންތެރިޔާ ޒަޔާން ޒަކީ (ވ) އަށް އިމާދު ލަތީފް އިނާމް ދެއްވަނީ. --ފޮޓޯ: އިމޭޖަސް އެމްވީ

އެންމެ މޮޅު ދެ ވަނަ އިންޑިވިޖުއަލް ފިރިހެން ކުޅިވަރު ކުޅުންތެރިޔާ ޒަޔާން ޒަކީ (ވ) އަށް އިމާދު ލަތީފް އިނާމް ދެއްވަނީ. --ފޮޓޯ: އިމޭޖަސް އެމްވީ

މި ތިން ކުޅުންތެރިންނަށް ޓްރޮފީ ހަވާލުކޮށްދެއްވީ އެވޯޑްސްގެ މީޑިއާ ޕާޓްނަރު ކަމަށްވާ ވީމީޑިއާގެ ނިއުސް އެންޑް ކަރެންޓް އެފެއާޒުގެ ޑިރެކްޓަރު ޖެނެރަލް އަދި ކުރީގެ ނޫސްވެރިޔާ އިމާދު ލަތީފެވެ.

އެންމެ އުއްމީދީ ފިރިހެން އިންޑިވިޖުއަލް ކުޅުންތެރިޔާގެ މަގާމް ހާސިލްކުރީ މުބާލް އައްޒާމް އިބްރާހިމެވެ. އޭނާ އެވޯޑް ހޯދީ ދުވުންތެރިޔާ މުނާޒް އަލީ އާއި ބެޑްމިންޓަން ކުޅުންތެރިޔާ މުހައްމަދު އަރުސަލާންއާ ވާދަކޮށްގެންނެވެ. މި ވަގުތު ތަމްރީން ހެދުމަށް މުބާލް ރާއްޖޭން ބޭރުގައި ހުރުމުން ބަދަލުގައި އެވޯޑާ ހަވާލުވީ އޭނާގެ ބައްޕަ އެވެ. އެވޯޑް ދެއްވީ މަޝްހޫރު ބާސްކެޓްބޯޅަ ކުޅުންތެރިޔާ އައިމިނަތު ޝިއުރާ އެވެ.

އެންމެ މޮޅު ތިން ވަނަ އިންޑިވިޖުއަލް ފިރިހެން ކުޅިވަރު ކުޅުންތެރިޔާ ޒައިދު (ވ) އަށް އިމާދު ލަތީފް އިނާމް ދެއްވަނީ. --ފޮޓޯ: އިމޭޖަސް އެމްވީ

އެންމެ މޮޅު ތިން ވަނަ އިންޑިވިޖުއަލް ފިރިހެން ކުޅިވަރު ކުޅުންތެރިޔާ ޒައިދު (ވ) އަށް އިމާދު ލަތީފް އިނާމް ދެއްވަނީ. --ފޮޓޯ: އިމޭޖަސް އެމްވީ

އެންމެ މޮޅު އަންހެން އިންޑިވިޖުއަލް ކުޅިވަރު ކުޅުންތެރިޔާގެ މަގާމް ނަބާހާ ހާސިލްކުރިއިރު ދެ ވަނަ ކުޅުންތެރިޔަކީ ފެތުންތެރިޔާ އައިމިނަތު ސަޖަން އެވެ. ތިން ވަނަ އަށް ވަނީ ދެ ކުޅުންތެރިޔަކު ހޮވިފަ އެވެ. އެއީ ބެޑްމިންޓަން ކުޅުންތެރިޔާ އައިމިނަތު ނަބީހާ އަދި ފެތުންތެރިޔާ އައިޝަތު ސާޖިނާ އެވެ.

އެންމެ މޮޅު އިންޑިވިޖުއަލް އަންހެން ކުޅިވަރު ކުޅުންތެރިޔާ އަށް ޓްރޮފީ ދެއްވީ އެވޯޑްސްގެ އެޑްޓަވައިޓިން ޕާޓްނަރު ތިންކް އެޑްވަޓައިޒިންގެ ސީއީއޯ އަދީލް އިސްމާއިލް އެވެ.

އެންމެ މޮޅު އަންހެން އިންޑިވިޖުއަލް ކުޅުންތެރިޔާގެ މަގާމް ހޯދި ނަބާހާ (ކ) އަދި އެންމެ އުއްމީދީ އަންހެން އިންޑިވިޖުއަލް ކުޅުންތެރިޔާގެ މަގާމް ހޯދި އޭނާއާ އެއްމާބަނޑު ނަބީހާ. --ފޮޓޯ: އިމޭޖަސް އެމްވީ

އެންމެ މޮޅު އަންހެން އިންޑިވިޖުއަލް ކުޅުންތެރިޔާގެ މަގާމް ހޯދި ނަބާހާ (ކ) އަދި އެންމެ އުއްމީދީ އަންހެން އިންޑިވިޖުއަލް ކުޅުންތެރިޔާގެ މަގާމް ހޯދި އޭނާއާ އެއްމާބަނޑު ނަބީހާ. --ފޮޓޯ: އިމޭޖަސް އެމްވީ

މިދިޔަ އަހަރުގެ އެންމެ އުއްމީދީ އަންހެން އިންޑިވިޖުއަލް ކުޅިވަރު ކުޅުންތެރިޔަކަށް ހޮވުނީ ނަބީހާ އެވެ. މި މަގާމަށް ދެން ވާދަކުރީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ އައިޝަތު ރަފާ ނާޒިމެވެ. ރޭގެ ހަފުލާގައި ނަބީހާ އަށް އެވޯޑް ދެއްވީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު ޖޭންލީ އެވެ.

މިދިޔަ އަހަރުގެ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުން ފައިނަލަށް ގޮސް، އޭޝިއާގެ ހަތަރު ވަނަ ދުވުންތެރިޔާގެ ޝަރަފް ސާއިދު ހޯދާފައިވާތީ އެކަމުގެ އަގުވަޒަންކޮށް އޭނާ އަށް ރޭ ވަނީ ހަނދާނީ ފިލައެއް ދީފަ އެވެ. ފިލާ ދެއްވީ މިހާރު އެވޯޑްސްގެ ޖަޖް ކޮމިޓީގެ ޗެއާމަން ހުސެއިން މުހައްމަދެވެ.

އެންމެ މޮޅު އަންހެން ތިން ވަނަ އިންޑިވިޖުއަލް ކުޅިވަރު ކުޅުންތެރިޔާ ސާޖިނާ (ވ) އަށް އަދީލް އެވޯޑް ދެއްވަނީ. --ފޮޓޯ: އިމޭޖަސް އެމްވީ

އެންމެ މޮޅު އަންހެން ތިން ވަނަ އިންޑިވިޖުއަލް ކުޅިވަރު ކުޅުންތެރިޔާ ސާޖިނާ (ވ) އަށް އަދީލް އެވޯޑް ދެއްވަނީ. --ފޮޓޯ: އިމޭޖަސް އެމްވީ