21 މެއި 2018
ސްޓްރޯކެއް ޖެހިގެން، ސްރީ ލަންކާގައި ފަރުވާ ދެމުން އަންނަ ދީނީ އިލްމުވެރިޔާ، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.އަބްދުލް މަޖީދު އަބްދުލްބާރީގެ ހާލަތަށް ބަދަލެއް ނާންނަ ކަމަށް އޭނާގެ ގާތް ބައެއް ބޭފުޅުން މިއަދު ވިދާޅުވެއްޖެ އެވެ.
ސްޓްރޯކެއް ޖެހިގެން، ސްރީ ލަންކާގައި ފަރުވާ ދެމުން އަންނަ ދީނީ އިލްމުވެރިޔާ، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.އަބްދުލް މަޖީދު އަބްދުލްބާރީގެ ހާލަތަށް ބަދަލެއް ނާންނަ ކަމަށް އޭނާގެ ގާތް ބައެއް ބޭފުޅުން މިއަދު ވިދާޅުވެއްޖެ އެވެ.
ލޭ މައްޗަށް ދިއުމުގެ މައްސަލަ ހުންނަ މަޖީދަށް މިދިޔަ ހުކުރު ދުވަހު ސްޓްރޯކެއް ޖެހިގެން ފަރުވާ ދެމުން އަންނަނީ ލަންކާ ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ. ވެންޓިލޭޓަރުގައި އޮތް މަޖީދުގެ ހާލު ވަރަށް ސީރިއަސް އެވެ.
ބައްދަލުވުމަކަށް ސްރީ ލަންކާ އަށް ވަޑައިގެން އުޅުއްވަނިކޮށް، ޖެހުނު ސްޓްރޯކާ ގުޅިގެން އޮޕަރޭޝަންތަކެއް ވެސް ވަނީ ކޮށްފަ އެވެ. އެކަމަކު އެ އޮޕަރޭޝަންތަކުން ވެސް މާބޮޑު އެދެވޭ އަސަރެއް ނުކުރި ކަމަށް މަޖީދުގެ ގާތް ބައެއް ބޭފުޅުން ވިދާޅުވި އެވެ.
މަޖީދުގެ އާއިލާގެ ގިނަ ބަޔަކު މިހާރު ތިބީ ލަންކާގަ އެވެ. އާއިލާގެ އެދުމަކީ މަޖީދަށް ހެޔޮދުއާ ކޮށްދިނުމެވެ.
އެމްޑީޕީ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުކަން 2008-2012 އަށް ކުރެއްވުމަށް ފަހު، އެ މަގާމުން ވަކިވެވަޑައިގެން، ގައުމީ ޔުނިވާސިޓީގައި ލެކްޗަރާއެއްގެ ގޮތުގައި މަޖީދު މަސައްކަތް ކުރެއްވި އެވެ. އަދި ދީނީ އެކި ކަންކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށް މައުލޫމާތު ވެސް ފެތުރެއްވި އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އުފެއްދި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ރައީސްކަން ވެސް ކުރެއްވި މަޖީދަކީ ތަފްސީރު އިލްމުން ޕީއެޗްޑީ ނަންގަވާފައިވާ ހަމައެކަނި ދިވެހި ބޭފުޅާ އެވެ.
ޑރ. މަޖީދުގެ ހާލު ވަރަށް ސީރިއަސް
ލަންކާ ހޮސްޕިޓަލްގެ ފާހާނާ ތެރޭން ބޮމެއް ފެނިއްޖެ
ޑރ. މަޖީދުގެ ޖަނާޒާ ލަންކާގައި ބާއްވައިފި
ޑރ. މަޖީދުގެ ޖަނާޒާ މާދަމާ ލަންކާގައި ބާއްވަނީ
މަޖީދު: ގެއްލިގެން ދިޔައީ އަގު ބޮޑު ޝަހުސިއްޔަތެއް
ޑރ. މަޖީދު އަވަހާރަވެއްޖެ
ޑރ. މަޖީދުގެ ހާލު މިހާރު ސްޓޭބަލް: އާއިލާ
ލަންކާގައި އެކްސިޑެންޓްވެ ދިވެހި ފުލުހަކު އައިސީޔޫގައި
މަޖީދު ފުލުހަށް ހާޒިރުކުރީ ލަންކާ ޑޮލަރު މައްސަލައިގައި
މަޖީދު ފުލުސް އޮފީހަށް ހާޒިރުވާން ޗިޓް ފޮނުވައިފި