26 ޖޫން 2018
ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ބ. ފެހެންދޫ ޓީމަށް މި މުބާރާތުގައި ވެސް އިރުޝާދުދޭނީ އެ ޓީމުގެ ކޯޗަކަށް ހުރީ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އިސްމާއިލް އަނިލް އެެވެ. ފުރަތަމަ ޑިވިޝަންގެ ތަޖުރިބާ ބޮޑު އަނިލް ވަނީ މިހާތަނަށް ވެސް އެ ޓީމުގައި ކާމިޔާބު މަސައްކަތެއް ކޮށްފަ އެވެ.
ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ބ. ފެހެންދޫ ޓީމަށް މި މުބާރާތުގައި ވެސް އިރުޝާދުދޭނީ އެ ޓީމުގެ ކޯޗަކަށް ހުރީ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އިސްމާއިލް އަނިލް އެެވެ. ފުރަތަމަ ޑިވިޝަންގެ ތަޖުރިބާ ބޮޑު އަނިލް ވަނީ މިހާތަނަށް ވެސް އެ ޓީމުގައި ކާމިޔާބު މަސައްކަތެއް ކޮށްފަ އެވެ.
އަނިލް ވަނީ މީގެ ކުރިން ނިއު ރޭޑިއަންޓަށް ކޯޗުކޮށްދީފަ އެވެ. ނިއުގެ އެންމެ ވާދަވެރި ކްލަބް ވިކްޓަރީގައި ކުޅުންތެރިއެއްގެ ގޮތުގައި ކެޕްޓަން ބޭންޑް ވެސް އަޅައިގެން ގިނަ ކާމިޔާބީތަކެއް ހޯދި އަނިލް އަށް ކޯޗިންގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ އަދި ލިބިފައިވަނީ ނިއުގަ އެވެ. ނިއު އިން 2014 ވަނަ އަހަރު ގައުމީ މުބާރާތް މިލްކުކުރިއިރު، ކޯޗިން ޓީމުގައި އަނިލް ވެސް ހުއްޓެވެ. އަދި 2015 ވަނަ އަހަރު ކުޅުނު ޕީޕަލްސް ކަޕްގައި ވެސް އަނިލް ވަނީ ނިއުގައި މަސައްކަތްކޮށްފަ އެވެ.
ދިވެހި ޕްރިމިއާ ލީގަށް ފެހެންދު އިން ވެސް ވަނީ ކުޅުންތެރިންތަކެއް ގެނެސްފަ އެވެ. އެ ގޮތުން އެ ޓީމުން ވަނީ މި ސީޒަނުގައި މާޒިޔާ އިން ފެނުނު އަހުމަދު ނިޒާމް (ނިޒާމްބެ) ގެ ސޮއި ހޯދައިފަ އެވެ. ކުރިން އީގަލްސް އާއި ވީބީ އަދި ޓީސީ އަށް ވެސް ކުޅުނު ނިޒާމްބެ އަކީ ފެހެންދު އަށް ނިސްބަތްވާ ކުޅުންތެރިއެކެވެ. އޭގެ އިތުރުން ފެެހެންދު އިން ވަނީ ކުރިން ޓީސީ އާއި މާޅޮހަށް ކުޅުނު އަލީ ހާފިޒް (އައްޔަ)ގެ އިތުރުން މި ފަހަރުގެ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ދަ ގޭންގަށް ކުޅުނު ހުސައިން ޝަރީފް (އޮންލީ) ވެސް ގެނެސްފަ އެވެ.
އޭގެ އިތުރުން ފޯކައިދޫ އަށް މިނިވަން ޗެމްޕިއަންޝިޕްގައި ކުޅުނު ބިދޭސީ ޑިފެންޑަރެއް ވެސް ފެހެންދު އިން ވަނީ ގެނެސްފަ އެވެ.
މާޒިޔާ މެޗެއްގެ ތެރެއިން ނިޒާމް (ކ). ޕްރިމިއާ ލީގުގައި އޭނާ ފެންނާނީ ފެހެންދޫ ޓީމުން. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ފެހެންދޫ ޓީމުގެ މެނޭޖަރު މޫސާ ނަސީމް ބުނީ އެ ޓީމަށް މި މުބާާރާތަށް އެންމެ ފުރިހަމަ އަށް ތައްޔާރު ނުވެވުނު ކަމުގައި ވިޔަސް ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
"އެނގޭ މިއީ މުޅިން ތަފާތު ލެވެލެއްކަން ވެސް. ފެހެންދޫ އަކީ ވަރަށް ކުޑަ އާބާދީއެއް އޮތް ރަށެއް. އެކަމަކު މި ޓީމުގައި އެބަތިބި ބ.އަތޮޅުގެ އެހެން ރަށްތަކުގެ ކުޅުންތެރިން ވެސް. ދެން އެހެން ކުޅުންތެރިން ވެސް ހިމަަނައިގެން ޓީމު މިއޮތީ. އުއްމީދުކުރަނީ ސަޕްރައިޒް ނަތީޖާތަކެއް ނެރެވޭނެކަމަށް،" މޫސަ ބުންޏެވެ.
އޭނާ ބުނީ ފެހެންދު ޓީމު ވެސް މާލެ އަންނާނީ މެޗު ކުޅެން ކަމަށާއި ފަރިތަކުރުންތައް އަދި އެންމެ ފުރިހަމަ އަށް ކުރިއަށް ނުގެންދެވޭ ކަމަށެވެ. އެކަމަކު ލިބޭ ހުރިހާ ވަގުތެއްގެ ބޭނުން އެންމެ ފުރިހަމަ އަށް ބޭނުން ހިފަން މަސައްކަތްކުރާ ކަމަށް ވަނީ ބުނެފަ އެވެ.
ފެހެންދު ހިމެނޭ ބ. އަތޮޅަކީ އެކި ކުޅިވަރުތަކަށް މަޝްހޫރު އަތޮޅެކެވެ. މި ފަހަރު މިނިވަން ޗެމްޕިއަންޝިޕްގައި ވެސް ފެހެންދު ޓީމަށް ވަނީ ބ. އަ-ތޮޅުގެ އެހެން ރަށްތަކުގެ ކުޅުންތެރިން ކުޅެފަ އެވެ. ޕްރިމިއާ ލީގުގައި ވާދަކުރާއިރު ވެސް އޭގެ ތެރެއިން ގިނަ ކުޅުންތެރިން ފެންނާނެ ކަމަށް އެ ޓީމުން ބުނެ އެވެ.
ޕްރިމިއާ ލީގުގައި ފެހެންދު ކުޅޭ ފުރަތަަމަ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެރޭގަ އެވެ.
ފެހެންދޫ އަތުން ނިލަންދޫ އަށް މުހިއްމު މޮޅެއް
ތިމަރަފުށްޓާއި ފެެހެންދޫ ޕްރިމިއާ ލީގުން ޖާގަ ހޯދައިފި
ދިވެހި ލީގު: މާލެ 10، އަތޮޅުތައް 0
ރެލިގޭޝަނަކާ ނުލައި ޕްރޮމޯޓް ކުރުން ގަވާއިދާ ހިލާފު
މިލޯ ހުންނާނެތަ؟ މޯހަން މަޑުކުރާނެތަ؟ ނޭނގެ!
ރެކޯޑްތަކަކަށް މޯހަން ނުވިސްނާ؛ މިއަދަށް ތައްޔާރު!
ދިވެހި ލީގުގައި 100 ލަނޑު ހަމަކޮށް ރިޒޭއަށް ރެކޯޑް
މާޒިޔާ އިން ޓީސީ ބަލިކޮށް، ފަހު މެޗު ގަދަ ހިފުމަކަށް
ދަނޑުގެ ލައިޓްތަކުގެ މައްސަލަ ޖެހޭތީ މެޗުތައް ހަވީރަށް
"ހިލޭ" ކުރި މަސައްކަތް އެހެން މުވައްޒަފަކަށް ހިލޭ