03 ޖުލައި 2018
ދުނިޔޭގެ 150 އަށް ވުރެ ގިނަ ގައުމުގައި ބާއްވަމުން އަންނަ މަޝްހޫރު ހެކަތޯން "އޭންޖަލް ހެކް" ރާއްޖެ އަށް ތައާޔަފްކޮށްފި އެވެ.
ދުނިޔޭގެ 150 އަށް ވުރެ ގިނަ ގައުމުގައި ބާއްވަމުން އަންނަ މަޝްހޫރު ހެކަތޯން "އޭންޖަލް ހެކް" ރާއްޖެ އަށް ތައާޔަފްކޮށްފި އެވެ.
ދިރާގު ހެޑް އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ހެކަތޯން ރާއްޖެ އަށް ތައާރަފް ކޮށްދެއްވީ ދިރާގުގެ އެކްޓިން ޗީފް މާކެޓިން އޮފިސަރު އަހުމަދު މައުމޫން އަދި އެ ހެކަތޯން ރާއްޖެ އަށް ގެނައި ސަޕާކްހަބްގެ މެނޭޖިން ޕާޓްނަރު އަލީ ހާރިޝް އެވެ.
މިރޭގެ ރަސްމިއްޔާތުގައި މައުމޫން ވާހަކަ ދައްކަވަނީ.-- ފޮޓޯ: މިހާރު
އެ ރަސްމިއްޔާތުގައި މައުމޫނު ވިދާޅުވީ، މި ހެކަތޯނަކީ ކޯޑު ކުރުމުގެ އިތުރުން ވަރަށް ގިނަ ދާއިރާތަކުގެ މީހުންނަށް ބައިވެރިވެވޭނެ ހަރަކާތެއް ކަމަށެވެ. އަދި ޓެކްނޮލޮޖީ ކުރިއަރަމުން އަންނަ އިރު، ރާއްޖޭގައި ވެސް ވަރަށް ވަރުގަދަ ކޯޑަރުންނާއި، ޑިޒައިނަރުން އުފެދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ޕްލެޓްފޯމް މެދުވެރިކޮށް އަޅުގަނޑުމެންގެ ޒުވާން ހުނަރުވެރިންގެ އީޖާދުތަކާއި އުފެއްދުންތައް ބޭރަށް އެކްސްޕޯޒް ކުރެވޭނެ،" މައުމޫނު ވިދާޅުވި އެވެ.
މިރޭގެ ރަސްމިއްޔާތުގައި ހާރިޝް ވާހަކަ ދައްކަވަނީ.-- ފޮޓޯ: މިހާރު
މި ހެކަތޯން ރާއްޖޭގައި ބާއްވާނީ ޖުލައި 21-22 އަށެވެ. ހާރިޝް ވިދާޅުވީ އެ ހެކަތޯނުން އެއްވަނަ އަށް ހޮވޭ އުފެއްދުން، އެމެރިކާގެ ސެންފްރެންސިސްކޯގައި ބާއްވާ ގްލޯބަލް ޑިމޯޑޭގައި ދައްކާލައި، ދުނިޔެ އަށް ތައާރަފް ކުރުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށެވެ.
"ހަމައެކަނި ޑިވެލޮޕަރުންނެއް ނޫން، ކްރިއޭޓިވްސް އަށް އަދި ސްޓާޓަޕްތަކާއި، އެންޓަޕްރިނިއަރުންނަށް ވެސް މީގައި ބައިވެރިވެވޭނެ،" ހާރިސް ވިދާޅުވި އެވެ.
ދިރާގަކީ މި ހެކަތޯންގެ މެއިން ސްޕޮންސަރެވެ. ހާރިސް ވިދާޅުވީ ކުރިއަށް ރޭވިފައި ހުރި މިފަދަ ގިނަ ހަރަކާތްތަކުގައި ވެސް ދިރާގުން ބައިވެރިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ދިރާގުން ދޭ ޓެސްލާ ހޯދުމުގެ ފަހު ފުރުސަތު
ދިރާގު ޕްރޮމޯޝަނުގައި ދޭ ޓެސްލާ ކާރު ގެނެސްފި
އާ އަހަރަށް ދިރާގުގެ އާ އޮފާތަކެއް
ބްރޯޑްބޭންޑް ކަނެކްޝަނާ އެކު ހިލޭ މައިފައި ޑިވައިސް
ގދ. އަތޮޅު ތައުލީމީ މަރުކަޒަށް ދިރާގުގެ އެހީ
ރާއްޖޭގައި "އަވާ އޮފް ކޯޑް" ބާއްވަނީ
ރޯޑް ރޭހުން ޖަމިއްޔާތަކަށް ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ
ޓެނިސް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކީ ދިރާގު
ދިރާގު ހޯމް ފައިބާ ބްރޯޑްބޭންޑުގެ ޕްރޮމޯޝަނެއް
ދިރާގު ރޯޑު ރޭހުގެ ރަނިންކްލިނިކެއް އެލީޓް ރަނާސްއާއެކު