Roadha Mihaaru
ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ބާރީ ހަމަޖައްސައިފި

ކްރިމިނަލް ކޯޓުގެ އިސްގާޒީ ކަމަށް ބާރީ، ސިވިލް ކޯޓުގެ އިސްގާޒީ ކަމަށް އަބްދުﷲ

04 އޯގަސްޓް 2016

ކްރިމިނަލް ކޯޓުގެ އިސްގާޒީ ކަމަށް އަބްދުލްބާރީ ޔޫސުފް ހަމަޖައްސައި، ސިވިލް ކޯޓުގެ އިސްގާޒީ ކަމަށް އަބްދުﷲ އަލީ ހަމަޖައްސަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީ ކަމަށް އަބްދުލްބާރީ ޔޫސުފް ހަމަޖައްސައި، ސިވިލް ކޯޓުގެ އިސްގާޒީ ކަމަށް އަބްދުﷲ އަލީ ހަމަޖައްސަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

އެ ކޮމިޝަނުން ބުނީ ބާރީ އާއި އަބްދުﷲ އިސްގާޒީ ކަމަށް އައްޔަންކުރަން ނިންމީ އިސްގާޒީން ހަމަޖައްސަން އެކުލަވަައިލި ކޮމެޓީން ކަނޑައަޅާފައިވާ ކްރައިޓީރިއާއިން މާކްސް ދީ އަދި އިންޓަވިއު ކުރުމަށް ފަހު، ކޮމިޝަންގެ މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.

ގާޒީ އަބްދުﷲ: އޭނާ ވެސް މިއަދާ ހަމައަށް ހުންނެވީ ވަގުތީ ގޮތުން ކޯޓު ހިންގުމާ ހަވާލުވެ --ފޮޓޯ/މިހާރު

ގާޒީ އަބްދުﷲ: އޭނާ ވެސް މިއަދާ ހަމައަށް ހުންނެވީ ވަގުތީ ގޮތުން ކޯޓު ހިންގުމާ ހަވާލުވެ --ފޮޓޯ/މިހާރު

ބާރީ އާއި އަބްދުﷲ ވެސް މިއަދާ ހަމައަށް ތިއްބެވީ ވަގުތީ ގޮތުން އެ ދެ ކޯޓު ހިންގެވުމާ ހަވާލުވެގެންނެވެ. ކްރިމިނަލް ކޯޓު ހިންގުމާ ބާރީ ހަވާލުވީ އެ ކޯޓުގެެ އިސްގާޒީއަކަށް ކުރިން ހުންނެވި އަބްދުﷲ މުހައްމަދު ފެމިލީ ކޯޓަށް ބަދަލު ކުރުމުންނެވެ.

ސިވިލް ކޯޓުގެ އިސްގާޒީއަކަށް ކުރިން ހުންނެވި ގާޒީ އަލީ ރަޝީދު ހުސައިން ވަނީ އަމިއްލައަށް އެދިގެން ޑްރަގް ކޯޓަށް ބަދަލުވެ ވަޑައިގެންފަ އެވެ. ނަމަވެސް ޑްރަގް ކޯޓު އުފެދުނު ފަހުން އެތަނުގައި މިހާތަނަށް އިސް ގާޒީއެއް ނުހުންނަވަ އެވެ.