Roadha Mihaaru
އިބޫ ހއ. ހުރިހާ ރަށަކަށް: "އުންމީދު އާވެއްޖެ"

އިބޫ ހއ. ހުރިހާ ރަށަކަށް: "އުންމީދު އާވެއްޖެ"

07 ސެޕްޓެމްބަރ 2018

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ތިން ދުވަސް ތެރޭގައި ހއ. އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެންފި އެވެ. އަދި މި އަތޮޅުން ކިޔާފައިވާ މަރުހަބާއިން އިންތިހާބާ ދޭތެރޭ ވަރަށް އުންމީދު އާވެއްޖެ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ ހއ. މުރައިދޫން އަހުމަދު ސާއިލް އަލީ

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ތިން ދުވަސް ތެރޭގައި ހއ. އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެންފި އެވެ. އަދި މި އަތޮޅުން ކިޔާފައިވާ މަރުހަބާއިން އިންތިހާބާ ދޭތެރޭ ވަރަށް އުންމީދު އާވެއްޖެ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުދަ ދުވަހު ހއ. މޮޅަދޫން އިބޫ ފެއްޓެވި ދަތުރުގައި މި އަތޮޅުގެ ފަހު މަންޒިލެއްގެ ގޮތުގައި ވަޑައިގަތީ މިއަދު ހަވީރު މުރައިދޫއަށެވެ. މި ދަތުރުގައި ރޭގަނޑު މަޑުކުރެއްވި ދެ ރަށް ކަމުގައިވާ ހޯރަފުއްޓާއި ދިއްދޫގައި ވަނީ ކޯލިޝަންގެ ބޮޑު ޖަލްސާއެއް ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެކު ބާއްވައިފަ އެވެ. އަދި ހުރިހާ ރަށަކަށް ވަޑައިގެން އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަ އެވެ. ގިނަ ރަށްރަށުގައި ބައްދަލުވުންތައް ބޭއްވީ ހިތްފަސޭހަ މައިދާންތަކުގަ އެވެ.

ހުރިހާ ރަށަކުން ވެސް އިބޫ އަށް ހޫނު މަރުހަބާއެއް ކިޔާފައިިވާއިރު އޭގެ ތެރެއިން ވެސް އެންމެ ފޯރިގަދަކޮށް މަރުހަބާ ކިޔާފައި ވަނީ އިހަވަންދު އާއި ހޯރަފުށީގެ އިތުރުން ކެލަ އާއި ދިއްދޫ އަދި ބާރަށުންނެވެ.

އިބޫ ގެލަޔަށް ވަޑައިގަތުމުން އެރަށު އަންހެނުން ދަނޑިޖަހައި މަރުހަބާ ދައްނަވަނީ-- ފޮޓޯ: އެމްޑީޕީ

އިބޫ ގެލަޔަށް ވަޑައިގަތުމުން އެރަށު އަންހެނުން ދަނޑިޖަހައި މަރުހަބާ ދައްނަވަނީ-- ފޮޓޯ: އެމްޑީޕީ

ހުރިހާ ރަށަކަށް ވެސް ވަޑައިގެން އިބޫ ވަނީ ކޯލިޝަންގެ ވެރިކަމެއްގައި ކޮށްދެއްވާނެ ކަންކަން ހާމަ ކުރައްވައިފަ އެވެ. މައިގަނޑު ގޮތެއްގައި ވައުދުވެ ވަޑައިގަތީ އަސާސީ ހިދުމަތްތަކަށެވެ. އެގޮތުން ހުރިހާ ރަށެއްގައި ވެސް ފެނާއި ނަރުދަމާ ގާއިމްކޮށް ތައުލީމީ ހާލަތު ރަނގަޅުކޮށްދީ ސިއްހީ ރަނގަޅު ނިޒާމެއް ގާއިމްކޮށްދޭނެ ކަމަށް ވައުދުވެ ވަޑައިގެންނެވި އެވެ. އަދި ޓޫރިޒަމް ފުޅާކުރައްވައި ވަޒީފާތައް އިތުރު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ފަހު ރަށެއްގެ ގޮތުގައި، މުރައިދޫގައި ހުންނަވައި އިބޫ ވިދާޅުވީ މި އަތޮޅުން ކޯލިޝަނަށް ބޮޑު ތާއީދެއް ލިބިގެންދާނެކަން މި ދަތުރުން ޔަގީން ވެފައިވާ ކަމަށެވެ.

މިއަތޮޅުގެ ރަށްތަކަށް ޖުމުލަކޮށް ބަލާއިރު 85 ޕަސެންޓަށް އަސާސީ ހިދުމަތް ނުލިބޭ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި އޭނާގެ ވެރިކަމެއްގައި އެކަންކަން ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ. ފަސް އަހަރުގެ ތެރޭ މިއަދުގެ ސަރުކާރަށް އެކަންކަން ވަނީ ނުކޮށްދެވި ކަމަށް ވިދާޅުވެ އިބޫ ވަނީ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.

Ihavandhoo varah thafaathu, Ibu vidhaalhuvee mikanvejje kamah

Ihavandhoo varah thafaathu, Ibu vidhaalhuvee mikanvejje kamah

The most trusted news source in the Maldives

Mihaaru

އިހަވަންދޫން އިބޫއަށް ހޫނު މަރުހަބާއެއް ދެއްނެވުން---

މުރައިދޫ އަށް ވަޑައިގަތުމުގެ ކުރިން މިއަދު ހަވީރު ފިއްލަދޫ އަށް ވަޑައިގެން އިބޫ ވިދާޅުވީ ރާއްޖެ ތަރައްގީ ކުރުމަށް ކައުންސިލްތައް ބާރުވެރި ކުރުވަން ޖެހޭ ކަމަށާއި އެކަން ކޯލިޝަންގެ ވެރިކަމެއްގައި ކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ދީފައިވާ ބާރުތައް އަނބުރާ އެ ކައުންސިލްތަކަށް ދީ ފައިސާ ލިބޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޯލިޝަންގެ ވެރިކަމެއްގައި ރާއްޖެ ތަރައްގީ ކުރާނީ މީހުން ތޮއްޖެއްސުމުގެ ބަދަލުގައި ރަށްރަށުގައި ތިބެގެން އަސާސީ ހިދުމަތް ލިބޭގޮތަށް ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. އެއީ އިދިކޮޅު ކޯލިޝަންގެ ކެމްޕެއިން މޮޓޯ ކަމުގައިވާ ޖަޒީރާ ރާއްޖޭގެ ސިޔާސަތެވެ.

"ބޭނުންވަނީ ރަށްރަށް ތަރައްގީ ކޮށްގެން ޖަޒީރާ ގޮތަކަށް ކުރިއަށް ގެންދަން. އަޅުގަނޑުމެންގެ ސިޔާސަތުތައް ތަންފީޒު ވެގެންދާއިރު އެކަންކަން ހަމަޖެހިގެން ދާނެ،" އިބޫ ވިދާޅުވި އެވެ.

އިބޫ ބާރަށަށް ވަޑައިގަތުމުން ޕެރޭޑެއް ޖަހައި ހޫނު މަރުހަބާއެއް ދެއްނެވުން-- ފޮޓޯ: އެމްޑީޕީ

އިބޫ ބާރަށަށް ވަޑައިގަތުމުން ޕެރޭޑެއް ޖަހައި ހޫނު މަރުހަބާއެއް ދެއްނެވުން-- ފޮޓޯ: އެމްޑީޕީ

ޓޫރިޒަމަށް ތަރައްގީ ކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރި ފިއްލަދޫއާ ގުޅިފައިވާ ދައްޕަރުގެ މަސައްކަތް ނުފެށި އޮތް އިރު ކޯލިޝަންގެ ވެރިކަމެއްގައި ތަރައްގީ ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އެކަން ކުރުމަށް ކައުންސިލްތަކަށް ބާރުތައް ދީ ސަރުކާރުން އެހީތެރިވެ ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ހއ. އަތޮޅަށް ކުރެއްވި ދަތުރު ނިންމާލެއްވުމަށް އިބޫ މިރޭ ވަނީ މާލެވަޑައިގެންފަ އެވެ. މި ދަތުރާ އެކު އިބޫ ވަނީ މި ކެމްޕޭނުގައި ރާއްޖޭގެ 102 ރަށަށް ވަޑައިގެންފަ އެވެ.