07 އޯގަސްޓް 2016
އުރީދޫން މައިކްރޮސޮފްޓާ ގުޅިގެން ކްލައުޑް މެދުވެރިކޮށް ފޯރުކޮށްދޭ ތައުލީމީ ސޮލިއުޝަނެއް ކަމަށްވާ "އުރީދޫ ސްމާޓް ކެމްޕަސް" މިއަދު ތައާރަފް ކޮށްފި އެވެ.
އުރީދޫން މައިކްރޮސޮފްޓާ ގުޅިގެން ކްލައުޑް މެދުވެރިކޮށް ފޯރުކޮށްދޭ ތައުލީމީ ސޮލިއުޝަނެއް ކަމަށްވާ "އުރީދޫ ސްމާޓް ކެމްޕަސް" މިއަދު ތައާރަފް ކޮށްފި އެވެ.
ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ތައާރަފް ކުރި މި ހިދުމަތުގައި ހިމަނާފައިވާ "މައިކްރޮސޮފްޓް އިން އެޑިއުކޭޝަން" މެދުވެރިކޮށް، ކަރުދާހުން ހިންގާ ނިޒާމްތައް ކްލައުޑުން ހިންގޭ ނިޒާމަކަށް ބަދަލުކޮށް، އޮންލައިން ކަރިކިއުލަމް ބެލެހެއްޓުމަށް އެހީތެރިވެދޭނެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ވިކްރަމް ސިންހާ ވިދާޅުވީ ތައުލީމީ ފުރުސަތު ލިބިފައި ނުވާ ދަރިވަރުންގެ ހަގީގީ ގާބިލިއްޔަތާ ހަމައަށް ޑިޖިޓަލް ސޮލިއުޝަންތައްކުގެ ޒަރިއްޔާއިން ދިއުމަށްޓަކައި ފުރުސަތުތަކެއް ހުޅިވައިދޭނެ ކަމަށެވެ.
"ޑިޖިޓަލް މޯލްޑިވްސް އަށް އަޅުގަނޑުމެން ދޭ އެއްބާރުލުމުގެ ދަށުން މައިކްރޮސޮފްޓާ ގުޅިގެން، ފަހުގެ ޓެކްނޮލޮޖީ މެދުވެރިކޮށް ރާއްޖޭގެ ތައުލީމީ ދާއިރާއަށް ކުރިއެރުން ހޯދައިދޭން އަޅުގަނޑުމެން މަސައްކަތް ކުރާނަން،" ވިކްރަމް ވިދާޅުވި އެވެ.
މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ތައުލީމާއި ތަމްރީންގެ ހިދުމަތްތައް ޒުވާނުންނަށް ފޯރުކޮށްދިނުމަށް އީޖާބީ ގޮތްތަކެއް ބޭނުންވާ ކަމަށެވެ.
"މި ސަރުކާރުގައި ކޮންމެ ޒުވާނަކީ ހުނަރުވެރި ޒުވާނަކަށް ބަދަލު ކުރުމުގެ ވައުދުގެ ތެރެއިން ދުރުން ދޭ ތައުލީމާއި ތަމްރީން ފޯރުކޮށްދޭން މިއަދު މިވަނީ ވަރަށް ކާމިޔާބުކަމާ އެކު ފެށިފައި،" މިނިސްޓަރު ވިދާޅުވި އެވެ.
ސްމާޓް ކެމްޕަސް މެދުވެރުކޮށް ދަރިވަރުންނަށް ކޮންމެ ވަގުތެއްގައި ވެސް ފިލާވަޅުތައް ކިޔައި، ކިޔެވުމަށް ބޭނުންވާ އެހެނިހެން ތަކެތި ބޭނުން ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އޮންލައިންކޮށް ކޯސް ވޯކް ފުރިހަމަކޮށް، ސަބްމިޓް ކުރުމުގެ ފުރުސަތު ލިބޭތީ ތައުލީމު ހާސިލް ކުރުމަށް އިތުރު ފަސޭހަ ކަމެއް ދަރިވަރުންނަށް ލިބެ އެވެ.
މި ހިދުމަތުގައި މައިކްރޮސޮފްޓުން ލިބޭ ފައިދާތަކުގެ ތެރޭގައި މުއާމަލާތް ކުރުމުގައި އެހީތެރިކަމާއި ލައިވް ކޮމެންޓާއި ކުއިޒްތަކާ އެކު އޮންލައިން ކްލާސް ނޯޓްސް، ހާޒިރީ މާކް ކުރާ ސިސްޓަމް، އޮންލައިން ޝެޑިއުލިން އަދި ޓައިމްޓޭބަލް ހިމެނެ އެވެ. އަދި އެކި ކްލާސްރޫމްތަކާ މުއާމަލާތްކޮށް، ގެސްޓް ލެކްޗަރުން ހިމަނައި ވާޗުއަލް ފީލްޑް ޓްރިޕްތަކުގައި ބައިވެރިވެ ފިލާވަޅުތައް ރިކޯޑް ކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.
އޭގެ އިތުރުން ދުނިޔޭގެ މަޝްހޫރު ފަންނާނުންނާއި އިލްމުވެރިންގެ ލެކްޗާތަކާއި ހިޔާލުފާޅު ކުރުމުގެ ސެޝަންތަކުގައި ވެސް ދަރިވަރުންނަށް ބައިވެރިވެވޭނެ އެވެ.
އުރީދޫން ވަނީ ސްމާޓް ކެމްޕަސްގެ ހިދުމަތް ފޯރުކޮށްދޭން ތިން ޕެކޭޖެއް ވެސް ތައާރަފް ކޮށްފަ އެވެ. ސްކޫލްތަކަށް އިންޓަނެޓް ކަނެކްޝަން ދޭ މި ޕެކޭޖުތަކަކީ 20، 50 އަދި 100 ދަރިވަރުންނަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕެކޭޖުތަކެކެވެ.
މިއަދުގެ ރަސްމިއްޔާތުގައި އުރީދޫން ވަނީ އެ ކުންފުނީގެ 11 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުންނާއި އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން އުރީދޫ ސްމާޓް ކެމްޕަސްގެ ހިދުމަތް މޯލްޑިވްސް ޕޮލީޓެކްނިކަށް ހިލޭ ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ.
އުރީދޫން މައިކްރޮސޮފްޓުގެ ވޯކްޕްލޭސް ސޮލިއުޝަންތައް
އުރީދޫއިން މައިކްރޮސޮފްޓް ސޮލިއުޝަންތައް ފޯރުކޮށްދެނީ
ސްޓެމް ފެއާ ތަފާތު؛ އެއްވަނަ އިސްކަންދަރަށް
އޮންލައިންކޮށް ކިޔަވާ ކުދިންނަށް އުރީދޫން ޕެކޭޖުތަކެއް
ދަރިވަރުންނަށް އިންޓަނެޓް ޑޮންގްލް ދޭން މަޝްވަރާކުރަނީ
ރެކޯޑް އަދަދެއްގެ މީހުން މިއަހަރު ޓީޗިން ޑިގްރީ ހަދަނީ
ޓީޗިން ކިޔަވާ 135 ދަރިވަރުންނަށް ސްކޮލާޝިޕް ދީފި
އުރީދޫން 12 މީހަކަށް ސައިކަލު ދީފި
16 މިލިއަނަށް ދިން ޕްރޮޖެކްޓެއްގެ ލިޔެކިޔުމެއް ނެތް
"އަތޮޅު ދުވުމުގައި" އިނާމަކަށް ހައިބްރިޑް ބައިސްކަލެއް