Roadha Mihaaru
ވަކީލް ސިރާޖު ބަންދުން ދޫކޮށްލައިފި

ވަކީލް ސިރާޖު ބަންދުން ދޫކޮށްލައިފި

27 ސެޕްޓެމްބަރ 2018

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލު، މޫސާ ސިރާޖު މިއަދު ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލު، މޫސާ ސިރާޖު މިއަދު ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.

ރައީސް އަބްދުﷲ ޔާމީން ޖިނާއީ ކުށްތަކެއް ކުރި ކަމަށް ތުހުމަތުކޮށް އަދީބާ ހަވާލާ ދެއްވައި ދޮގު ވާހަކަތަކެއް ފެތުރި ކަމަށް ބުނެ ސިރާޖު ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އެ މައްސަލަ ތަހުގީގުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް ހަ ދުވަސް އިތުރުކޮށްފަ އެވެ.

އޭނާގެ ދޫކޮށްލީ އޭނާގެ ބަންދުގެ މުއްދަތު ހަމަވާތީ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން، އޭނާ އިތުރަށް ބަންދުގައި ބަހައްޓަން ބޭނުން ނުވާ ކަމަށް ފުލުހުން ބުނުމުންނެވެ.

ސިރާޖު ހައްޔަރުކުރުމަށްފަހު، އޭނާގެ ދިރިއުޅޭ އެޕާޓްމަންޓް ފާސްކޮށް ފުލުހުން ބައެއް ތަކެތި ގެންގޮސްފައި ވެ އެވެ.