ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުންގެ ދަރީންނަށް ވަރަށް ހާއްސަ ހަރަކާތްތަކެއް މިއަދު އެ ބޭންކުން ހިންގައިފި އެވެ.
03 އޮކްޓޯބަރ 2018
ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުންގެ ދަރީންނަށް ވަރަށް ހާއްސަ ހަރަކާތްތަކެއް މިއަދު އެ ބޭންކުން ހިންގައިފި އެވެ.
އެ ބޭންކުގެ މުވައްޒަފުންގެ ދަރީންނަށް މަރުހަބާ ކިޔުމަށް އެ ބޭންކުގެ އޮފީސްތައް މިއަދު ހުރީ ކުލަ ކަރުދާހާއި އެކި ބާވަތުގެ ފުއްޕާހަމުން ޒީނަތްތެރިކޮށްފަ އެވެ. މުވައްޒަފުން ކުރާ މަސައްކަތް އެމީހުންގެ ދަރީންނަށް ދައްކާލުމަށް "ބްރިންގް ޔޯ ކިޑްސް ޓު ވޯކް ޑޭ"ގެ ނަމުގައި ހިންގި ހަރަކާތަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެ ބޭންކުން ބުންޏެވެ.
އެ ބޭންކުން ބުނި ގޮތުގައި މުވައްޒްފުންގެ ދަރީން އޮފީހަށް ގެނެވޭނެ ދުވަހެއް ފާހަގަ ކުރީ އެ ތަނުގެ މުވައްޒަފުން މަސައްކަތް ކުރަން ބޭނުންވާނެ ފަދަ މާހައުލެއް ގާއިމުކޮށްދިނުމަށެވެ. ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ މިއަދަކީ އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަ ދުވަހެއް ކަމަށެވެ.
"ބީއެމްއެލްގައި މަސައްކަތް ކުރަމުން އަންނަ ހުރިހާ މުވައްޒަފުންނަކީ ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރާ މުވައްޒަފުން. އެ މުވައްޒަފުންގެ ހިދުމަތްތަކަކަކީ އަގު ވަޒަން ކުރެވޭ ވަރަށް ވުރެ ބުރަ މަސައްކަތެއް،" ޝަރީފް ވިދާޅުވި އެވެ.
އަދި އެ މީހުންގެ ދަރީންނަށް ހިތްގައިމު މާހައުލެއްގައި ވަގުތު ހޭދަކުރުމުން ލިބޭ އުފަލަކީ ބީއެމްއެލްގައި މަސައްކަތްކުރާ އެންމެންނަށް ވެސް ލިބޭ އުފަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްގެ "ބްރިންގް ޔޯ ކިޑްސް ޓު ވޯކް ޑޭ"ގައި އެ ބޭންކުގެ މުވައްޒަފެއް ދަރިއަކު އުރާލައިގެން ބޭންކުގެ ތެރޭގައި. -- ފޮޮޓޯ: ބީއެމްއެލް
ތަފާތު ކުޅިވަރުތަކާއި ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކަކާ އެކު ފާހަގަ ކުރި މި ފޯރިގަދަ ދުވަހުގެ އުފަލުގައި ބައިވެރިވި ބީއެމްއެލް މުވައްޒަފަކު ބުނީ މިއަދު ވަރަށް ތަފާތު އިހުސާސްތަކެއް ކުރެވުނު ކަމަށެވެ.
"އަޅުގަނޑުމެންް އޮފީހުގައި ކުރާ މަސައްކަތް ކުދިންނަށް އެބަ ދައްކައިދެވޭ. މިއީ މަސައްކަތް ބުރަ އޮފީހެއް. އެކަމަކު އާއިލާގެ ފަރާތުން ލިބެމުން އަންނަ ލޯބިން މަސައްކަތްކުރުމަށް އިތުރު ހިތްވަރެއް ލިބޭ،" އޭނާ ބުންޏެވެ.
ބީއެމްއެލް އަކީ އޭޝިއާގެ ކުންފުނިތަކުގެ ތެރެއިން މަސައްކަތްކުރަން އެންމެ ރަނގަޅު ކުންފުނިތަކަށް ދޭ އެވޯޑް ޖެހިޖެހިގެން ދެ އަހަރު ހޯދައިފައިވާ ބޭންކެކެވެ. ޖުމްލަ 950 މުވައްޒުން މަސައްކަތް ކުރާ މި ބޭންކަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުންޏެވެ.
"ބީއެމްއެލް ވާއު ކިޑްސް ރަން"ގެ މެސްކޮޓް ދައްކާލައިފި
ހުނަރުވެރިކަމުން ފުރިފައި އޮތް ފުޅަނދުބުރެއް!
ކުޑަކުދިންނަށް ބީއެމްއެލްއިން ޕްރޮމޯޝަނެއް ފަށައިފި
ހިޔާވަހި ލޯނުގެ ޝަރުތުތަކަށް ދެވަނަ ބުރުގައި ލުއި ދެނީ
ބީއެމްއެލް އާއި އަވަސްއެޕް ގުޅިގެން ޕްރޮމޯޝަނެއް
މޫސާ ލަތީފުގެ ކުޑަކުދިންގެ ވާހަކަ ސީރީޒް ނެރެފި
ފުރަން އުޅެނިކޮށް ސަނީ ފުލުހުންގެ ބެލުމުގެ ދަށަށް
މައްސަލަ ބަލަން ސަނީ އުމަރު ފުލުހަށް ހާޒިރުކޮށްފި
ބީއެމްއެލްގައި ދުވަސްވީ މުވައްޒަފުންގެ އަގު ވަޒަންކޮށްފި
ބީއެމްއެލްގެ މޯބައިލް/އިންޓަނެޓް ބޭންކިންއަށް ހުއްޓުމެއް