07 އޮކްޓޯބަރ 2018
ސިނަމާލެ ބްރިޖާއި ލިންކް ރޯޑްގައި ސައިކަލުގައި ދަތުރުކުރާ މީހުން ބުރުގާ އެޅުމާއި ވިއްސާރަ ކޯޓު ލުމުގައި ސަމާލުވާން ފުލުހުން އިއްޔެ އިލްތިމާސްކޮށްފި އެވެ.
ސިނަމާލެ ބްރިޖާއި ލިންކް ރޯޑްގައި ސައިކަލުގައި ދަތުރުކުރާ މީހުން ބުރުގާ އެޅުމާއި ވިއްސާރަ ކޯޓު ލުމުގައި ސަމާލުވާން ފުލުހުން އިއްޔެ އިލްތިމާސްކޮށްފި އެވެ.
ޓްރެފިކް ފުލުހުންގެ ފޭސްބުކުގައި އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ މޫސުން ގޯސްވެ، ގަދަ ވަޔާ އެކު ކުރާ ވިއްސާރައިގައި ދުއްވާ އިރު ބުރުގާ ވަޔާ ގޮސް، މޫނުގައި އެޅިގެން ހިނގައިފާނެ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވާން ޖެހޭ ކަމަށެވެ.
ފުލުހުން އެދެނީ ވަޔާ ނުދާނެ ގޮތަށް ބުރުގާ އަޅައިގެން ދަތުރުކުރުމަށެވެ.
"މިހާރަކަށް އައިސް މިފަދަ ނުރައްކާތެރި ހާދިސާތައް އިތުރުވެ، ދުއްވާ ފަރާތްތަކަށް އެކި ވަރުގެ އަނިޔާތަކާއި ގެއްލުން ލިބެމުން އަންނަކަމުގެ ޝަކުވާތައް ފުލުހުންނަށް ލިބެމުންދޭ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.
ބުރުގާ ނެއްޓި މޫނުގައި އެޅިގެން ދާދި ފަހުން ނުރައްކާތެރި އެކްސިޑެންޓެއް، ލިންކް ރޯޑުގައި ހިނގާފައިވާ ކަން ސޯޝަލް މީޑިއާ އިން އެނގެ އެވެ. އެގޮތަކުން އެކަކު ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ކުޑަ ކުއްޖަކު ގޮވައިގެން ސައިކަލްގައި ދިޔަ އަންހެނެއްގެ ބުރުގާ މޫނުގައި އެޅިގެން ސައިކަލާ އެކު ވެއްޓުނު ކަމަށެވެ. އެ ހާދިސާގައި އަންހެންމީހާ އާއި ކުއްޖާ އަށް ކުދިކުދި އަނިޔާތައް ލިބުނު ކަމަށް ވެސް އެ ޕޯސްޓްގައިވެ އެވެ.
ވަޔާ ނުދާނެ ގޮތަށް ބުރުގާ އަޅަން ސަމާލުކަން ދިނުމުގެ އިތުރުން އާދައިގެ ކޮތަޅު ޒާތުގެ ރަބަރުން ހަދާފައި ހުންނަ ވިއްސާރަ ކޯޓުގެ ބަދަލުގައި، ރަނގަޅު ފެންވަރުގެ ވިއްސާރަ ކޯޓު ބޭނުންކުރަން ވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ފުލުހުން ބުނީ ބުރިޖާއި ލިންކް ރޯޑުގައި ދުއްވާ އިރު އާދައިގެ ކޯޓުތައް އިރި، ނައްޓައިގެން ދާ ބައިތަކުން ގައިގައި ޖެހިގެންނާއި ވެހިކަލްތަކުގައި ޖެހި ހިތާމަވެރި ހާދިސާތައް ހިނގުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ނަމްބަރު ޕްލޭޓް ދެނެގަނެވޭ ކެމެރާ ބްރިޖްގައި ހަރުކުރަނީ
ބްރިޖް ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓެއް
ޕާކު ކުރަންވީ ވެހިކަލް ދުއްވުމުގެ މުސްކުޅި ގަވައިދު
ކުއްޖަކަށް ހުންގާނު ދީގެން ދުއްވީ ސިފައިންގެ މީީހެއް
ހައިވޭގައި ސައިކަލްގެ ހުންގާނު ކުޑަ ކުއްޖެއްގެ އަތަށް!
ޓްރެފިކް ޕޮލިސް: ބޮކި ދިއްލެނީ ފާލުން ނެއްޓުނީމަތަ!
ދެ ސައިކަލު ޖެހި ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
މަގުމަތީގެ އެކްސިޑެންޓުތަކުގައި މިއަށްވުރެ ސީރިއަސްވާންޖެހޭ
އެކްސިޑެންޓެއްގައި ސޯލާ ޕެނަލްތަކަށް ގެއްލުންވެއްޖެ
ބްރިޖުގެ ޓްރެފިކް ލައިޓްތައް ބަދަލުކޮށް ބޭނުންކުރަން ފަށައިފި