ލާހޯރު (އޮކްޓޯބަރު 12) - ޕާކިސްތާނުގައި ރޭޕްކުރުމަށް ފަހު ވަރަށް އަނިޔާކޮށް މަރާލި ކުޑަ އަންހެން ކުއްޖާ ޒައިބް އަންސާރީގެ ގާތިލް އިމްރާން އަލީ އަންނަ ބުދަ ދުވަހު ދަންޖައްސައި މަރަން ހަމަޖައްސައިފި އެވެ.
12 އޮކްޓޯބަރ 2018
ލާހޯރު (އޮކްޓޯބަރު 12) - ޕާކިސްތާނުގައި ރޭޕްކުރުމަށް ފަހު ވަރަށް އަނިޔާކޮށް މަރާލި ކުޑަ އަންހެން ކުއްޖާ ޒައިބް އަންސާރީގެ ގާތިލް އިމްރާން އަލީ އަންނަ ބުދަ ދުވަހު ދަންޖައްސައި މަރަން ހަމަޖައްސައިފި އެވެ.
މުޅި ދުނިޔޭގެ ސަމާލުކަން ލިބުނު މައްސަލައިގެ ގާތިލް އިމްރާންގެ މައްޗަށް މަރުގެ އަދަބު ކަނޑައަޅާފައި ވަނީ ކިޑްނެޕްކުރުމާއި ރޭޕް ކުރުމާއި މީހުން މެރުމުގެ ކުށުގަ އެވެ.
ޒައިނަބުގެ ގާތިލް އިމްރާންގެ މައްޗަށް ވަނީ ލާހޯރުގެ ދެކުނުން އޮންނަ ކަސޫރު ސިޓީގެ އެހެން ބައެއް ކުދިން ރޭޕްކޮށް މެރުމުގެ ދައުވާ ވެސް އުފުލައިފަ އެވެ.
ޒައިނަބް އަންސާރީ.
ކުށަށް އިއުތިރާފް ވަމުން އިމްރާން ކޯޓުގައި ބުނެފައި ވަނީ ގާނޫނީ އެހީތެރިކަން އޭނާ ބޭނުން ނުވާ ކަމަށެވެ. އިމްރާން ބުނީ އޭނާ ހިންގި ޖަރީމާ އަށް ބަލާއިރު ކޮންމެ އަދަބެއް ދިން ނަމަވެސް އެ ވާނީ ކުޑަ އަދަބަކަށް ކަމަށެވެ.
ޒައިނަބް މަރާލުމަށް ފަހު ކުނި ގޮނޑަކަށް އެއްލާލާފައި އޮއްވާ ފެނިފައި ވަނީ މި އަހަރުގެ ޖެނުއަރީ 9 ވަނަ ދުވަހު އެވެ. ޒައިނަބުގެ މަރާ ގުޅިގެން ޕާކިސްތާނުގައި ވަރަށް ބޮޑަށް ހަމަނުޖެހުން ހިނގާ ދެ މީހަކު ވަނީ މަރުވެފަ އެވެ. އަދި ޒައިނަބުގެ ގާތިލް ހޯދުމުގައި ފުލުހުން އިހުމާލްވެފައިވާ ކަމަށް ބުނެ ފުލުހުންނަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވި އެވެ.
ޒައިނަބުގެ އާއިލާ އިން ބުނެފައި ވަނީ ޒައިނަބު ގެއްލިގެން ހޯދި ފަސް ދުވަސް ތެރޭ ފުލުހުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރި ނަމަ އެ ކުއްޖާ ދިރިހުއްޓާ ފެނުނީސް ކަމަށެވެ. ޒައިނަބް ވަގަށް ނެގި އިރު އޭނާގެ މައިން ބަފައިން ވަނީ އުމްރާގެ އަޅުކަމަށް މައްކާ އަށް ގޮހެވެ. ޒައިނަބުގެ ގާތިލް އިމްރާން ހައްޔަރު ކުރީ ޖެނުއަރީ 23 ވަނަ ދުވަހު އެވެ.
ރޭޕްކުރާތީ ދެ ދަރިން ބައްޕަ ގައިގައި ރޯކޮށް މަރާލައިފި
ޒައިނަބުގެ ގާތިލް ކުޑަކުދިން ހައްލާފައި ވަނީ މެޓާ ދީގެން
ޒައިނަބުގެ ބައްޕަ ބޭނުން ވަނީ ގާތިލް ދަންޖައްސަން
ޒައިނަބުގެ ގާތިލް ކަމަށް ބެލެވޭ މީހާ ހައްޔަރު ކޮށްފި
ޒައިނަބުގެ ތަހުގީގު ނިންމަން ސުޕްރީމް ކޯޓުން މުހުލަތެއް ދީފި
ޒައިނަބުގެ ގާތިލުން ކަމަށް ބެލެވޭ ދެ މީހުން ހައްޔަރުކޮށްފި
ޕާކިސްތާނުގައި ހަތަރު އަހަރުގެ ކުއްޖެއް ރޭޕްކޮށް މަރާލައިފި
ޒައިނަބުގެ މަރުގެ މައްސަލާގައި ފުލުހުން ސީރިއަސްއެއް ނޫން
ޒައިނަބުގެ މަރާ ގުޅިގެން ބައެއް މީހުން ހައްޔަރު ކުރަނީ
ޒައިނަބް ކިޑްނެޕްކުރި ކަމަށް ބެލެވޭ މީހާގެ އާ ވީޑިއޯއެއް