20 އޮކްޓޯބަރ 2018
އަމްރިތުސަރު (އޮކްޓޯބަރު 20) - އިންޑިއާގެ އުތުރުގެ ޕަންޖާބު ސްޓޭޓުގެ އަމްރިތުސަރުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ރޭލެއް، ރޭލް ދަގަނޑު މައްޗަށް ޖަމާވެފައިވާ މީހުންގެ ގައިގައި ޖެހި 60 އަށް ވުރެ ގިނަ މީހުން މަރުވެ 100 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ.
އަމްރިތުސަރު (އޮކްޓޯބަރު 20) - އިންޑިއާގެ އުތުރުގެ ޕަންޖާބު ސްޓޭޓުގެ އަމްރިތުސަރުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ރޭލެއް، ރޭލް ދަގަނޑު މައްޗަށް ޖަމާވެފައިވާ މީހުންގެ ގައިގައި ޖެހި 60 އަށް ވުރެ ގިނަ މީހުން މަރުވެ 100 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ.
ރޭލް ދުއްވާފައި ދިޔަ އިރު ގިނަ ބަޔަކު ރޭލް ޓްރެކް މަތީ ތިބީ ހިންދީ ފެސްޓިވަލެއްގައި ހަވާ އަރުވާ ތަން ބަލާށެވެ. ހަވާގެ އަޑާ ހެދި ރޭލު އަންނަކަމުގެ އަޑެއް އެ މީހުންނަކަށް ނީވެ އެވެ. މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަ ކުދިން ވެސް ހިމެނެ އެވެ.
މަންޒަރު ދުށް މީހުން ބުނި ގޮތުގައި ރޭލް ޓްރެކް މަތީ ތިބި ގިނަ މީހުން ތިބީ ފޮޓޯ ނަގާށެވެ. އަދި ބާރު ސްޕީޑްގައި ރޭލް އަންނަކަން އެ މީހުންނަށް އެއްގޮތަކަށް ވެސް ނޯޓިސް ކުރެވިފައި ނުވާ ކަމަށް ބުނެފައިވެ އެވެ. ފުލުހުން ބުނީ ބަޑި ބޭސް ގޮވައި އަޑާއި އެއްވެ ތިބި މީހުންގެ އަޑު ގަދަވުމުގެ ސަބަބުން ރޭލުގެ އަޑު ނީވުނީ ކަމަށެވެ.
އާއްމުންގެ ގައިގައި ޖެހުނު ރޭލް ދަތުރު ކުރަމުން ދިޔައީ ޖަލަންދަރުން އަމްރިތުސަރަށެވެ.
އަމްރިތުސަރުގެ ބައެއް މީހުން ބުނި ގޮތުގައި ފެސްޓިވަލް އޮންނަ ދުވަސްވަރު ކުޅިބަލަން ރޭލް ޓްރެކް މަތީ ތިބުމަކީ ކޮންމެ އަހަރަކު ވެސް މީހުން ކުރާ ކަމެކެވެ.
ޕަންޖާބުގެ ޗީފް މިނިސްޓަރު އަމަރިންދާ ސިންގް ވަނީ އެކްސިޑެންޓުގެ ހާދިސާ ތަހުގީގު ކުރަން އަންގަވައިފަ އެވެ. ރޭލް އެކްސިޑެންޓުގައި މަރުވި ކޮންމެ މީހެއްގެ އާއިލާ އަށް 500،000 ރުޕީސް (6،800 ޑޮލަރު) ދިނުމަށް އޭނާ ވަނީ އަންގަވައިފަ އެވެ.
އިންޑިއާ ސަރުކާރުން 2012 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ވަނީ ރޭލް އެކްސިޑެންޓްތަކުގައި ކޮންމެ އަހަރަކު ވެސް 15،000 މީހުން މަރުވާ ކަމަށް ބުނެފަ އެވެ. ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ ރޭލްވޭ ނެޓްވޯކް ތަރައްގީ ކުރުމަށް ފަސް އަހަރު ތެރޭ 137 ބިލިއަން ޑޮލަރު ޚަރަދު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އިންޑިއާގައި ހިނގި ރޭލް އެކްސިޑެންޓެއްގައި 280 މަރު
ފެންބޮޑުވެ، ރޭލުގައި ތާށިވި އެންމެން ސަލާމަތްކޮށްފި
ބުލެޓް ރޭލަށް މެސްކޮޓެއް ފަރުމާކުރަން ހުޅުވާލައިފި
އިންޑިއާގެ އެންމެ ބާރު ރޭލް ފުރަތަމަ ދަތުރުގައި ހުއްޓިއްޖެ
ރޭލުގެ ފާޚާނާގެ ފެނުން ސައި ހަދައިގެން ވިއްކައިފި
އިންޑިއާގެ ރޭލަކުން ވަކިވި ބައިތައް އެތައް މޭލަކަށް
އިންޑިއާގައި އެއްލައްކަ ވަޒީފާއަށް 20 މިލިއަން މީހުން
މުމްބާއީގެ ރޭލް ސްޓޭޝަނެއްގައި ފިތިގެން 22 މަރު
ރޭލުގައި ރިޒާވްކުރި ސީޓް ގެއްލުމުން 75000 ރުޕީސް
އިންޑިއާގައި ހިނގި ރޭލް އެކްސިޑެންޓެއްގައި 63 މަރު