Roadha Mihaaru
23 ރަން މެޑަލާ އެކު ފެލްޕްސް ކެރިއަރު ނިންމާލައިފި

23 ރަން މެޑަލާ އެކު ފެލްޕްސް އޮލިމްޕިކްސް ކެރިއަރު ނިންމާލައިފި

14 އޯގަސްޓް 2016

ރިއޯ ޑި ޖެނީރޯ (އޮގަސްޓް 14) - އޮލިމްޕިކްސްގައި އެމެރިކާގެ ފެތުންތެރިޔާ މައިކަލް ފެލްޕްސް ވާދަކުރި ފަހު އިވެންޓް ކަމަށްވާ ހަތަރެއް ގުނަ 100 މީޓަރު މެޑްލޭ ރިލޭ އިން ހޯދި ރަން މެޑަލާ އެކު ޖުމްލަ 23 ރަން މެޑަލާ އެކު އޭނާ އޮލިމްޕިކްސް ކެރިއަރު ނިންމާލައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ރިއޯ ޑި ޖެނީރޯ (އޮގަސްޓް 14) - އޮލިމްޕިކްސްގައި އެމެރިކާގެ ފެތުންތެރިޔާ މައިކަލް ފެލްޕްސް ވާދަކުރި ފަހު އިވެންޓް ކަމަށްވާ ހަތަރެއް ގުނަ 100 މީޓަރު މެޑްލޭ ރިލޭ އިން ހޯދި ރަން މެޑަލާ އެކު ޖުމްލަ 23 ރަން މެޑަލާ އެކު އޭނާ އޮލިމްޕިކްސް ކެރިއަރު ނިންމާލައިފި އެވެ.

ފެލްޕްސް އާއި ނަތަން އެޑްރިއަން އާއި ކޮޑީ މިލާ އަދި ރިޔާން މާފީ ހިމެނުނު އެމެރިކާ ރިލޭ ޓީމުން ރަން މެޑަލް ހޯދީ 3 މިނެޓު 27:95 ސިކުންތުން ރޭސް ނިންމައިގެންނެވެ. މިއީ އޮލިމްޕިކްސްގެ ރެކޯޑެކެވެ. މި އިވެންޓުން ރިހި މެޑަލް ހޯދީ 3 މިނެޓު 29:24 ސިކުންތުން ރޭސް ނިންމި ގްރޭޓް ބްރިޓަންގެ ޓީމެވެ. ލޯ މެޑަލް ހޯދީ އޮސްޓްރޭލިއާ އިންނެވެ. އެ ޓީމުގެ ޓައިމިން އަކީ 3 މިނެޓު 29:93 ސިކުންތެވެ.

އެންމެ ފަހުން ލަންޑަނުގައި 2012 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސް އަށް ފަހު ރިޓަޔާކުރުމަށް ފަހު އެނބުރި އައި ފެލްޕްސް ބުނީ ދެން އެނބުރި އައުމެއް ނެތް ކަމަށާއި މިހިސާބުން އޭނާގެ ކެރިއަރު ނިމުނީ ކަމަށެވެ. ރޭގެ އިވެންޓަށް ފަހު ފެލްޕްސް ހުރީ ރޮވިފަ އެވެ.

"ޓޯކިޔޯ އޮލިމްޕިކްސް އިން އަހަރެން ނުފެންނާނެ. އެއީ ޔަގީންކަމެއް،" އޭނާ ބުންޏެވެ.

ފެލްޕްސް މެޑަލް ކާމިޔާބުކުރުމަށް ފަހު އުފާވެފައި. --ފޮޓޯ: އޭއެފްޕީ

ފެލްޕްސް މެޑަލް ކާމިޔާބުކުރުމަށް ފަހު އުފާވެފައި. --ފޮޓޯ: އޭއެފްޕީ

މި ފަހަރުގެ އޮލިމްޕިކްސް ފެލްޕްސް ނިންމާލީ ޖުމްލަ ހަ މެޑަލާ އެކު އެވެ. އެއީ ފަސް ރަން މެޑަލާއި އެއް ރިހި މެޑަލެވެ. އޭނާ ރަން މެޑަލް ހޯދީ 200 މީޓަރު ބަޓަފްލައި އާއި މެޑްލޭ އިންނާއި ހަތަރެއް ގުނަ 100 މީޓަރު ފްރީސްޓައިލް އާއި މެޑްލޭ އަދި ހަތަރެއް ގުނަ 100 މީޓަރު ފްރީސްޓައިލް އިވެންޓުންނެވެ. ރިހި މެޑަލް ލިބުނީ 100 މީޓަރު ބަޓަފްލައި އިވެންޓުންނެވެ.

އުމުރުން 31 އަހަރުގެ ފެތުންތެރިޔާ ކެރިއަރުގައި ހަތަރު އޮލިމްޕިކްސްގައި ވާދަކޮށްފައިވާއިރު ޖުމްލަ 28 މެޑަލް ވަނީ ހޯދައިފަ އެވެ. އެއީ 23 ރަން މެޑަލާއި ތިން ރިހި މެޑަލް އަދި ދެ ލޯ މެޑަލެވެ. އޭނާ އަކީ އޮލިމްޕިކްސްގެ ތާރީހުގައި އެންމެ ގިނަ މެޑަލް ހޯދި އެތުލީޓެވެ. ދެ ވަނައިގައި އޮތް ސޯވިއެޓް ޔޫނިއަންގެ ލަރީސާ ލެޓީނިނާ އަށް ހޯދިފައިވަނީ ނުވަ ރަން މެޑަލެވެ.