Roadha Mihaaru
ރާޖަޕަކްސާގެ ދަރިކަލުން ނަމަލް ރާއްޖެ ވަޑައިގެންފި

ރާޖަޕަކްސާގެ ދަރިކަލުން ނަމަލް ރާއްޖެ ވަޑައިގެންފި

17 ނޮވެމްބަރ 2018

ސްރީ ލަންކާގެ ކުރީގެ ރައީސް އަދި ބޮޑުވަޒީރުގެ ދަރިކަލުން މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން ނަމަލް ރާޖަޕަކްސާ އިއްޔެ ރާއްޖެ ވަޑައިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސްރީ ލަންކާގެ ކުރީގެ ރައީސް އަދި ބޮޑުވަޒީރުގެ ދަރިކަލުން މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން ނަމަލް ރާޖަޕަކްސާ އިއްޔެ ރާއްޖެ ވަޑައިގެންފި އެވެ.

އޭނާ ރާއްޖެ ވަޑައިގަތީ، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަދި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.

އެ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު 5:00 ގައި ގަލޮޅު ދަނޑުގަ އެވެ.

ނަމަލް މިއަދު ހެނދުނު ވަނީ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ އަމީންއާ އެކު މާލޭގެ ބައެއް ތަންތަން ބައްލަވާލައްވައިފަ އެވެ. އަދި ސިޓްރަން ރެސްޓޯރަންޓާއި އަމީން ހިންގަވާ އޮޑެގައްލާ ކެފޭއަށް ވަޑައިގެން ބައެއް މީހުންނާ އެކު ނަމަލް ސެލްފީ ނެންގެވި އެވެ.

ރާޖަޕަކްސާގެ ދަރިކަލުން ނަމާލް އޮޑެގައްލާ ކޮފީ ރެސްޓޯރެންޓުގައި މިއަދު ހެނދުނު ބައެއް ރައްޓެހިނާ އެކު.--- ފޮޓޯ: ނިޝާން އަލީ/މިހާރު

ރާޖަޕަކްސާގެ ދަރިކަލުން ނަމާލް އޮޑެގައްލާ ކޮފީ ރެސްޓޯރެންޓުގައި މިއަދު ހެނދުނު ބައެއް ރައްޓެހިނާ އެކު.--- ފޮޓޯ: ނިޝާން އަލީ/މިހާރު

އިބޫ އާއި ފައިސަލް މަގާމުގެ ހުވާކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ލަންކާގެ ކުރީގެ ރައީސް ޗަންދްރިކާ ބަންޑާރަނައިކެ ވަނީ އިއްޔެ ރާއްޖެ ވަޑައިގެންފަ އެވެ/

އިބޫ ހުވާކުރެއްވުމުުގެ ރަސްމިއްޔާތަށް 46 ގައުމެއްގެ އިއްޒަތްތެރިން ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި ޗަންދްރިކާގެ އިތުރުން އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ވަޑައިގަންނަވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ.