Roadha Mihaaru
އެންމެ ބޮޑު އާމްދަނީއެއް ހޯދި ވީލޮގާ އަށް 7 އަހަރު

މި އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި ވީލޮގާއަކަށް 7 އަހަރުގެ ކުއްޖެއް

05 ޑިސެމްބަރ 2018

ޔޫޓިއުބްގައި ތަފާތު އެކި ކަހަލަ މަޖާ އަދި މައުލޫމާތާއި މުނިފޫހި ފިލުވައިދޭ ކަހަލަ ވީޑިއޯތައް ހިއްސާކޮށްގެން އެންމެ ބޮޑު އާމްދަނީއެއް މި އަހަރު ހޯދި ވީލޮގާއެއްގެ މަގާމު އުމުރުން އެންމެ ހަތް އަހަރުގެ ކުއްޖަކަށް ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޔޫޓިއުބްގައި ތަފާތު އެކި ކަހަލަ މަޖާ އަދި މައުލޫމާތާއި މުނިފޫހި ފިލުވައިދޭ ކަހަލަ ވީޑިއޯތައް ހިއްސާކޮށްގެން އެންމެ ބޮޑު އާމްދަނީއެއް މި އަހަރު ހޯދި ވީލޮގާއެއްގެ މަގާމު އުމުރުން އެންމެ ހަތް އަހަރުގެ ކުއްޖަކަށް ލިބިއްޖެ އެވެ.

ފޯބްސް އިން އެކުލަވައިލި ލިސްޓްގެ އެއްވަނަ ހަތް އަހަރުގެ ރަޔަން އަށް ލިބުނީ 22 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކުގަ އެވެ.

އޭނާއަކީ 2015 އިން ފެށިގެން "ރަޔަން ޓޯއީސްރިވިއު"ގެ ނަމުގައި ޔޫޓިއުބް ޗެނެލެއް ހިންގަމުން އަންނަ ކުއްޖެކެވެ. މިކަމަކީ ރަޔަންގެ މައިންބަފައިންގެ އެހީއާ އެކު ކުރާ ކަމެކެވެ. "ރަޔަން ޓޯއީސްރިވިއު" ފޮލޯ ކުރާ މީހުންގެ އަދަދު މިހާރު 17.3 މިލިއަނަށް އަރާ އިރު، އެ ޗެނެލްގެ ވިއުސްގެ އަދަދު 26 މިލިއަނަށް ވުރެ މައްޗެވެ.

ފޯބްސް އިން ބުނި ގޮތުގައި މިދިޔަ އަހަރުގެ ލިސްޓްގެ އަށް ވަނަ އިން ޖާގަ ލިބުނު ރަޔަންގެ ޗެނެލަށް ރިކޯޑް އާމްދަނީއެއް މި އަހަރު ލިބުނީ އެ ޗެނެލް މެދުވެރިކޮށް ބޮޑެތި ބައެއް ކުންފުނިތަކުން މިހާރު އިޝްތިހާރުކޮށް، ސްޕޮންސަ ވެސް ކުރާތީ އެވެ.

އެގޮތުން އެމެރިކާގެ މަޝްހޫރު ކުންފުނި ވޮލްމާޓަކީ އެ މީހުންގެ އުފެއްދުންތައް އިޝްތިހާރުކޮށް، މާކެޓް ކުރަން "ރަޔަން ޓޯއީސްރިވިއު" ބޭނުން ހިފާ ކުންފުންޏެކެވެ.

ރަޔަން ބުނި ގޮތުގައި ގިނަ ބަޔަކަށް އޭނާގެ ޗެނެލް ކަމުދަނީ ވީޑިއޯތައް ގެނެސްދޭލެއް މަޖާ ކަމުންނެވެ.

"އަހަންނަކީ ވަރަށް އެންޓަޓައިނިން އަދި އެހާ މަޖާ މީހެއް. އެއީ ކާމިޔާބީގެ ސިއްރަކީ،" އޭނާ ބުންޏެވެ.

މި އަހަރުގެ ލިސްޓްގެ ގަދަ 10 އަށް ބަލާ އިރު، 10 ވަނައިގައި އޮތީ މިދިޔަ އަހަރު ހަތަރު ވަނައިގައި އޮތް އުމުރުން 23 އަހަރުގެ ލޯގަން ޕޯލް އެވެ. އޭނާގެ ފާއިތުވި އެއް އަހަރުގެ އާމްދަނީއަކީ 14.5 މިލިއަން ޑޮލަރެވެ.

ފޯބްސްގެ ޓްވީޓް.

ލިސްޓްގެ ނުވަވަނަ އިން ސްވިޑުންގެ މަޝްހޫރު ޔޫޓިއުބާ ޕިއުޑިޕައި (ފީލިކްސް ޖެލްބާގް) 15.5 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެޖު ޖާގަ ހޯދި އިރު، އަށްވަނައިގައި 16 މިލިއަން ޑޮލަރާ އެކު އޮތީ އަޔަލެންޑްގެ ޖެކްސެޕްޓިކްއައި (ޝޯން މެކްލޯލިން) އެވެ.

ލިސްޓްގެ ހަތްވަނަ އިން 17 މިލިއަން ޑޮލަރާ އެކު ކެނެޑާގެ ވެނޮސް ގޭމިން (އިވަން ފޮންގް) ޖާގަ ހޯދި އިރު، ހަ ވަނައަކީ ހަވާއީގެ މާކިޕްލިއާ އެވެ. އެއީ 17.5 މިލިއަން ޑޮލަރާ އެކުގަ އެވެ.

ފަސް ވަނަ މޭކަޕް އާޓިސްޓް ޖެފްރީ ސްޓާ (18 މިލިއަން ޑޮލަރު)، ހަތަރު ވަނަ މިދިޔަ އަހަރު އެއް ވަނައިގައި އޮތް އިނގިރޭސިވިލާތުގެ ޑެނިއަލް މިޑްލްޓަން (18.5 މިލިއަން ޑޮލަރު)، ތިން ވަނަ ޑޫޑް ޕާފެކްޓް (20 މިލިއަން ޑޮލަރު) އަދި ދެވަނަ އަކީ 10 ވަނައިގައި އޮތް ލޯގަންގެ ބޭބެ ޖޭކް ޕޯލް އެވެ. އެއީ 21.5 މިލިއަން ޑޮލަރާ އެކުގަ އެވެ.