04 ޑިސެމްބަރ 2018
ކޮލަމްބޯ (ޑިސެމްބަރު 4) - އާ ބޮޑު ވަޒީރަކު ހަމަޖެއްސުމާ ގުޅޭ ގޮތުން ޔުނައިޓެޑް ނޭޝަނަލް ފްރަންޓް (ޔޫއެންއެފް) އިން ބޭއްވި ވާހަކަތައް ނާކާމިޔާބުވެ ބޮޑު ވަޒީރު ކަމަށް ރަނިލް ވިކްރަމަސިންހަ ދެން ގެންނާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ އަނެއްކާވެސް ވިދާޅުވެއްޖެ އެވެ.

މިއީ މިދިޔަ ހުކުރު ދުވަހަށް ފަހު ޔޫއެންއެފްއާ އެކު ސިރިސޭނާ ބޭއްވި ދެ ވަނަ ބައްދަލުވުމެވެ. ޔޫއެންއެފްގެ ޕާލަމެންޓް މެންބަރު ލަކްޝްމަން ކިރިއެއްލާ ވިދާޅުވީ އިއްޔެގެ ވާހަކަތައް ނާކާމިޔާބުވީ ރަނިލްއާ މެދު ސިރިސޭނާ ތަކްރާރުކޮށް ދެކޮޅު ހެއްދެވުމުން ކަމަށެވެ. ސިރިސޭނާ ކުރިން ވަނީ ޓަމިލް ނޭޝަނަލް އެލަޔަންސް (ޓީއެންއޭ) އެކު ވެސް މަޝްވަރާ ކުރައްވައިފަ އެވެ.
ޔޫއެންއެފް އިން ހުށަހަޅާފައި ވަނީ ބޮޑު ވަޒީރު ކަމަށް ރަނިލް އަލުން ގެނައުމަށެވެ. ރަނިލް އަށް މަގާމު ދިނުމުގެ ވާހަކަތައް އަލުން ފެންމަތިވެފައި މި ވަނީ ބޮޑު ވަޒީރު ކަމަށް ހަމަޖެއްސި މަހިންދާ ރާޖަޕަކްސާ މަގާމުގައި ދެމިހުންނެވުމުގެ ހައިސިއްޔެތެއް ނެތް ކަމަށް ކޯޓުން އިއްޔެ ނިންމުމާ ގުޅިގެންނެވެ.
ސިރިސޭނާ ކުރިން ވެސް ވަނީ ރަނިލް އަށް ބޮޑު ވަޒީރުކަން ދޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ.
"ލޮޓަސް ޓަވަރާ ގުޅޭ ގޮތުން ސިރިސޭނާގެ ތުހުމަތު ގޯސް"
އެއްބައިވުމަށް ސިރިސޭނާ އާއި ރާޖަޕަކްސާ މަޝްވަރާ އަށް
މެންބަރުންނަށް ރިޝްވަތުދޭން ރާޖަޕަކްސާ އުޅުނު: ސިރިސޭނާ
ލަންކާގެ ތިން ލީޑަރުންގެ ބައްދަލުވުން ވެސް ފެއިލްވެއްޖެ
ރާޖަޕަކްސާގެ އިތުބާރު ނެތްކަމުގެ ވޯޓު ބަލައިނުގަތް
ރާޖަޕަކްސާ އަށް އިތުބާރު އޮތްތޯ ވޯޓެއް ނަގަނީ
ލަންކާގެ ސިޔާސީ މަޝްރަހުގެ އެންމެ މުހިންމު ތިން ބޭފުޅުން
ޑިޕިއުޓީ މިނިސްޓަރަކު ސަރުކާރުން ވަކިވެ ރަނިލް ޕާޓީއަށް
"ރާޖަޕަކްސާ އަށް ޕާލަމެންޓުގެ މެޖޯރިޓީ ހޯދައިދީފިން"
ބަޑިޖެހި ހާދިސާގައި މިނިސްޓަރު ރަނަތުންގާ ހައްޔަރުކޮށްފި