09 ޑިސެމްބަރ 2018
ހަރުކަށިކަމާއި ނޭއްގާނީކަމާއި ދެކޮޅުވެރިކަން ދުރުކޮށް، އިސްލާމް ދީން އަންނަން އޮތް ޖީލުތަކަށް ވާސިލްކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
ހަރުކަށިކަމާއި ނޭއްގާނީކަމާއި ދެކޮޅުވެރިކަން ދުރުކޮށް، އިސްލާމް ދީން އަންނަން އޮތް ޖީލުތަކަށް ވާސިލްކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި އިމްރާން ވިދާޅުވީ ދިވެހި ގައުމިއްޔަތާއި އިސްލާމް ދީނަށް އަބަދުވެސް ގޮންޖެހުންތަކެއް ހުރިއިރު، ދިވެހި ކާބަފައިން ގޮންޖެހުންތައް ހުރަސްކޮށް، ގިރާ ކުރަމުން ދިޔައީ ވަރަށް ހިތްވަރާއި ސާބިތުކަމާ އެކު ކަމަށެވެ.
ގައުމިއްޔަތާއި އިސްލާމް ދީނަށް ގޮންޖެހުން ކުރިމަތިވި ކޮންމެ ހިނދެއްގައި ދިވެހިން ރައްކާތެރިކޮށްދިނީ ކާބަފައިންގެ ކެތްތެރިކަމާއި އަޒުމްގެ ސަބަބުން ކަމަށް އިމްރާން ވިދާޅުވި އެވެ. ގައުމިއްޔަތާއި ދީނަށް ހުރި ގޮންޖެހުންތައް ކާބަފައިންގެ ކިބައިން ދަސްކޮށް އިބުރަތް ހާސިލް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާ. --- ފޮޓޯ: ރައީސް އޮފީސް
"މިއަދު އަޅުގަނޑުމެން މި ޖީލުގެ އެންމެ ބޮޑު ޒިންމާއެއް ކަމުގައި ވާނީ އަންނަން އޮތް ޖީލުތަކަށް ދިވެހި ގައުމިއްޔަތާއި އިސްލާމްވަންތަކަމާއި ރިވެތި އަހުލާގު ފޯރުކޮށްދިނުން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވި ގޮތުގައި، މިއަދު ދިވެހިންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބަވަނަވެފައިވާ ދުނިޔޭގައި ހިނގާ އޮއިވަރުތަކުގެ ސަބަބުން ޒުވާން ޖީލަށް ނުބައި އަސަރުތަކެއް ކުރުމެވެ. ޒުވާން ޖީލަށް އެންމެ ރަނގަޅު ގޮތުގައި ތައުލީމާއި ތަރުބިއްޔަތު ދެވިފައި ނުވުމުގެ ނަތީޖާއެއްގެ ގޮތުން އެކި ޒާތްޒާތުގެ ކަންކަމުގެ ތެރެއަށް ޒުވާނުން ވަދެގެން ގޮސްފައިވާ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
"މި ހާލަތުން އަރައިގަނެވޭނީ ޒުވާނުން މަތިވެރި އިސްލާމީ ތަރުބިއްޔަތަކުން، ތަރުބިއްޔަތު ކުރެވިގެން. ރިވެތި އަހްލާގެއް އަށަގަންނުވައިގެން،" އަދާލަތު ޕާޓީގެ ރައީސްކަން ވެސް ކުރައްވާ އިމްރާން ވިދާޅުވި އެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާ. --- ފޮޓޯ: ރައީސް އޮފީސް
އިމްރާން ވިދާޅުވީ ޒުވާނުންނަށް ހެޔޮ ތަރުބިއްޔަތެއް ދެވޭނީ މިކަން ކުރެވޭނީ ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތްކޮށްގެން ކަމަށެވެ. އަދި ގުޅިގެން މަސައްކަތްކޮށްފިނަމަ، އަންނަން އޮތް ޖީލުތަކަށް ދިވެހި ގައުމިއްޔަތާއި އިސްލާމް ދީން ވާސިލްކޮށްދެވޭނެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވި ގޮތުގައި، ސަރުކާރުގެ އުންމީދަކީ ސުލްހަ އާއި އަމާންކަމުގެ ވެއްޓެއްގައި އިސްލާމް ދީން މަތިވެރިކޮށް، ދީނަށް ނަސްރު ދިނުމެވެ. ރިވެތި އަހުލާގާއި ރިވެތި މިސާލުތަކުން ޒުވާނުންނަށް މަގު ދައްކައިދެވިއްޖެ ނަމަ، އެއީ ލިބޭނެ ކާމިޔާބެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖެ އިސްލާމްވިތާ 800 އަށްވުރެ ގިނަ އަހަރު ވަނީ ވެފަ އެވެ.
ރައީސް ދަމަހައްޓަވަނީ އިސްލާމީ ސައްހަ އަގީދާ: އިމްރާން
ދީނާ ގުޅުން ނެތް ފިކުރުތަކަކީ ބޮޑު ގޮންޖެހުމެއް:ރައީސް
އިމްރާންގެ މައްސަލަ އެޖެންޑާކުރަން ނިންމައިފި
ދޮގު ވާހަކަ ދެއްކި މައްސަލަ ނުބަލަން އެދެން: ނަޝީދު
"ދީނަށް އިހާނެތިވުން ހުއްޓޭނީ ސައްހަ ގޮތް ބުނެދީގެން"
އެއްވެއުޅުން ހަނިކުރި އިސްލާހު އުވާލަން ވިސްނުމެއް ނެތް
ލޯބި ލިބޭގޮތަށް ވެރިކަން ބައްޓަންކުރަން ޖެހޭ: އިމްރާން
އެމްޑީއެން އުވާލަން ނިންމުމާއެކު ރައީސަށް ތައުރީފް
އެމްޑީއެންގެ ތަހުގީގު ލަސް ކަމަކަށް ނުދެކެން: އިމްރާން
ހޯމް މިނިސްޓަރު އަތުން ނެގި ބާރުތައް އިއާދަކޮށްދެނީ