Roadha Mihaaru
މަޖިލިސް އިންތިހާބަށް 89 މިލިއަން ލިބޭނެ: އީސީ

މަޖިލިސް އިންތިހާބަށް 89 މިލިއަން ރުފިޔާ ލިބޭނެ: އީސީ

16 ޑިސެމްބަރ 2018

އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް 89 މިލިއަން ރުފިޔާ ލިބޭނެ ކަމުގެ ޔަގީންކަން ސަރުކާރުގެ ފަރާތުން ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް 89 މިލިއަން ރުފިޔާ ލިބޭނެ ކަމުގެ ޔަގީންކަން ސަރުކާރުގެ ފަރާތުން ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

މަޖިލީހުގެ އިންތިހާބު އަންނަ އަހަރުގެ އޭޕްރިލް 6 ގައި ބާއްވައި، އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ޖެނުއަރީ މަހުގެ ފަހުކޮޅު ހުޅުވައިލުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. އަދި އެ ކޮމިޝަނުން ދަނީ އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުންނެވެ.

އަންނަ އަހަރަށް ލަފާކޮށް، ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ބަޖެޓުގެ ގޮތުގައި ކަނޑައެޅީ 80 މިލިއަން ރުފިޔާ އެވެ. އެކަމަކު، އިލެކްޝަންސް ކޮމިޝަނުން ކުރިން ބުނީ 123 މިލިއަން ރުފިޔާ ލިބިގެން ނޫނީ މަޖިލިިސް އިންތިހާބު ބާއްވަން އުނދަގޫވާނެ ކަމަށެވެ.

އޭގެ ފަހުން، ބަޖެޓު ދިރާސާ ކުރާ ކޮމިޓީއަށް އިލެކްޝަންސް ކޮމިޝަނުން ފޮނުވި ސިޓީގައިވާ ގޮތުން 89 މިލިއަން ރުފިޔާ ލިބިގެން އިންތިހާބު ބޭއްވޭނެ އެވެ. އެކަމަކު، މަޖިލީހުން ބަޖެޓު ފާސް ކުރިއިރު، އިތުރު ނުވަ މިލިއަން ރުފިޔާ ދޭން ނިންމާފައި ވަނީ ކޮންޓެންޖެންސީ ބަޖެޓުގެ ތެރެއިންނެވެ. އަންނަ އަހަރަށް ލަފާ ކުރި 30.2 ބިލިއަން ރުފިޔާގެ ބަޖެޓުގެ ތެރޭގައި ހަމައެކަނި ހިމެނީ 80 މިލިއަން ރުފިޔާ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ މެމްބަރުން އަހުމަދު އަކްރަމް ވިދާޅުވީ 123 މިލިއަން ރުފިޔާ ބޭނުންވީ، އިލެކްޓްރޯނިކް ވޯޓިންއަކަށް ދިއުމަށް އެ ކޮމިޝަނުން ކުރިން ނިންމާފައިވާތީ ކަމަށެވެ. އެކަމަކު، ފަހުން، އިލެކްޓްރޯނިކް ވޯޓިންއަކަށް ނުދާން ނިންމައި، 89 މިލިއަން ރުފިޔާ ދިނުމަށް މަޖިލީހުގެ ކޮމިޓީގައި އެދުނީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން އިންތިހާބަށް 89 މިލިއަން ރުފިޔާ ދޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަޖެޓުގައި އަޅުގަނޑުމެން ނުޖަހަން އިތުރަށް ފައިސާ ބޭނުންވެގެން،" އަކްރަމް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވެސް ވިދާޅުވި ގޮތުގައި ކޮންމެ އިންތިހާބެއްގައި ވެސް ހަރަދު ކުރެވޭނީ އެކަމަށް ބަޖެޓު ކުރެވިފައިވާ ކަންކަމަށެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕެއިން ސިޔާސީ ޕާޓީތަކުގެ މެމްބަރުންނާއި އާންމުން ފަށާފައި ވާއިރު، އެ އިންތިހާބު ވެގެންދާނީ ވަރަށް ވާދަވެރި އިންތިހާބަކަށެވެ.