04 ޖެނުއަރީ 2019
މިދިޔަ އަހަރު ރިލީޒް ކުރި ޖޯން އަބްރަހަމްގެ ފިލްމު "ސަތިޔަމޭވް ޖަޔަތޭ" ގައި ހިމެނޭ އައިޓަމް ލަވަ "ދިލްބަރު" އަކީ ކެރިއަރު މުޅިން ބަދަލުކޮށްލި ލަވައެއް ކަމަށްވާ ބަތަލާ ނޯރާ ފަހެތީ ބުނެފި އެވެ.
މިދިޔަ އަހަރު ރިލީޒް ކުރި ޖޯން އަބްރަހަމްގެ ފިލްމު "ސަތިޔަމޭވް ޖަޔަތޭ" ގައި ހިމެނޭ އައިޓަމް ލަވަ "ދިލްބަރު" އަކީ ކެރިއަރު މުޅިން ބަދަލުކޮށްލި ލަވައެއް ކަމަށްވާ ބަތަލާ ނޯރާ ފަހެތީ ބުނެފި އެވެ.
ކެނެޑާ އަށް އުފަން މޮރޮކޯ ދަރިކޮޅުގެ 26 އަހަރުގެ ބަތަލާ ބުނި ގޮތުގައި މިދިޔަ އަހަރަކީ އޭނާ އަށް ވަރަށް ކާމިޔާބު އަހަރެކެވެ. "ދިލްބަރު" ގައި ނޯރާ ދައްކުވައި ދިން ހިތްގައިމު އަދި ޖާދުވީ ނެށުމުގެ ހަރަކާތްތަކާ އެކު، އޭނާ އަށް ވަނީ ގިނަ ހުށަހެޅުންތަކެއް އޮހެން ވެސް ފަށައިފަ އެވެ.
އެގޮތުން މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ ހޮރޯ ކޮމެޑީ "އިސްތިރީ" ގެ އައިޓަމް ލަވައެއް ކުޅެން އޭނާ އަށް ފުރުސަތު ލިބުމުގެ އިތުރަށް ބޮޑު ދެ ފިލްމަކުން ވެސް ފުރުސަތު ލިބިފައިވެ އެވެ. އެއީ ސަލްމާން ހާންގެ "ބާރަތު" އާއި ޖޯންގެ "ބަތުލާ ހައުސް" އިންނެވެ. އަދި "ދިލްބަރު" ގެ އަރަބިކް ވާޝަނެއް ވަނީ ނޯރާގެ އަމިއްލަ އަޑުން ކިޔައި، އޭގެ ވީޑިއޯ ވެސް ގެނެސް ދީފަ އެވެ.
"އަހަރެން ބުނާނީ މިދިޔަ އަހަރު އެހާ ކާމިޔާބު އަހަރަކަށްވީ ބުރަކޮށް މަސައްކަތް ކުރީމައޭ،" އިންޑިއޯ-އޭޝިއަން ނިއުސް ސާވިސް (އިއަންސް) އަށް ދިން އިންޓަވިއުއެއްގައި ނޯރާ ބުންޏެވެ. "ކުރިއަށް އޮތް ތަނުގައި ވެސް އަހަރެން ވަރަށް މަސައްކަތް ކުރާނަން. ކާމިޔާބީއަކީ މަސައްކަތް ކުރާ މީހުންގެ ހައްގެއް."
އޭނާ ބުނި ގޮތުގައި މިދިޔަ އަހަރުގެ އެންމެ ހާއްސަ މަސައްކަތަކީ "ދިލްބަރު" އެވެ. އަދި ގިނަ ބަޔަކަށް އޭނާ އެނގެން ފެށުމުގެ މައިގަނޑު ސިއްރަކީ ވެސް އެ ލަވަ ކަމަށް ބުންޏެވެ.
"އެ ލަވަ އަހަރެން ސިފަ ކުރާނީ ކެރިއަރުގެ ޓާނިން ޕޮއިންޓެއްގެ ގޮތުގައި. އަދި އެ ފުރުސަތު ދިން އެންމެންނަށް ހިތުގެ އަޑިން ޝުކުރު ވެސް އަދާ ކުރަން،" ބާހްބަލީގެ އައިޓަމް ލަވައަކުން ފެނުނު ބަތަލާ ބުންޏެވެ. "މިހާރު ކޮންމެ ތާކަށް ދިޔަސް އެންމެ ފުރަތަމަ އެ ލަވައިގެ ވާހަކަ އެންމެން ވެސް އަހާނީ."
ނޯރާ ބުނީ ބޮލީވުޑުން ޖާގައެއް ހޯދުމުގެ އުންމީދުގައި އެންމެ ފުރަތަމަ އިންޑިއާ އަށް ފުންމައިލި އިރު، އެންމެ ބޮޑު ޗެލެންޖަކަށްވީ ހިންދީ ބަސް ނޭނގުން ކަމަށެވެ. އެކަމަކު މަޑުމަޑުން މަސައްކަތް ކުރަމުން ގޮސް މިހާރު އަމިއްލަ އަށް ހިންދީ ބަހުން ވާހަކަ ދައްކަން އެނގޭ ކަމަށް ބުންޏެވެ.
ނޯރާ ފަތެހީ ލަވަކިޔުންތެރިއަކަށް
ސީދޫގެ މަރުގެ ޒިިންމާ ގޭންގަކުން އުފުލައިފި
ކެނެޑާގެ ރަށްވެހިކަން ހޯދި ސަބަބު އަކްޝޭ ކިޔައިދީފި
ރަށްވެހިކަމާ ދޭތެރޭ ސުވާލު އުފައްދާތީ އަކްޝޭގެ ޝަކުވާ
އިދުރީސް އެލްބާ ތިން ވަނަ ކައިވެނިކޮށްފި
ކާދަރޭ ހޮސްޕިޓަލުގައި، ހާލު ވަރަށް ސީރިއަސް
"ވީރް ޒާރާ" އަނެއްކާވެސް ސިނަމާ އަށް
ވަރުންގެ "ބޭބީ ޖޯން"ގައި ސަލްމާން؟
ބޫލް ބުލައްޔާ 3 އާއި ސިންގަމް އަށް ރަނގަޅު ފެށުމެއް
ޝާހު ސިނގިރޭޓު ބުއިން ހުއްޓާލައިފި