08 ޖެނުއަރީ 2019
މެލޭޝިއާގައި ބޭރު ގައުމުތަކުގެ ލައިސަންސް ބޭނުން ކުރުމުގެ އުސޫލަށް ގެނައި ބަދަލަކާ ގުޅިގެން ރާއްޖޭގެ ލައިސަންސް އެ ގައުމުގައި ބޭނުން ކުރުން މަނާކޮށްފި އެވެ.
މެލޭޝިއާގައި ބޭރު ގައުމުތަކުގެ ލައިސަންސް ބޭނުން ކުރުމުގެ އުސޫލަށް ގެނައި ބަދަލަކާ ގުޅިގެން ރާއްޖޭގެ ލައިސަންސް އެ ގައުމުގައި ބޭނުން ކުރުން މަނާކޮށްފި އެވެ.
މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ މެލޭޝިއާގައި ބޭރު ގައުމުތަކުގެ ލައިސަންސް ބޭނުން ކުރުމުގެ އުސޫލުތައް ހަރުދަނާ ކުރަން އެ ގައުމުގެ ސަރުކާރުން މަސައްކަތް ފެށުމާ ގުޅިގެން ބޭރު ގައުމުތަކުގެ ލައިސަންސް ގަބޫލުކުރުން ވަގުތީ ގޮތުން މިހާރު ހުއްޓާލާފައިވާ ކަމަށެވެ.
އެހެންވެ، ކުރިން އެމްބަސީގެ ލިޔުމަކާ އެކު ބޭނުން ކުރަމުން ދިޔަ ރާއްޖޭގެ ޑްރައިވިން ލައިސަންސް ބަލައިނުގަންނާނެ ކަމަށް އެ ގައުމުގެ ސަރުކާރުން އަންގާފައިވާތީ އެ ލިޔުން ބޭނުން ކޮށްގެން އުޅަނދުތައް ނުދުއްވަން އެ ބަޔާނުގައި އެދިފައިވެ އެވެ.
އެމްބަސީން ބުނި ގޮތުގައި މެލޭޝިއާ އިން ގެނައި ބަދަލަކީ ހުރިހާ ގައުމުތަކަށް އެއް ހަމައަކުން އެޅި ފިޔަވަޅެކެވެ. އެކަމަކު އެ ބަދަލުގެ ސަބަބުން މެލޭޝިއާގައި ދިރިއުޅޭ ގިނަ ބަޔަކަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް ބަޔާނުގައިވެ އެވެ.
ދިވެހި އެމްބަސީން ބުީ އެކަމަށް ހައްލެއް ލިބޭތޯ ސަރުކާރުން މެލޭޝިއާގެ ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
"ދިވެހި ސަރުކާރުން މިހާރު ގެންދަނީ މިކަމަށް އަވަސް ހައްލެއް ހޯދުމަށްޓަކައި މެލޭޝިއާގެ ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުންނެވެ،" ބަޔާނުގައިވެ އެވެ.
އެމްބަސީން އެދިފައި ވަނީ އެކަމަށް ހައްލެއް ލިބެންދެން މެލޭޝިއާގެ ޑްރައިވިން ސްކޫލަކުން ލައިސަންސް ނެގުން ނުވަތަ އިންޓަނޭޝަނަލް ލައިސަންސެއް އޮތް ނަމަ، އެ ލައިސަންސެއް ބޭނުން ކުރުމަށެވެ.
މެލޭޝިއާގައި އުޅޭ ވަރަށް ގިނަ ދިވެހިން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން ކާރު ފަދަ އުޅަނދުތައް ދުއްވަ އެވެ.
ރާއްޖޭގެ ލައިސަންސް މެލޭޝިއާއިން ގަބޫލުކުރާ ގޮތް ހަދަނީ
އިތުރު 10 ރަށަކުން ލައިސަންސް ނެގޭނެ ގޮތް ހަދައިފި
ރާއްޖެ އެތެރެކުރި 3.5 ކިލޯގެ ޑްރަގްސް އަތުލައިގެންފި
މެލޭޝިއާއިން ރާއްޖެއަށް 561 ސްކޮލަޝިޕް
މެލޭޝިއާ އެއާލައިންގެ ދަތުރުތައް އަލުން ފަށަނީ
ބިދޭސީން ތިބޭ ތަންތަން ހަދަން މެލޭޝިއާ ކުންފުންޏެއް!
ލަންކާ ސަފީރު ކަމަށް މަސްއޫދު، މެލޭޝިއާ އަށް ޝަބީނާ
މަދަނީ އަބްދުﷲ މެލޭޝިއާ އިން ހިފަހައްޓައިފި
މެލޭޝިއާގެ އިމާރާތަކުން ވެއްޓި ދިވެއްސަކު މަރުވެއްޖެ
އިންޓަނޭޝަނަލް ޑްރައިވިން ލައިސަންސަށް ހުޅުވާލައިފި