Roadha Mihaaru
ނޮވެލްޓީ އަލީ ހުސެއިން އަވަހާރަވެއްޖެ

ނޮވެލްޓީ އަލީ ހުސެއިން އަވަހާރަވެއްޖެ

09 ޖެނުއަރީ 2019

ދިވެހިރާއްޖޭގައި ޗާޕުގެ މަސައްކަތް އެންމެ ފުޅާ ދާއިރާއެއްގައި ކުރައްވަމުން އަންނަ ހިދުމަތްތެރިޔާ އަލީ ހުސެއިން، 82، މިއަދު ހެނދުނު އަވަހާރަވެއްޖެ އެވެ.

ދިވެހިރާއްޖޭގައި ޗާޕުގެ މަސައްކަތް އެންމެ ފުޅާ ދާއިރާއެއްގައި ކުރައްވަމުން އަންނަ ހިދުމަތްތެރިޔާ އަލީ ހުސެއިން، 82، މިއަދު ހެނދުނު އަވަހާރަވެއްޖެ އެވެ.

ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ އޮފީހުގައި މަސައްކަތް ކުރައްވައި ދައުލަތަށް ހިދުމަތް ކުރައްވާފައިވާ އަލީ ހުސެއިން ޗާޕުގެ މަސައްކަތުގެ ތެރެއަށް ވެންނެވީ މީގެ ފަންސާހަކަށް އަހަރު ކުރިންނެވެ. ޗާޕުގެ މަސައްކަތުގެ ތެރެއިން އަދި ލިޔުންތެރިކަމުގެ ރޮނގުން އަލީ ހުސެއިން ވަނީ ދިވެހިރާއްޖޭގެ އަދަބިއްޔާތާއި ތާރީހަށް ވަރަށް ގިނަ ހިދުމަތްތަކެއް ކުރައްވައިފަ އެވެ.

ދިވެހިރާއްޖޭގައި ޗާޕުގެ މަސައްކަތް ތަރައްޤީކުރުމުގެ ދާއިރާއިން އަލީ ހުސެއިނަނަށް ސަރުކާރުން ވަނީ އާއްމު ހިދުމަތުގެ ޝަރަފްވެރިކަމުގެ އިނާމް 2003 ވަނަ އަހަރު ދީފަ އެވެ. އަދި ހިތްވަރު ދިނުމުގެ އިނާމާއި މިނިވަން 25 ގެ އިނާމް ވެސް ވަނީ ދީފަ އެވެ.

އަލީ ހުސެއިން އަކީ ވަރަށް ގޮތުގައި ހުންނެވި ބޭފުޅެކެވެ. ރާއްޖޭގެ ކޮންމެ ވެރިއެއްގެ ވެސް އިހުތިރާމް ހޯއްދެވި އެވެ. އަދި އެ ބޭފުޅުން އޭނާއަށް ވަރަށް ގަދަރު ވެސް ކުރެއްވި އެވެ. އޭނާ ވަރަށް ސީދަލަށް ވިދާޅުވަން ބޭނުންފުޅުވާ ވާހަކަތައް ލިއުއްވާފައި، ވެރިންގެ އަރިހަށް ފޮނުއްވަ އެވެ.

ރާއްޖޭގެ ޗާޕް މަސައްކަތުގެ ބާނީ

އަލީ ހުސޭނަކީ ދިވެހި ޗާޕްގެ ބާނީ ކަމަށް، އެ ދާއިރާގެ މީހުން ސިފަކުރެ އެވެ. ރާއްޖެ އަށް ފުރަތަމަ އޮފްސެޓް ޗާޕާއި އޭގެ ފަހުން ކުލަ ޗާޕް ތައާރަފުކުރެއްވީ ވެސް، ނޮވެލްޓީ ބުކްޝޮޕްގެ ވެރިޔާ، އަލީ ހުސޭނެވެ. އޭނާގެ ޗާޕްހާނާއަކީ ރާއްޖޭގެ އެންމެ ބޮޑު ޕްރިންޓިން ހައުސް އެވެ. ހަތަރު ކުލައިގެ ޗާޕް މެޝިން ފުރަތަމަ ގެނައީ ވެސް އެތަނަށެވެ. އޭގެ އިތުރުން ވެސް މި ޒަމާނުގެ ޗާޕާ ގުޅޭ ވަރަށް ގިނަ ސާމާނަށް އަލީ ހުސެން ވަނީ ވަރަށް ބޮޑު އިންވެސްޓެއް ކުރައްވައިފަ އެވެ.

އަލީ ހުސެއިންގެ ކަށުނަމާދު އޮންނާނީ މިރޭ މަޣުރިބު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.