Roadha Mihaaru
އެޕަލްއިން ޗައިނާ ދަތުރުތަކަށް ދުވާލަކު 50 ޓިކެޓް

އެޕަލް އިން ކޮންމެ ދުވަހަކު ޗައިނާ އަށް ދަތުރުކުރަން ބިޒްނަސް ކްލާހުން 50 ޓިކެޓް ގަނޭ

13 ޖެނުއަރީ 2019

ޗައިނާ އަކީ އެޕަލް އަށް ވަރަށް މުހިންމު މާކެޓެކެވެ. އެ ގައުމަށް ކުރަންޖެހޭ ދަތުރުތައް ގިނަވަނީ އެހެންވެ އެވެ. އެޕަލްގެ ޑިވައިސްތަކަށް ބޭނުންވާ ހާޑްވެއާ ބައިތައް އުފައްދައިދޭ ކުންފުނިތައް ޗައިނާގައި ވަރަށް ގިނަ އެވެ. އެއިން ކޮންމެ ކުންފުންޏަކާ އެކު ގުޅުން ބަދަހިކުރަން އެ ގައުމަށް ދަތުރުކުރާ ވެރިން، އެޕަލްގެ މަތިފަޑީގައި ވަރަށް ގިނަ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ޔުނައިޓެޑް އިން ހާމަކުރި މައުލޫމާތުން ދައްކާ ގޮތުގައި، ޗައިނާ ދަތުރުކުރަން އެޕަލް އިން ކޮންމެ ދުވަހަކު ބިޒްނަސް ކްލާހުން 50 ގޮނޑި ގަނެ އެވެ. ޗައިނާ ދަތުރުތަކަށް ކޮންމެ އަހަރަކު 35 މިލިއަން ޑޮލަރު އެޕަލް ހޭދަކުރެ އެވެ.

އެޕަލް އަކީ ޔުނައިޓެޑުން އެންމެ ގިނައިން ދަތުރުކުރާ ކުންފުނި ކަމަށް ވެސް ވަނީ ފާހަގަކޮށްފަ އެވެ. މުޅި އަހަރަށް ބަލައި އަދި އެހެން މަންޒިލްތައް ވެސް ހިމަނައި، އެ އެއާލައިނުން ކުރާ ދަތުރުތަކަށް އަހަރަކު 150 މިލިއަން ޑޮލަރު އެޕަލް ހޭދަކުރާ ކަމަށް ވެ އެވެ.

އެޕަލް އިން އެންމެ ގިނައިން ދަތުރުކުރާ ގައުމުތަކަށް ބަލާއިރު، ލިސްޓް ފެށެނީ ޗައިނާގެ ޝަންހާއިންނެވެ. ދެވަނާގައި ހޮންގް ކޮންގް އެވެ. އެއަށް ފަހު ތަރުތީބުން ތިންވަނާގައި ޓައިޕޭ، ލަންޑަން، ސައުތު ކޮރެއާ، ސިންގްޕޫރު، މިއުނިކް، ޓޯކިޔޯ، ބީޖިން އަދި ދިހަ ވަނާގައި އިޒްރޭލް އެވެ.

ދުނިޔޭގެ ވިޔަފާރި ބާޒާރުގައި މިއަދު އެޕަލް އޮތީ އޮއިވަރު ގަދަ މާހައުލެއްގަ އެވެ. އެޕަލް އުޅެނީ ކުންފުނީގެ މުސްތަގްބަލު ބައްޓަންކުރަން ދަތިވެގެންނެވެ. އެމެރިކާ އާއި ޗައިނާގެ ގުޅުން ހީނަރުވެ، ވިޔަފާރިކުރުމަށް އޮތް މިނިވަންކަން ވަނީ ގެއްލިފަ އެވެ. ދެ ގައުމު މަސަލަސްކޮށްގެން ނަމަވެސް، ކުންފުނި ދެމެހެއްޓުން އެޕަލް އަށް ވަނީ މަޖުބޫރުވެ ފަ އެވެ. މި ފަދަ މަސައްކަތްތަކަށްޓަކައި އެޕަލް ކުރަން ޖެހޭ ދަތުރުތައް މި ދުވަސްވަރު އިތުރުވާނެ ކަމަށް ބެލެވެ އެވެ.