Roadha Mihaaru

ޑިންގީއެއް ބަނޑުން ޖަހާލައި އަންހެނަކު ގެއްލިގެން ހޯދަނީ

ލ. ކައްދޫން އެ އަތޮޅު މާމެންދު އަށް ދަތުރުކުރި ޑިންގީއެއް މިރޭ ބަނޑުން ޖަހާލައި އުމުރުން 19 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ ދެ މީހުން ދަތުރުކުރި މި ޑިންގީ ބަންޑުން ޖަހައިލީ ލ. ގާދޫ ކަނޑުއޮޅި އަށް ކަމަށެވެ.

ޑިންގީ ބަންޑުން ޖަހައިލުމުން، އޭގައި ހުރި ފިރިހެން މީހާ ފަތާފައި ގޮސް ސިކްސް ސެންސަސް ރިސޯޓަށް އެރި ނަމަވެސް އަންހެން މީހާ ނުފެންނަ ކަމަށް ފުލުހުން ބުނެ އެވެ.

މާމެންދޫ އެ އަންހެންމީހާ ހޯދުމުގެ މަސައްކަތް އެ ރަށުގެ ލޯންޗްތަކުންނާއި ސިކްސް ސެންސަސް ރިސޯޓުގެ ލޯންޗު އަދި ސިފައިންނާއި ފުލުހުން ގުޅިގެން މިހާރު އަންނަނީ ކުރަމުންނެވެ.