Roadha Mihaaru
ރިޔާޒް، ކިނބިދޫ ދާއިރާއަށް އިންވެސްޓަރަކު ހޯއްދަވައިފި

ރިޔާޒް، ކިނބިދޫ ދާއިރާގެ ރަށްތަކުގެ ނަރުދަމާ އަޅާނެ ބަޔަކު ހޯއްދަވައިފި

27 މާޗް 2019

ކިނބިދޫ ދާއިރާގެ ފަސް ރަށުގައި ފެނާއި ނަރުދަމާ އަޅާނެ ބަޔަކު ރައްޔިތުންގެ މަޖިލީހުގެ އެެ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ހޯއްދަވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކިނބިދޫ ދާއިރާގެ ފަސް ރަށުގައި ފެނާއި ނަރުދަމާ އަޅާނެ ބަޔަކު ރައްޔިތުންގެ މަޖިލީހުގެ އެެ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ހޯއްދަވައިފި އެވެ.

ރިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކިނބިދޫ ދާއިރާގެ ފަސް ރަށުގެ ފެނާއި ނަރުދަމާ އަޅަން ޝައުގުވެރިވާ ބޭރުގެ އިންވެސްޓަރަކު ހޯއްދެވުމަށް ފަހު އެކަން ސަރުކާރަށް މިއަދު ހުށަހަޅުއްވާފައިވާ ކަމަށެވެ. އެ ދާއިރާގެ ފެނާއި ނަރުދަމާ އަށް 12 މިލިއަން ޑޮލަރު ހަރަދުކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ކިނބިދޫ ދާއިރާގައި ހިމެނެނީ ކިނބިދޫގެ އިތުރުން ހިރިލަންދު އާއި ކަނޑޫދު އާއި އޮމަދޫގެ އިތުރުން ވަންދޫ އެވެ. އެ ރަށްތަކުގެ ނަރުދަމާ އަޅާނެ އިންވެސްޓަރަކު ހޯއްދެވުމަށް ފަހު، ރިޔާޒް ޕްރޮޕޯސަލް ހަވާލުކުރެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާ އެވެ.

ކިނބިދޫ ދާއިރާގެ ރަށް ތަކުގެ ފެނާއި ނަރުދަމާ އަޅާނެ ބަޔަކު ރިޔާޒް ހޯއްދެވި އިރު އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރިޔާޒް ވާދަ ކުރައްވަނީ އެ ދާއިރާއަކަށް ނޫނެވެ. އޭނާ މިފަހަރު ވާދަ ކުރައްވަނީ ތިމަރަފުށީ ދާއިރާ އަށެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމް ފުރުއްވާފައިވާ ރިޔާޒް ސިޔާސީ ދާއިރާ އަށް ނުކުންނެވީ 2014 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގަ އެވެ.