Roadha Mihaaru
ހަމަޖެހުން އޮތީ ޕީޕީއެމް އާއި ޖޭޕީއަށް މެޖޯރިޓީ ދީގެން

ހަމަޖެހުމެއް އޮތީ ޕީޕީއެމް، ކޮންގްރެސް ޕާޓީ އަދި ޖޭޕީ އަށް އަޣުލަބިއްޔަތު ދީގެން: ޔާމީން

29 މާޗް 2019

ރާއްޖެ އަށް ހަމަޖެހުމެއް ގެނެވެން އޮތީ އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޕީޕީއެމް/ކޮންގްރެސް ޕާޓީ އަދި ޖުމްހޫރީ ޕާޓީ އަށް ބޮޑު އަޣުލަބިއްޔަތެއް ދީގެން ކަމަށް ކުރީގެ ރައީސް އަދި މިހާރުގެ އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖެ އަށް ހަމަޖެހުމެއް ގެނެވެން އޮތީ އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޕީޕީއެމް/ކޮންގްރެސް ޕާޓީ އަދި ޖުމްހޫރީ ޕާޓީ އަށް ބޮޑު އަޣުލަބިއްޔަތެއް ދީގެން ކަމަށް ކުރީގެ ރައީސް އަދި މިހާރުގެ އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ޔާމީން އެގޮތަށް ވިދާޅުވީ، މަޖިލިސް އިންތިޚާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި މަޑުއްވަރީ ދާއިރާ އަށް ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފްގެ ފަރާތުން ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ފޯނުން ގުޅުއްވައި، ވާހަކަފުޅު ދައްކަވަމުންނެވެ.

މިއީ މިދިޔަ މަހުން ފެށިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބަހައްޓާފައި ވަނިކޮށް، ހައި ކޯޓުން އިއްޔެ ޔާމީން މިނިވަން ކުރުމާ އެކު ޖަލްސާއެއްގައި ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ.

"ދިވެހިރާއްޖޭ ގައި އެއްވެސް ބަޔަކަށް ހަމަ ނޭވާއެއް ލެވޭނެ ގޮތެއް އޮތީ މި ފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގިނަ ގޮނޑިތައް، ބޮޑު އަޣުލަބިއްޔަތެއް ޕީޕީއެމް އާއި ޕީއެންސީ ދެން ޖުމްހޫރީ ޕާޓީ ގުޅިގެން މިކުރާ މަސައްކަތުގައި ރައްޔިތުން އަޅުގަނޑުމެންނަށް ދެއްވައިގެން. މިއީ އެހާ ސާފުކޮށް ފެންނަ ހުރި ކަންކަން. މި ކަމުގައި ބަހުސް ކުރާކަށް ނުޖެހޭ." ޔާމީން

ރާއްޖެ އަށް ހަމަޖެހުމެއް ގެނެވެން އޮތީ މި ފަހަރުގެ އާންމު އިންތިޚާބުގައި އިދިކޮޅު ޕީޕީއެމް/ކޮންގްރެސް ޕާޓީގެ އިތުރުން ޖުމްހޫރީ ޕާޓީ އަށް ބޮޑު އަޣުލަބިއްޔަތެއް ދީގެން ކަމަށް ޔާމީން ވިދާޅުވިއިރު ޖުމްހޫރީ ޕާޓީ އަކީ މި ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ޕާޓީ އެވެ. އެކަމަކު، ކޯލިޝަންގެ ޕާޓީތަކުގެ މެދު މަޖިލިސް އިންތިޚާބަށް ގޮނޑިތައް ބަހަން އެއްބަސްވި ގޮތާ އެމްޑީޕީން ޚިލާފުވެފައިވާ ކަމަށް ބުނެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގެންދަވަނީ އެމްޑީޕީ އާއި އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވަމުންނެވެ. މަޖިލިސް އިންތިޚާބަށް ކޯލިޝަންގެ ޕާޓީތަކުން ގޮނޑިތައް ބަހާނެ ގޮތަކާ މެދު އެއްބަސްވެފައިވީ ނަމަވެސް އެމްޑީޕީން ވަނީ ހުރިހާ ދާއިރާ އަކަށް ވާދަކުރަން ފާސްކޮށްފަ އެވެ. އެހެންވެ، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީއާ ދެމެދު ވަނީ ކޯޅުން ފެށިފަ އެވެ.

ޔާމީން ރޭ ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ އަޣުލަބިއްޔަތު މަޖިލީހުގައި މިހާރު ނެތްއިރު ވެސް ކަންކަން ކުރަމުންދާ ގޮތް ފެންނަމުންދާ ކަމަށާއި އެ ޕާޓީ އަށް އަޣުލަބިއްޔަތު ދީފި ނަމަ ކަންކަން ކުރާނެ ގޮތް ރައްޔިތުން ވިސްނަން ޖެހޭނެ ކަމަށެވެ. ރާއްޖެ އަށް ހަމަޖެހުމެއް މިހާރު ގެނެވެން އޮތީ މަޖިލިސް އިންތިޚާބުގައި ޕީޕީއެމާއި ކޮންގްރެސް ޕާޓީ އަދި ޖުމްހޫރީ ޕާޓީ އަށް ބޮޑު އަޣުލަބިއްޔަތެއް ދީގެން ކަމަށް ޕީޕީއެމްގެ ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އެކަމުގައި ރައްޔިތުން އިހްލާސްތެރިވާން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ދިވެހިރާއްޖޭ ގައި އެއްވެސް ބަޔަކަށް ހަމަ ނޭވާއެއް ލެވޭނެ ގޮތެއް އޮތީ މި ފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގިނަ ގޮނޑިތައް، ބޮޑު އަޣުލަބިއްޔަތެއް ޕީޕީއެމް އާއި ޕީއެންސީ ދެން ޖުމްހޫރީ ޕާޓީ ގުޅިގެން މިކުރާ މަސައްކަތުގައި ރައްޔިތުން އަޅުގަނޑުމެންނަށް ދެއްވައިގެން. މިއީ އެހާ ސާފުކޮށް ފެންނަ ހުރި ކަންކަން. މި ކަމުގައި ބަހުސް ކުރާކަށް ނުޖެހޭ." ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ގައުމަށް ތަރައްގީ ގެންނަން ބޭނުންވާ ނަމަ ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ހައްގު ނުވާނެ އެއްވެސް ގޮތެއް ނޯންނާނެ އެވެ. އަދި ފައިސާގެ ނުފޫޒުގައި ޖެހި އެއްވެސް ބަޔަކު ވޯޓު ވިއްކާ ނުލުމަށް ޔާމީން އެދިވަޑައިގަތެވެވެ. އަދި ލިބޭ ފައިސާ އަށް ވުރެ ބޮޑަށް އަންނަން އޮތް ޖީލުތަކާއި ގައުމުގެ ހަމަޖެހުމަށް ވިސްނުން މާ މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެއީތޯ މުހިންމީ ނުވަތަ އަޅުގަނޑުމެންގެ ޒުވާން ޖީލާއި އަންނަން އޮތް ޖީލުތަކާއި އަމާންކަމާއި ރައްކާތެރިކަމާއި މިއަދުގެ ގައުމުގެ ހާލަތްތޯ މުހިންމު ވަނީ." ޔާމީން ސުވާލު އުފެއްދެވި އެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާނު ބަންދުކުރީ ސިޔާސީ ގޮތުން ކަމަށާއި އެކަން ކުރީ އެއްވެސް ސަބަބެއް އޮވެގެން ނޫން ކަމަށެވެ. އަދިވެސް އެމަނިކުފާނު ބަންދު ކުރަން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށާއި އެކަމާ މެދު ރައްޔިތުން ހޭލުންތެރިވާންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޕީޕީއެމާއި ކޮންގްރެސް ޕާޓީން ޖުމްހޫރީ ޕާޓީގެ 27 ކެންޑިޑޭޓަކަށް ތާއީދު ކުރާކަން ވަނީ އިއުލާން ކޮށްފަ އެވެ.