Roadha Mihaaru
އެސްޑީއެފްސީން އާ ދެ ލޯނެއް ތައާރަފްކޮށްފި

އެސްޑީއެފްސީން ވިޔަފާރިތަކަށް އާ ދެ ލޯނެއް ތައާރަފްކޮށްފި

18 އެޕްރީލް 2019

އަލަށް ފަށާ ވިޔަފާރިތަކާއި މިހާރު ހިނގަމުންދާ ވިޔަފާރިތަކަށް އަމާޒު ކޮށްގެން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދެ ލޯނެއް މިއަދު ތައާރަފްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަލަށް ފަށާ ވިޔަފާރިތަކާއި މިހާރު ހިނގަމުންދާ ވިޔަފާރިތަކަށް އަމާޒު ކޮށްގެން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދެ ލޯނެއް މިއަދު ތައާރަފްކޮށްފި އެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް މި ސަރުކާރުން އުފައްދާފައިވާ އެސްޑީއެފްސީން އަލަށް ތައާރަފްކުރި ދެ ލޯނަކީ "ފަށާ ވިޔަފާރި" އަދި "ވިޔަފާރި ތަރައްގީ" އެވެ. އެއީ އަލަށް ފަށާ ވިޔަފާރިތަކާއި މިހާރު ހިންގާ ވިޔަފާރިތަކަށް އަމާޒު ކޮށްގެން ތައާރަފްކުރި ދެ ލޯނު ކަމަށް އެސްޑީއެފްސީ އިން ބުންޏެވެ.

އެސްޑީއެފްސީން ނެރުނު ބަޔާނެއްގައި ވަނީ އެ ލޯނުތައް ދޫކުރާނީ ހަތަރު ޕަސެންޓާއި ނުވަ ޕަސެންޓާ ދެމެދު އިންޓަރެސްޓް ރޭޓެއްގައި، ގިނަވެގެން 10 އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ކަމަށެވެ. ލޯނު ދޫކުރެވޭނެ އިންޓަރެސްޓް ރޭޓާއި މުއްދަތު ކަނޑައެޅޭނީ ލޯނު އެޕްލިކޭޝަންތަކާއި ވިޔަފާރީގެ ރިސްކު އަދި ފީސިބިލިޓީ އަށް ވެސް ބެލުމަށް ފަހު ކަމަށް ބަޔާނުގައި ވެ އެވެ. އަދި ލޯނުގެ އަދަދާއި ވިޔަފާރި އަށް ބެލުމަށް ފަހު، ރަހުނަކާ ނުލައި ވެސް ލޯނު ދޫކުރެވިދާނެ ކަމަށް ވެސް އެސްޑީއެފްސީން ބުނެ އެވެ.

އާ ދެ ލޯނާ އެކު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޖުމުލަ ހަ ލޯނެއް އެސްޑީއެފްސީން ދޫކުރެ އެވެ. އޭގެ ސަބަބުން ކުދި ވިޔަފާރިތަކަށް ލޯނު ހޯދުމުގައި ހުރި ދަތިތަކަށް ލުޔެއް ލިބޭނެ ކަމަށް އެސްޑީއެފްސީން ބުންޏެވެ.