Roadha Mihaaru
"ބޮމުގެ ހަމަލާއާ ގުޅިގެން އަތުނުވެ ތިބީ މަދު ބައެއް"

ބޮމުގެ ހަމަލާއާ ގުޅިގެން އަތުނުވެ ތިބީ މަދު ބައެއް: ރަނިލް

03 މެއި 2019

ކޮލަމްބޯ (މެއި 3) - އީސްޓާ ސަންޑޭގައި ސްރީ ލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅުން ހުރި ކަމަށް ބެލެވޭ މީހުންގެ ތެރޭން އަތުނުވެ ތިބީ މަދު ބައެއް ކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (މެއި 3) - އީސްޓާ ސަންޑޭގައި ސްރީ ލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅުން ހުރި ކަމަށް ބެލެވޭ މީހުންގެ ތެރޭން އަތުނުވެ ތިބީ މަދު ބައެއް ކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.

ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅު ޓެމްޕަލް ޓްރީސްގައި ސިވިލް ސޮސަައިޓީގެ ބައެއް މެންބަރުންނާ އެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި ރަނިލް ވިދާޅުވީ ބޮމުގެ ހަމަލާއާ ގުޅުން ހުރި ގިނަ ބަޔަކު އަމިއްލަ އަށް މަރުވެ އަނެއް ބަޔަކު ސަލާމަތީ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ބޮމުގެ ހަމަލާއާ ގުޅިގެން މިހާތަނަށް ވަނީ 150 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ. ހައްޔަރު ކުރަމުން ދަނީ އަމިއްލަ އަށް މަރުވެގެން ހަމަލާ ދިން ނުވަ މީހުންގެ އާއިލާ މީހުންނާއި އެ މީހުންނާ އެކި ގޮތް ގޮތުން ގުޅުން ހުރި މީހުންނެވެ. ކިންގްސްބަރީ ހޮޓަލުގައި ބޮން ގޮއްވި މުހައްމަދު އައްޒާމް މުބާރަކް މުހައްމަދުގެ އަންހެނުން މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. ސެއިންޓް އެންތަނީ ފައްޅި އަށް ހަމަލާ ދިން އަހުމަދު މުއާޒްގެ ބޭބެ ވަނީ ހައްޔަރުކޮށްފަ އެވެ.

ކޮލަމްބޯގެ ލަގްޒަރީ ތިން ހޮޓަލަކަށާއި ތިން ފައްޅިއަކަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 257 އަށް އަރައިފަ އެވެ.

ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވީ ކޮންމެ ގެއެއް ބަލައި ފާސްކުރާނެ ކަމަށާއި ކާކުކަން ނޭނގޭ މީހަކަށް ލަންކާގައި ދެން ނޫޅޭނެވޭނެ ކަމަށެވެ.