Roadha Mihaaru
ސައިކަލެއް ކޮންޓްރޯލުން ނެއްޓި ކުޑަ ކުއްޖަކު ޒަހަމްވެއްޖެ

ސައިކަލެއް ކޮންޓްރޯލުން ނެއްޓި ކުޑަ ކުއްޖަކު ޒަހަމްވެއްޖެ

15 މެއި 2019

މާލެ އިން ހުޅުމާލެ އަށް ކުޑަ ކުއްޖަކު ގޮވައިގެން ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ހައިވޭގެ ފެންސްގައި ޖެހި މިރޭ އިރާކޮޅު ހިނގި އެކްސިޑެންޓެއްގައި އެއް އަހަރުގެ ކުއްޖަކު ޒަހަމްވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލެ އިން ހުޅުމާލެ އަށް ކުޑަ ކުއްޖަކު ގޮވައިގެން ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ހައިވޭގެ ފެންސްގައި ޖެހި މިރޭ އިރާކޮޅު ހިނގި އެކްސިޑެންޓެއްގައި އެއް އަހަރުގެ ކުއްޖަކު ޒަހަމްވެއްޖެ އެވެ.

ފުލުހުން ބުނީ، އެކްސިޑެންޓުގައި އެ ކުއްޖާގެ ބޮލުން ގާތްގަނޑަކަށް ތިން އިންޗި ވަނީ ކަފައިގެން ގޮސްފަ އެވެ. އެ ކުއްޖާ އަށް އޭޑީކޭ ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

ބޮލަށް ލިބުނު އަނިޔާތައް ބަލަން އެ ކުއްޖާގެ ސީޓީ ސްކޭނެއް މިރޭ ހަދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހައިވޭގެ ރާޑަރު ކައިރިން ފެންސްގައި ޖެހި މި އެކްސިޑެންޓް ހިނގި އިރު، ސައިކަލް ދުއްވި ފިރިހެންމީހާ އާއި ކުޑަ ކުއްޖާ ވެސް އިނީ ހެލްމެޓް އަޅައިގެންނެވެ. ކުޑަކުއްޖާ އިނީ ބެލްޓު ވެސް އަޅުވާފައި ކަަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ސައިކަލް ދުއްވި އުމުރުން 46 އަހަރުގެ މީހާގެ ދަތްދޮޅި އާއި ދެ ކަކޫ މަށައިގެން ގޮސްފައިވާ ކަމަށާއި އޭނާ އަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

ސައިކަލް ދުއްވި މީހާގެ އަތުގައި ލައިސަންސް އޮތް ކަމަށް ފުލުހުން ބުންޏެވެ.

މަގުމަތީގެ ގަވާއިދުތަކަށް ބެލުމެއް ނެތި، ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން ހިނގާ އެކްސިޑެންޓުތައް ގިނަ އެވެ. އާއްމު މަސްތަކާ އަޅާބަލާއިރު، މި ރޯދަ މަހު މިފަދަ އެކްސިޑެންޓްތައް ވަނީ މާބޮޑަށް އިތުރުވެފަ އެވެ. މިފަދަ ބައެއް އެކްސިޑެންޓްތަކުގައި މީހުން މަރުވެފައިވާ އިރު، ބައެއް މީހުންނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.