18 މެއި 2019
ރާއްޖޭގެ އެކި ހިސާބުތަކުގައި ސަރަޙައްދީ ދާރުލްއާސާރުތަކެއް ހުޅުވުމުގެ ޕްލޭންތައް ހަދައި މަޝްވަރާތައް ދަނީ ކުރަމުން ކަމަށް، އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ސަރަޙައްދީ ދާރުލްއާސާރުތަކެއް ހުޅުވުމުގެ ޕްލޭންތައް ހަދައި މަޝްވަރާތައް ދަނީ ކުރަމުން ކަމަށް، އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަ ކުރާ ބައިނަލްއަގުވާމީ ދާރުލްއާސާރު ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވީ ދާރުލްއާސާރުގެ އެކިއެކި ގޮފިތައް ހުޅުވި، ސަރަޙައްދީ ދާރުލްއާސާރުތަކާއި އަމިއްލަ ދާރުލްއާސާރުތައް ހުޅުވިގެންދިއުމަކީ ދިވެހީންގެ ޒަމާންވީ ތާރީހާއި ތަރިކަ އާއި ސަގާފަތާ މެދު ދިވެހިންގެ ހިތްތަކުގައި ފަހުރުވެރިކަން އުފެދޭނޭ ކަމެއް ކަމަށެވެ.
"މިގޮތަށް ހުޅުވޭ ސަރަޙައްދީ ދާރުލްއާސާރުތައް ވެގެންދާނީ ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީ އަށް މުހިންމު ދައުރެއް އަދާކުރާ ތަނަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.
"މިއީ އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާ ހަވާލުކުރައްވާފައިވާ އަގުބޮޑު އަމާނާތެއް. މި ތަކެތި ރައްކާތެރިކޮށް ދަމަހައްޓާ އަދުގެ ޖީލަށާއި އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް."
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ އެފަދަ ސަރަހައްދީ ދާރުލްއާސާރެއް ހުވަދު އަތޮޅުގައި ހުޅުވާފަ އެވެ.
މާލޭގެ ތާރީހީ މިސްކިތް، ހުކުރު މިސްކިތް:
މިނިސްޓަރު ވިދާޅުވީ ދާރުލްއާސާރުތައް ތަރައްގީކޮށް އެތަންތަން މުއްސަނދިކުރުމުން ރާއްޖެ، އިޖުތިމާއީ ގޮތުން ކުރިއަރައި ފަތުރުވެރިކަމުގެ ދާއިރާ މެދުވެރިކޮށް ރާއްޖެ އަށް މާލީ މަންފާތަކެއް ލިބި، އިގުތިސޯދަށް ހެޔޮ އަސަރުތަކެއް ކުރާނެ ކަމަށެވެ.
ރާއްޖޭގައި ފުރަތަމަ ގައުމީ ދާރުލްއާސާރެއް ހުޅުވާފައިވަނީ 1952 ނޮވެންބަރު 19ގައި އޭރުގެ ވަޒީރުލްއައުޒަމް މުހައްމަދު އަމީނެވެ. މިހާރު ދާރުލް އާސާރު އެހުރި އިމާރާތުގެ ބިންގާ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަޅުއްވައި ދެއްވިއިރު އެތަން ހުޅުވައި ބޭނުން ކުރަން ފަށާފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ.
އެތަނަކީ ރާއްޖޭގެ ތާރީހާއި ތަރިކަ އާއި ސަގާފަތާ ބެހޭގޮތުން ބޭނުންވާ ހުރިހައި މައުލޫމާތެއް ލިބޭ ތަނެކެވެ. އެންމެ އެވޭލާ ޒަމާނުގެ ތާރީހުން ފެށިގެން، ރާއްޖެ އަށް އަންނަމުންދިޔަ ބަދަލުތަކާއި، ތަރައްގީގެ މަރުހަލާތަކާއި، ރަސްރަސްކަލުންގެ ރަސްކަމުގެ ދައުރުތައް އަދި ރާއްޖެ ފާހަގަކޮށްފައިވާ އެންމެ ހާއްސަ ކަންތައްތަކުގެ މަޢުލޫމާތު އެތަނުން ލިބެ އެވެ.
މިނިސްޓަރު ވިދާޅުވީ ދާރުލްއާސާރަކީ ހަމައެކަނި އާސާރީ ތަކެތި ބަހައްޓާ ތަނެއް ކަމުގައި ހީކުރެވިފައިވާ ހިޔާޔާލުތައް މިހާރު ވަނީ ބަދަލުވެފައި ކަމަށެވެ. އެގޮތުން ދާރުލްއާސާރަކީ އެ މުޖްތަމައުއެއްގެ ތާރީހާއި ސަގާފަތާއި އާދަކާދަ އާއި ފަންނުވެރިކަމާ ގުޅޭ މައުލޫމާތު، ދިރާސާކުރާ ފަރާތްތަކަށާއި ޒިޔާރަތްކުރާ ފަރާތްތަކަށް ފޯރުކޮށްދޭ ތަންތަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި އަހަރުގެ ދާރުލްއާސާރު ދުވަހުގެ ޝިޢާރަކީ "ދާރުލްއާސާރުތަކަކީ ސަގާފަތުގެ ނާރެސް – އާދަކާދައިގެ ކުރިމަގު" މިއެވެ. މި ޝިއާރުން ބާރުއަޅަނީ ދާރުލްއާސާރުތަކުގެ ބަދަލުވަމުންދާ ތަސައްވުރަށެވެ.
މީގެ 42 އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ މެއި މަހުގެ 18 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ދާރުލްއާސާރު ދުވަހުގެ ގޮތުގައި އިންޓަރނޭޝަނަލް ކައުންސިލް އޮފް މިއުޒިއަމްސް (އައިކޮމް) ގެ ފަރާތުން ފާހަގަކުރަމުން އަންނަ ދުވަހެކެވެ.
ވެރިން ނުކުމެ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވަނީ
ހުކުރު މިސްކިތް ވަށައިގެން ބޮޑު ކަލްޗަރަލް ޒޯނެއް!
މަހާނަގާ ތަކަށް ގެއްލުން ލިބޭތީ ގަސްތަކެއް ބަދަލުކުރަނީ
ސްޓެލްކޯއިން މާލޭގެ ހުކުރު މިސްކިތް ސާފުކުރަނީ
ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގައި ރައީސް
ހުކުރު މިސްކިތުގެ ހަރިންމަ ފާރުން ބައެއް ތަޅާލައިފި
ގައުމީ ފެންވަރުގައި 3 ރަށެއްގައި އީދު ފާހަގަކުރަނީ
ގައުމީ ތަރަކައިގެ ދުވަހުގެ ގޮތުގައި ސެޕްޓެމްބަރު 12
ކޯގަންނު ގަބުރުސްތާނުގެ ގާތަކަށް ގެއްލުން ދީފި
ޒަހަމްވީ ދިދަ ނަގަން ގޮނޑިއަށް އަރައި ފުންމަނިކޮށް