04 ސެޕްޓެމްބަރ 2016
އަންކާރާ (ސެޕްޓެމްބަރު 4) - ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާންއާ ދެކޮޅަށް ކުރި ބަޣާވާތުގައި ބައިވެރިވި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން އެމެރިކާ އިން އެހީވާނެ ކަމަށް ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.
އަންކާރާ (ސެޕްޓެމްބަރު 4) - ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާންއާ ދެކޮޅަށް ކުރި ބަޣާވާތުގައި ބައިވެރިވި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން އެމެރިކާ އިން އެހީވާނެ ކަމަށް ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.
ތުރުކީން ތުހުމަތު ކުރަނީ ޖުލައި 15 ވަނަ ދުވަހު ގެންނަން އުޅުނު ބަޣާވާތުގެ ފަހަތުގައި ހުރީ އެމެރިކާގައި ދިރިއުޅޭ ތުރުކީގެ ރައްޔިތެއް ކަމަށްވާ ފަތުހުﷲ ގުލަން ކަމަށެވެ. އޭނާ ތުރުކީއާ ހަވާލު ކުރުމަށް ތަކުރާރުކޮށް އަންކާރާ އިން އެދެމުން ދިޔަ ނަމަވެސް ވޮޝިންޓަނުން އަދި އިޖާބަ ދީފައެއް ނުވެ އެވެ. އެމެރިކާ އިން ބުނަމުން ދަނީ ގުލަން ތުރުކީއާ ހަވާލު ކުރާނީ އޭނާއާ ދެކޮޅަށް ހެކި ދެއްކުމުން ކަމަށެވެ.
ޗައިނާގައި މިހާރު ކުރިއަށްދާ ޖީ20 ގައުމުތަކުގެ ވެރިންގެ ސަމިޓުގެ ތެރޭން އުރުދުޣާންއާ ބައްދަލު ކުރައްވާ އޮބާމާ ވިދާޅުވީ "މި ބާވަތުގެ އަމަލުތައް ހިންގާ މީހުން އިންސާފަށް ގެންނާނަން" ކަމަށެވެ. ނަމަވެސް ބަޣާވާތަށް ފަހު ތުރުކީން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކާ މެދު އެމެރިކާ ވަނީ ހިތްހަމަނުޖެހިފަ އެވެ. ޗައިނާގެ ހަންގްޒޫގައި އުރުދުޣާންއާ އެކު އޮބާމާ ބޭއްވެވި ބައްދަލުވުމަކީ ބަޣާވާތަށް ފަހު ދެ ލީޑަރުން ބޭއްވެވި ފުރަތަމަ ބައްދަލުވުމެވެ.
ބަޣާވާތަށް ފަހު ތުރުކީން ވަނީ ސަރުކާރުގެ އެތައް ދާއިރާއަކުން އެތައް ހާސް ބަޔަކު ހައްޔަރުކޮށްފަ އެވެ. މީގެ ތެރޭގައި ސިފައިންގެ ތެރޭންނާއި ޝަރުއީ ދާއިރާ އިން ހައްޔަރު ކުރި މީހުން ވެސް ހިމެނެ އެވެ.
ބަޣާވާތާ ގުޅިގެން ގުލަންގެ ކޮއްކޮއެއް ހައްޔަރުކޮށްފި
ސީރިއާ އިން އައި މުސްލިމް ނޫސްވެރިޔާ ހައްޔަރުކޮށްފި
ބަޣާވާތުގެ ކުރިން ބަންދުކުރި މީހުން މިނިވަން ކުރަނީ
ތުރުކީ ފުލުހުން ކުންފުނިތައް ފާސްކުރަން ފަށައިފި
ތުރުކީގެ ތިން ކޯޓަށް ފުލުހުން ވަދެގެންފި
ތުރުކީގައި 82000 މުވައްޒަފުންނަށް ފިޔަވަޅު އަޅައިފި
މަރުގެ އަދަބު ދޭނެކަން އުރުދުޣާން ޔަގީން ކޮށްދެއްވައިފި
ސިފައިންގެ ބާރު އުރުދުޣާނަށް ލިބޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރަނީ
ތުރުކީގެ ބަޣާވާތުގައި ބައިވެރިވީ 9،000 ސިފައިން
ތުރުކީގެ ރިޔާސީ ގާޑުންގެ ލަޝްކަރު އުވާލަނީ