Roadha Mihaaru
ވަންޕްލަސް 7 ޕްރޮ އަކީ ހިނގުން އެންމެ އަވަސް ފޯނު

ވަންޕްލަސް 7 ޕްރޮ އަކީ ހިނގުން އެންމެ އަވަސް ފޯނު، އަދިވެސް ހަލުއިކޮށްލެވިދާނެ

05 ޖޫން 2019

"ވަންޕްލަސް 7 ޕްރޮ"އާ ބެހޭ ގޮތުން މީހުން ދައްކާފައި ހުރި ވާހަކަތަކަށް ބަލާއިރު، މި އަށް ވުރެ ހިނގުން އަވަސް ފޯނެއް، ސްމާޓްފޯން މާކެޓަކު ނެތެވެ. ފޯނުތައް ރިވިއުކުރާ މީހުން ބުނަނީ ވެސް މިހެންނެވެ. އައިފޯނުތަކަށް ވުރެވެސް، ވަންޕްލަސް 7 ޕްރޮ ހަލުއި ކަމަށެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

"ވަންޕްލަސް 7 ޕްރޮ"އާ ބެހޭ ގޮތުން މީހުން ދައްކާފައި ހުރި ވާހަކަތަކަށް ބަލާއިރު، މި އަށް ވުރެ ހިނގުން އަވަސް ފޯނެއް، ސްމާޓްފޯން މާކެޓަކު ނެތެވެ. ފޯނުތައް ރިވިއުކުރާ މީހުން ބުނަނީ ވެސް މިހެންނެވެ. އައިފޯނުތަކަށް ވުރެވެސް، ވަންޕްލަސް 7 ޕްރޮ ހަލުއި ކަމަށެވެ.

ސްމާޓްފޯންތަކަށް ލިއްބައިދީފައި ހުރި ބާރުވެރިކަން ދެނެގަތުމަށް "ބެންޗްމާކް" ޓެސްޓްތައް ހަދަ އެވެ. ބެންޗްމާކް ޓެސްޓްތަކުން ދައްކާ ގޮތުގައި، ވަންޕްލަސް 7 ޕްރޮ އަށް ވުރެ ބައެއް ފޯނުތައް ކުރި ހޯދަ އެވެ. ނަމަވެސް، ސްމާޓްފޯން މާކެޓްގައި މި ވަގުތު ހުރި އައިފޯނުތައް އަދި ގެލަކްސީ އެސް10 ފަދަ ފޯނުތަކާ ނުބައްދަލު ދުވެއްޔެއް، ވަންޕްލަސް 7 ބޭނުންކުރާ މީހުން ތަޖުރިބާ ކުރެވެ އެވެ. ސަބަބެއް ކަމަށް ބުނަނީ، ވަންޕްލަސް 7 ޕްރޮގެ އޮޕަރޭޓިން ސިސްޓަމަށް ގެނެސްފައި ހުރި ބަދަލުތަކެވެ.

ވަންޕްލަސް 7 ޕްރޮ އަދި ވެސް ހަލުއިކުރެވިދާނެ އެވެ. އެކަން ބޭނުން ނަމަ ޑިވެލޮޕަރަކަށް ވާންވީ އެވެ. އެންޑްރޮއިޑް ފޯނުތަކަށް އޮޅު މީހުންނަށް މިއީ މުޅިން އާ ކަމަކަށް ނުވާނެ އެވެ. ހަދާނެ ގޮތް މި ކިޔައިދެނީ އެވެ.

ފޯނުގެ "ސެޓިން" އަށް ގޮސް "އެބައުޓް ފޯން" ގައި އިނގި ޖައްސައި، ޓަކިޖަހާ ބީދައި އިނގިލިކުރިން ތަޅައިގަތުމުން އިސާހިތަކު ޑިވެލޮޕަރަކަށް ވެވިދާނެ އެވެ.

"ސެޓީން" އަށް އަލުން ގޮސް، ސްކްރީން ތިރި އަށް ސޮއްސާލާއިރު "ޑިވެލޮޕާ އޮޕްޝަންސް" ފެންނަންއިންނާނެ އެވެ. އެ މެނޫ އަށް ވަދެ "އެނިމޭޝަން" ސެޓިން އަށް ކުޑަ ބަދަލެއް ގެނައުމުން ވެސް ފޯނު ހަލުއި ކަމަށް ދައްކާނެ އެވެ.

"ވިންޑޯޒް އެނިމޭޝަން ސްކޭލް" އަދި "ޓްރާންސިޝަން އެނިމޭޝަން ސްކޭލް" އަށް ވަންނައިރު އިން އަދަދު ދަށްކޮށްލައި އަޖުމަ ބަލާލާށެވެ. އަދި އެ އަށް ފަހު ފޯނު "ރީސްޓާޓް"ކޮށްލާށެވެ. މިއީ ހަމައެކަނި ވަންޕްލަސް 7 ޕްރޮ އަށް ޚާއްސަ ފީޗާއެއް ނޫނެވެ.